ޔޫކްރެއިންގެ ދާޚިލީ ސަލާމަތާ ބެހޭ އޮފީސް ރަޝިޔާގެ އޭޖެންޓުންގެ ހާއްޔަކަށް ވެފާ
ޔޫކްރެއިންގެ ރައީސް އޮފީހުން މަޢުލޫމާތު ލިބޭގޮތުގައި އެ ގައުމުގެ ދާޚިލީ ސަލާމަތާބެހޭ އެންމެ އިސްވެރިޔާ އަދި ރައީސް ޒެލެންސީގެ ކުޑަދުވަހުގެ ރަހްމަތްތެރިޔާ އިވާން ބަކާނޯވް އާއި އެ ގައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައިރީނާ ވެނެޑިކަޓޯވް މަގާމުން ކުއްލިގޮތަކަށް ދުރުކޮށްފިއެވެ. އެބޭފުޅުން ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް ބުނަނީ އެބޭފުޅުން ތަމްސީލުކުރާ އޮފީސްތަކުން ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގައި ރަޝިޔާއަށް މަދަދު ކުރަމުން ގެންދިއުމެވެ. ރައީސް ޒެލެންސްކީ ވިދާޅުވާގޮތުގައި މިހާރު ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދު ތަކުގައި އެބޭފުޅުން ތަމްސީލު ކުރައްވާ އޮފީސްތަކުގެ […]
ބަޔަކަށް ފައިދާކޮށްދޭން ޑިއުޓީ މާފްކޮށް މުދާ ދޫކުރާ ކަމުގެ ޝަކުވާ!
ޤާނޫނާ ޚިލާފަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ކުޅުދުއްފުށީ ބަނދަރުން ޑިއުޓީ މާފްކޮށް މުދާ ދޫކުރާ ކަމުގެ ޝަކުވާތަށް ވަަރަށް ގިނަވެއްޖެއެވެ. އެގޮތުން ވަކިފަރާތްތަކެއް ކަސްޓަމުގެ ކަރަޕް މުއައްޒިފުންނަށް ރިޝްވަތުދީގެން ހިންގޭ މިފަދަ ކަރަޕްޝަން ހުށްޓުވޭގޮތް ވަނީ ނުވެފައެވެ. މި ޝަކުވާތަކަކީ ކަމިޝަނަރ އޮފް ކަސްޓަމްސް ޢަބުދުއްލާ ޝަރީފް އަށް ވެސް މިހާރަކު ސިއްރެއްް ނޫނެވެ. ނަމަވެސް މައްސަލަބަލައި ފިޔަވަޅު އެޅުން ލަސްވާ ސަބަބެއް ނޭގެއެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާއެކު، މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި […]
ރައުދާގެ މަރުގެ މައްސަލަ އަލުން ބަލަން ކޯޓުން އަމުރުކޮށްފި
ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ. ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ މަރުވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ކޮޓަރީގައި 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެއިރު ނިންމީ އޭނާ މަރުވީ ދަންޖެހިގެން […]
އިންޑިޔާއިން ނެތިގޮސްފައިވާ ޖަނަވާރެއް ކަމަށްވާ ޗީތާ އެގައުމުގައި އަލުން ދިރުވައި އާލާކުރަނީ
އިންޑިޔާގެ ޖަންގަލިތަކުން ގެއްލިގެންގޮސްފައިވާ ޖަނަވާރެއް ކަމަށްވާ ޗީތާ އަލުން ދިރުވައި އާލާ ކުރުމުގެ އަމާޒުގައި އެގައުމުން އެފްރިކާގެ ނަމިބިއާ އާ ގުޅިގެން މަސައްކަތް ފަށައިފިއެވެ. މިގޮތުން އަންނަ މަހުގެ ތެރޭގައި އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ވައިލްޑްލައިފް ޕްރެސާވް އަކަށް އަށް ޗީތާ ގެންނާނެކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. ޗީތާ ދިރުވައި އާލާކުރުމަށް އިންޑިޔާއިން މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެ ގައުމުގެ ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވަނީ މިކަން ކުރުމަށް ހާއްސަ […]
ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ – 5
http://sandhaanu.today/22141/ އާައި ގުޅޭ… ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ބޭރު ކުރިއިރު އެރަށުގެ އާބާދީއަކީ 4800 އެވެ. މީގެތެރޭގައި ހިމެނޭ ގިނަމީހުން މިހާރު ވަނީ މިދުނިޔެ އާ އަލް ވަދާޢު ކިޔާފައެވެ. ރާއްޖެއަށް ބޮޑުތަދެއް ކުރިމަތިވި އެދުވަސް ވަރަކީ ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ފައްސާލި ދުވަސްވަރު ކަމަށް ވުމުން ބައެއްމީހުން އެ ހައި ހޫނުގައި މަރުވެ ގޮސްފައި ވެއެވެ. އަމިއްލަ ރަށުގެ އަމިއްލަ ވަޒަނުގައި މީހަކަށް ނުދަރާ އަމިއްލަ މަސައްކަތުން ކައިބޮއި އަމިއްލަ ފައިމައްޗަށް ތެދުވަމުން […]
ޝައިހް ނިޝާންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް، ބަންދަށް އިތުރު 16 ދުވަސް ޖަހައިފިއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވައި ބައެއް ތަކެއްޗަށް […]
ޗައިނާގެ އިންޒާރު އެމެރިކާއަށް
އޭޝިޔާ-ޕެސިފިކް ސަރަހައްދުގައި ދެކޮޅުވެރިކަން އުފައްދަން ނޫޅުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ. އިންޑޯ ފެސިފިކް ސަރަހައްދަކީ ބައިބައި ކޮށްލާފައި އޮތް ތަނަކަށް ހަދައި މިހާރުވެސް ޗައިނާއާއި އެމެރިކާގެ ރެނދުއަޅާފައިވާ ގުޅުންތައް އިތުރަށް ގޯސްކުރަން ނޫޅުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ މި އިންޒާރު ދެއްވާފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ކުރެއްވި އެގާރަދުވަހުގެ ދަތުރު ނިންމާލެއްވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާއި އެކު ބޭއްވި ފަސްގަޑިއިރުގެ ބައްދަލުވުމުގައެވެ.މިނިސްޓަރ އިތުރަށް އިންޒާރު ދެއްވިގޮތުގައި “ ކަލޭމެނަށް ކާމިޔާބެއް ނުލިބޭނެޔޭ މޮޅުވާނީ އަހަރެމެންނޭ […]
ހުޅަނގުގެ ގައުމުތަކުގެ ގަދަފަދަބާރު ނެތިގެންދަނީ ހެއްޔެވެ؟
ޔޫކްރެއިންގެ ހަނގުރާމައިން ފެންނަ މަންޒަރުތަކަށް ބަލާއިރު ފާހަގަކުރެވެމުންދާ އެންމެ ބޮޑު ހަގީގަތަކީ ހުޅަނގުގެ ގައުމުތަކުގެ ބާރެއްގެ ގޮތުގައި އޮތް ދުނިޔޭގެ ސްޕަރޕަވަރގެ މަގާމު ގެއްލި އެމަގާމު ރަޝިޔާއާއި ގުޅިގެން ޗައިނާ ކާމިޔާބު ކުރަމުން ގެންދާކަމުގެ ހެކިތައް ފެންނަމުން ދިއުމަކީ މިގަރުނުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައް ކަމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޮނީ ބްލެއަރ ވިދާޅުވެއްޖެއެވެ. ބްލެއަރ ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ނުވަތަ ސޯވިއެޓް ޔުނިއަން ރޫޅިގެން ދިއުމަށްފަހު ދުނިޔޭގެ މަސްރަހުން ފެންނަމުންދިޔަ މަންޒަރުތަކަށް އަޅާކިޔާއިރު މިފަހަރު ހުޅަނގަށް ކުރިއެރުން ލިބިދާނެކަމަށް ނުބެލެވޭ ކަމުގައެވެ. އަހަރެމެންގެ ކުރިމަތިންފެންނަން އޮތީ އިގްތިސާދީ ގޮތުންނާއި […]
ރައީސް ބައިޑަން ވަލީ އަހްދު މުޙަންމަދާ ކުރެއްވި ގޮށްމުށުގެ ސަލާން ގޮވީ އަތަށް!
މިދިޔަ ހުކުރުދުވަހު ރައީސް ޖޯ ބައިޑަން ސަޢޫދީ އެރޭބިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލު ކުރެއްވިއިރު ތުރުކީގައި މަރާލެވުނު ޚަޝޯގީ މަތިން ހަނދާން ނެތުނީތޯ އާއި ސައޫދީ އެރޭބިޔާގައި އިންސާނީ ޙައްގުތައް ނެތިގެންދިޔަސް މިހާރު ވަރިހަމަވީތޯ ނޫސްވެރިން ސުވާލުކުރަން ފެށުމުން އަހަރެންނަކީ އެމެރިކާގެ ރައީސް ކަން އެ ޖާރނަލިސްޓަށް ހަނދާންކޮށް ދެއްވިއެވެ. އެހެންވީމާ އިންސާނީ ޙައްގުތަކާބެހޭ މައްސަލަތަކުގައި ހަމަހިމޭނުން ނުހުންނާނެކަން ވަރަށް ސާފު ބަހުން ވަލީ އަޙްދު މުޙައްއމަދު ބިން ސަލްމާނަށް އޮންނާނީ އޮޅުންފިލުވާ ދީފާކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި މުޙައްމަދު އެކަމަށް އިންކާރުކުރުމުން […]
ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުވާން އަންގައިފި
”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. އަޒާން ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު އައިޖީއެމްއެޗުގެ ޕޭޝަންޓުލޮގަށް އަން އޮތޮރައިޒްޑް އެކްސަސްވެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްލި ކުށުގެ ތުހުމަތާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:00 […]