ކައިވެނި ހަފްލާއަކަށް ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި ހިތާމަވެރި ހާދިސާއެއް 

Loading

Facebook
Twitter
WhatsApp

އިއްޔެގެ ވަގުތެއްގައި ޕާކިސްތާނުގެ އިންޑުސް ކޯރުގައި ދަތުރުކޮށްފައި ދިޔަ ބޯޓެއް ބަންޑުންޖަހާލައި 20 މީހުން މަރުވެ 30 މީހުން ގެއްލިއްޖެއެވެ. 100 އަށް ވުރެ ގިނަ މީހުނާއެކު ދަތުރުކުރަމުން ދިޔަ މި ބޯޓުގައި ތިބީ އެއް ޖަމާއަތަކަށް ނިސްބަތްވާ ބައެކެވެ. މި މީހުން ދަތުރުކުރަމުން ދިޔައީ ކޯރުގެ އަނެއް ފަރާތުގައި އޮތް ކައިވެނި ހަފްލާއަކަށް ދިޔުމަށެވެ. 

ބޯޓު ބަނޑުން ޖަހާލަން މެދުވެރިވީ ބޯޓަށް އަރުވަން ރައްކާތެރި ވަރަށް ވުރެ ގިނަ މީހުން އެއްފަހަރާ އަރުވައިގެން ދަތުރުކުރުމުން ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދިނެވެ. ގާތްގަނޑަކަށް 90 މީހުން ސަލާމަތް ކުރެވިފައިވާ އިރު މި މީހުން ސަލާމަތް ކުރުމަށްޓަކައި 35 ޑައިވަރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވެފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ޓްވިޓާގައި ހިތާމަ ފާޅުކުރައްވައި މަރުވި މީހުންގެ ފުރާނަތަކަށް މާތް ﷲ ރަހްމަތް ލެއްވުން އެދި ދުޢާކޮށް ޓްވީޓެއް ކުރައްވާފައެވެ. 

މިގޮތަށް ބޯޓުގައި ދަތުރު ކުރުމަކީ ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އެއީ އެއްގަމު ދަތުރު ފަތުރުން ޖާގަހޯދުމަކީ ދަތިކަމެއް ކަމަށް ވުމާއެކު އެއްގަމު ދަތުރުފަތުރު އަގު ބޮޑުވީމައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް