ކައިވެނި ހަފްލާއަކަށް ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި ހިތާމަވެރި ހާދިސާއެއް

އިއްޔެގެ ވަގުތެއްގައި ޕާކިސްތާނުގެ އިންޑުސް ކޯރުގައި ދަތުރުކޮށްފައި ދިޔަ ބޯޓެއް ބަންޑުންޖަހާލައި 20 މީހުން މަރުވެ 30 މީހުން ގެއްލިއްޖެއެވެ. 100 އަށް ވުރެ ގިނަ މީހުނާއެކު ދަތުރުކުރަމުން ދިޔަ މި ބޯޓުގައި ތިބީ އެއް ޖަމާއަތަކަށް ނިސްބަތްވާ ބައެކެވެ. މި މީހުން ދަތުރުކުރަމުން ދިޔައީ ކޯރުގެ އަނެއް ފަރާތުގައި އޮތް ކައިވެނި ހަފްލާއަކަށް ދިޔުމަށެވެ. ބޯޓު ބަނޑުން ޖަހާލަން މެދުވެރިވީ ބޯޓަށް އަރުވަން ރައްކާތެރި ވަރަށް ވުރެ ގިނަ މީހުން އެއްފަހަރާ އަރުވައިގެން ދަތުރުކުރުމުން ކަމަށް […]
ހަނގުރާމައިގެ މެދުތެރެއިން ރަޝިޔާގެ ރައީސް އީރާނަށް ދަތުރުފުޅެއް ކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އީރާނަށް ރަސްމީ ދަތުރުފުޅެއް މާދަމާ ކުރައްވަވަން ހަމަޖައްސަވައި އެކަން އިއުލާނުކުރައްވައިފިއެވެ. އަދި މި ދަތުރުފުޅުގައި ޕުޓިން ޓެހްރާން ގައި އިބްރާހިމް ރައިސީއާ ބައްދަލުކުރައްވަވަން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ޕުޓިން ތުރުކީގެ ރައީސް ރަސެޕް ތައްޔިބް އެރްދުގާންއާ ވެސް ބައްދަލު ކުރައްވަވާނެކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. މި ބައްދަލުވުމުގެ އަމާޒަކީ ސީރިޔާގެ ހާލަތާމެދު މަޝްވަރާކުރުން ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ. ނަމަވެސް ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މެދުތެރެއިން […]
ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި އެބަހުރި: ފުލުސް

ކ. ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް އެ ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ދިއްފުށީގައި ހިންގި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަަށެވެ. ”ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަ އާއި ތުހުމަތު […]
މިހާރު އިމާރާތްކުރާ ފްލެޓްތަކުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދޭނަން: ރައީސް

މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ފުލެޓާއި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުވެސް ހުށަހެޅޭ ބައެއް ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް […]
ދިއްފުށީގައި ފުލުހަކަށް ހަމަލާދިން ޒުވާނަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ކ. ދިއްފުށީ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަހުގެ 14 ވަނަ ދުވަހުގެ ވިލޭރޭ ދިއްފުށީގައި މީހަކަށް އަނިޔާ ކުރަނިކޮށް އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެރޭ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ގއ، ވިލިނގިއްޔަށް ނިސްބަތްވާ މީހަކަށް އަނިޔާކޮށް ވަނީ […]
އެމެރިކާއަކީ މެދުއިރުމައްޗަށް ކުރިމަތިވެފައިވާ މުސީބާތެއް

އެމެރިކާއިން މެދުއިރުމަތީގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް އީރާނުން ބުނެފިއެވެ. މިއީ އީރާނުން ބުނި އައު ވާހަކައެއް ނޫނެވެ. އަދި މިއީ ދުނިޔޭގެ ގިނަ ބަޔަކަށް ނޭނގި އޮތް ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ގަލްފާއި ޢަރަބި ގައުމުތަކުގައި ބޯ ބުރާންތި ވެފައި ތިބި ގިނަ ވެރިންނަށް މިކަމެއް ނޭނގެއެވެ. ނޫނީ އެނގޭކަށް ބޭނުމެއް ނޫނެވެ. އެމީހުން ދަނީ އެމެރިކާ ޖަހާ ބެރަށް ނަށަމުންނެވެ. އެކަމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ޚަޝޯޤްޖީ އަވަހާރަކޮށްލުމާ ގުޅިގެން ނަގޫފިތިފައިވާ ސަޢުދީ ޢަރަބިޔާގެ ވަލީ ޢަހުދު […]
ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އީރާން!

1980 ގެ ތެރޭން އަށެއްކަ އަހަރުދުވަސް ހޭދަވެގެން ދިޔައީ ހުޅަނގުގެ ވަސްވާސް ތަކުން އަރަބި ދުނިޔެ ގަޑުބަޑުކޮށް އޭރު އަރަބި ދުނިޔޭގައި މިލިޓްރީގޮތުން އެންމެ ފުންނާބު އުސްކަމަށް ބެލެވުނު އިރާގުގެ ރައީސް ސައްދާމް ޙުސޭނު ރަންބުއްދި ކޮށްލައިގެން އީރާން ތަޅާސުންނާފަތި ކޮށްލަން ކުރި މަސައްކަތު ގައެވެ. ދެ އަވަށްޓެރިން ތަޅާ ހަފުސް ކޮށްލެވެމުން ދިޔައީއެވެ. އަވަށްޓެރިންނޭ ބުންޏަސް ގާތް އަވަށްޓެރިންނެވެ. އިރާގާއި އިރާން ވަކިކޮށްދޭ ސައްތަލް އަރަބު ކަނޑު އޮޅީގައި ނަގިލިލައިގެން އޮންނަ ބޯޓުފަހަރު އޮއިވަރު ބަދަލުވުމުން […]
ސްރީލަންކާގެ ރައީސަކަށް މިފަހަރު ކާކު؟

1948 ގައި މިނިވަންކަން ލިބުނުފަހުން އަވަށްޓެރި ސްރީލަންކާއަށްމެދުވެރި އެންމެ ބޮޑު އިގްތިސާދީ ތަދުމަޑުކަމާގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ ރަށުން ފައްސާލެވުނު ކުރީގެ ރައީސް ފިލައިގެން ރާއްޖެމަގުން ސިންގަޕޯރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވުމުންކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަލުން ރައީސަކު އައްޔަންކުރުމައް އެ ގައުމުގެ ޕާރލަމެންޓުން މަސައްކަތް ފެށި ކުރިއަށް ދަނީއެވެ. މިހާތަނަށް ރައީސްކަމަށް ކުރިމަތި ލައްވާނެކަމަށް 5 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާމުން އެބަ ގެންދަވައެވެ. ރައީސްގެ މަގާމަށް ވަޑައިގަތުމަށްޓަކައި އެއިންކޮންމެ ބޭފުޅެއްގެ ކުރިމަތީގައި އޮތީ ވަރަށް އުނދަގޫ މަގެކެވެ. މަޖިލީހުގެ އަޣްލަބިއްޔަތުގެ އިތުރުން މުޒާހަރާ ކުރަމުންގެންދާ ރައްޔިތުންގެ […]
އަމާން ކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާއެވެ. – ހުކުރު ޚުތުބާ

މުސްލިމް އަޚުންނޭވެ! އީމާންކަމަށް ފަހު އެންމެބޮޑު ނިޢުމަތަކީ ސިއްޙަތު ސަލާމަތުން ހުރުމާއި، އަމާންކަން ލިބިގެން ވުމެވެ. އަމާން ކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާއެވެ. އަމާންކަމާ ނުލައި ކުރިއެރުމެއްނެތް. އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާއެވެ. އަމާން ވެއްޓެއްގައި ނަފުސުގެ ރައްކާތެރިކަން އޮންނާނެ. އަނބިދަރީންނާއި މުދަލުގެ މައްޗަށް ކަންބޮޑުވާކަށް ނުޖެހޭނެ. އަބުރާއި ޢިއްޒަތާއިމެދު ބިރުގަންނާކަށް ނުޖެހޭނެ. ޙައްގުތަކުން މަޙްރޫމް ވެދާނެތީ ފިކުރު ކުރާކަށް ނުޖެހޭނެ. މިފަދަ ފުރިހަމަ ސިފަތަކެއް އެކުލެވިގެންވާ ދިރިއުޅުމަކަށް މަގުދައްކާ ނިޒާމަކީ ހަމައެކަނި […]
މަސްތުވާތަކެތި ސަޕްލައި ކުރާ ވިޔަފާރިވެރިއެއް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެތައް ބަޔަކު މަރުވެއްޖެ

މެކްސިކޯގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި ނަން މަޝްހޫރު ’ޑްރަގް ލޯޑް‘ އެއް ކަމަށްވާ ރަފަޔެލް ކޭރޯ ކުއިންޓޭރޯ ހައްޔަރު ކުރުމަށް އެ ގައުމުގެ ނޭވީން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 14 މީހުން މަރުވެއްޖެ އެވެ. މި މީހުން މަރުވެފައި ވަނީ މި އޮޕަރޭޝަންގައި ބޭނުންކުރި ހެލިކޮޕްޓަރު ވެއްޓި އޭގައި އަލިފާން ރޯވުމުގެ ސަބަަބުންނެވެ. ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބުގެ ތަފްސީލް އެގައުމުން ވަނީ ސިއްރުކޮށްފައެވެ. ބުނެފައިވާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ދިމާވި ”އެކްސިޑެންޓެއްގެ“ ސަބަބުންނެވެ. ވެއްޓިފައިވާ ހެލިކޮޕްޓަރަކީ […]