ހަނގުރާމައިގެ މެދުތެރެއިން ރަޝިޔާގެ ރައީސް އީރާނަށް ދަތުރުފުޅެއް ކުރައްވަނީ 

Facebook
Twitter
WhatsApp
98FFB63D-87C9-4717-AE2F-7301EA8FA83E


ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އީރާނަށް ރަސްމީ ދަތުރުފުޅެއް މާދަމާ ކުރައްވަވަން ހަމަޖައްސަވައި އެކަން އިއުލާނުކުރައްވައިފިއެވެ. އަދި މި ދަތުރުފުޅުގައި ޕުޓިން ޓެހްރާން ގައި އިބްރާހިމް ރައިސީއާ ބައްދަލުކުރައްވަވަން ވަނީ ނިންމަވާފައެވެ. 

މީގެ އިތުރުން މި ދަތުރުފުޅުގައި ޕުޓިން ތުރުކީގެ ރައީސް ރަސެޕް ތައްޔިބް އެރްދުގާންއާ ވެސް ބައްދަލު ކުރައްވަވާނެކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. މި ބައްދަލުވުމުގެ އަމާޒަކީ ސީރިޔާގެ ހާލަތާމެދު މަޝްވަރާކުރުން ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ. 

ނަމަވެސް ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މެދުތެރެއިން މިފަދަ ބައްދަލުވުމެއް ބޭއްވުމަށް ރާވާފައިވާތީ ގިނަ ގައުމުތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް