ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު ޢަބްދުﷲ ޔާމީން އަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަންއިން ބުނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނެރެވިފައި ނުވާކަމަށެވެ.
މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީ އިން އެހެން ޕާޓީއެއްގެ ނުވަތަ އެހެން ޕާޓީއެއްގެ ލީޑަރެއްގެ ފަހަތަށް އަރާނެ އެއްވެސް ފޯމިއުލާރ އެއް ނެތް ކަމުގައެވެ. އަދި “ޔާމީން ޖަލަށް، ގާސިމް ވެރިކަމަށް އަންނަން ހުޅުވާ ދޮރެއް.” މިނަމުގައި އަވަސް އޮންލައިންގައި ލިޔެފައިވާ އާރޓިކަލްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަންގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޭ ކޮށްގެންޕަބްލިޝްކޮށްފައިވާ އާރޓިކަލް އެއް ކަމަށެވެ.
އިދިކޮޅު ލީޑަރ ޖަލަށް ލުމަށް ޙައްގު ނޫން ގޮތުގައި މިހާރުވެސް ގާސިމް އާއި އަދި ޙަސަދަވެރި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަން ކާމިޔާބެއް ނުވާނެ ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. ޝައްކެއްނެތް ގޮތުގައި ޕީޕީއެމްގެ 2023 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަން އޭނާ ކަމާއިމެދު އެއްވެސް ޝައްކެއްނެތްކަމަށެވެ.
ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓިއަކުންވެސް އަދި ލީޑަރަކުވެސް އެމީހުންގެ ފަހަތަށް ޕީޕީއެމް ޕީއެންސީ އިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް އިދިކޮޅު ފަހަތަށް ނުޖެހޭނެކަމަށާއިއެއީދެކޭ ހުވަފެނެއް ކަމާއި، އަވަށްޓެރި އިންޑިއާގެ ނުފޫޒުގައި ޖެހި ރާއްޖޭގެ މިނިވަންކަން ނާގާލިގުރޫޕްގެ އެއްވެސް ޚާއިނެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ ކަމުގައެވެ.
ނޫސްވެރިންގެ ސުވާލެއްގެ ޖަވާބުގައި ޔާމީން އަށް ކުރިމަތިނުލެވޭ ޙާލަތެއް އަތުވެއްޖެނަމަ ދެން ކަންކުރާނެ ގަވާއީދާއި އިސޫލުތަކެއް ޕާޓީގެ އަސާސީ ގަވާޢިދުގައި އެބައޮތްކަމަށެވެ. އަދި ވިދާޅުވީ އެންމެ ފަހުން އޮތް އާންމު އިންތިޚާބުގައި ސީދާ ގާސިމް ޕީޕީއެމް އަށް ލަނޑުދިން ގޮތް ހަނދާނެއް ނުނެތޭ ކަމުގައެވެ. ވީމާ އަންނައަަހަރުގެ ރިޔާސީ ރޭހުގައި ޕީޕީއެން ޕީއެންސީގެ ކޯލިޝަންގެ ކެންޑިޑޭޓަކީ މިހާރުގެ އިދިކޮޅުލީޑަރ އަދި ކުރީގެ ރައީސް ޔާމީނު ޢަބުދުލް ގައްޔޫމްއެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަމްރު ވެސްބުނެފައިވަނީ މިދިޔަ ރޯދަމަހުގެ ކުރިން ރައީސް ޔާމީނު ޖަލަށްލެވޭނޭ ކަމަށެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
One Response
Yaameen jalah levidaane ekamaku 23 huga pnc ppm kaamiyaab kuraani Kama deytere kudaves sakkeh neh mifaharu pnc ppm in komme meehaku nikutas hovaanah saport kuranee paateeah yaaminu hurehjenama ehkullin nimmaanae yaaminu netas mi kolisan otee 23 geneveyfada teemeh redee kohfa maadamaa ah annanee ppm pnc tahyaaru vamun kehi deyn raavaa bayakah mifaharu kehi libeynee yaaminu ah intihaabuga baiveri nuvevey fada intihaabeh baahvaakah gina rayyitun furusateh nudeyne divehinge hituga vanee verikamah gaabil meehakee yaaminu visnumeh neti kuraa kamakun duniye umurah ehitaama kuranjehee faharu ves annakan haduma kuraati nimigen daa gotakun divehi nookashi zuvaanuge aaraa baaru magumatin dakkaalaane gaumu hamahimeynu baahvan beynumihya yaameenuah 23 huga vaada kureven jeheyne .