އިންޑޮނޭޝިޔާގެ 'އޮން އެރައިވަލް' ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ 

Loading

Facebook
Twitter
WhatsApp

އިންޑޮނޭޝިޔާގެ ’އޮން އެރައިވަލް‘ ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އަލުން ހިމަނައިފިއެވެ. އެ ގައުމުން މި ނިންމުން ނިންމާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

މިއާއެކު ރާއްޖެއިން އިންޑޮނޭޝިޔާއަށް ދަތުރުކުރާ ކޮންމެ މީހަކަށް އެ ގައުމަށް އެތެރެވުމާއެކު ވިސާ ލިބިގެން ދާނެއެވެ. 

މިކަމާ ގުޅިގެން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދް ވަނީ އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ. 

އިންޑޮނޭޝިޔާ އަކީ ރާއްޖޭގެ ގިނަ ބަޔަކު މިހާރުވެސް އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިކަމާ ގުޅިގެން ރައްޔިތުންނަށް ގިނަ ލުއިތަކެއް ލިބިގެން ދާނެކަންވެސް ފާހަގަ ކުރައްވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް