އިންޑިޔާއިން ނެތިގޮސްފައިވާ ޖަނަވާރެއް ކަމަށްވާ ޗީތާ އެގައުމުގައި އަލުން ދިރުވައި އާލާކުރަނީ 

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ޖަންގަލިތަކުން ގެއްލިގެންގޮސްފައިވާ ޖަނަވާރެއް ކަމަށްވާ ޗީތާ އަލުން ދިރުވައި އާލާ ކުރުމުގެ އަމާޒުގައި އެގައުމުން އެފްރިކާގެ ނަމިބިއާ އާ ގުޅިގެން މަސައްކަތް ފަށައިފިއެވެ. މިގޮތުން އަންނަ މަހުގެ ތެރޭގައި އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ވައިލްޑްލައިފް ޕްރެސާވް އަކަށް އަށް ޗީތާ ގެންނާނެކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. 

ޗީތާ ދިރުވައި އާލާކުރުމަށް އިންޑިޔާއިން މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެ ގައުމުގެ ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވަނީ މިކަން ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި މަސައްކަތް ފެށުމުގެ ހުއްދަވެސް ދީފައެވެ. 

އޭޝިއަން ޗީތާގެ އާބާދީ އިންޑިޔާގައި ކުރިން ނުހަނު ބޮޑެވެ. ނަމަވެސް ޝިކާރަ ކުރާ މީހުން މި ޖަނަވާރުގެ ކެހެރީގެ ބޭނުމުގައި ޖަނަވާރު ހިފުމުގެ ސަބަބުން އެ ގައުމުން ވަނީ މި ޖަނަވާރު ނެތިގޮސްފައެވެ. އެ ގައުމުން މި ޖަނަވާރު ނެތިގޮސްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ 1952 ވަނަ އަހަރުއެވެ. ބުނެވޭ ގޮތުގައި އެންމެ ފަހު ތިން ޗީތާ ޝިކާރަކޮށްފައިވަނީ މަހާރާޖާ ރަމާނުޖް ޕްރަޓަޕް ސިންޑިއޯއެވެ.

އަންނަ މަހުގެ ތެރޭގައި އެފްރިކާއިން މި ޗީތާތައް އިންޑިޔާއަށް ގެނައުމުގެ މަސައްކަތް އެ ގައުމުން ފަށާފައިވާ އިރު މި ކަން ކުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނެ ދުވަސްވަރުއެވެ. މިގޮތަށް މިކަން ކުރުމުން ކަމުގެ މުހިންމުކަމާއި ބޮޑުކަން ގިނަ ބަޔަކަށް އިހުސާސް ކުރެވިގެން ދާނެކަމަށް އިންޑިޔާގެ އެންވަޔަރަމެންޓް މިނިސްޓާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

ޗީތާ ދިރުވައި އާލާ ކުރުމުގެ މަސައްކަތް ފެށުމަށް ކަނޑައަޅާފައިވަނީ މަދްޔަ ޕްރަދޭޝްގެ ކޫނޯ ނެޝަނަލް ޕާކްގައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް