ޗައިނާގެ އިންޒާރު އެމެރިކާއަށް 

Loading

Facebook
Twitter
WhatsApp

އޭޝިޔާ-ޕެސިފިކް ސަރަހައްދުގައި ދެކޮޅުވެރިކަން އުފައްދަން ނޫޅުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ. އިންޑޯ ފެސިފިކް ސަރަހައްދަކީ ބައިބައި ކޮށްލާފައި އޮތް ތަނަކަށް ހަދައި މިހާރުވެސް ޗައިނާއާއި އެމެރިކާގެ ރެނދުއަޅާފައިވާ ގުޅުންތައް އިތުރަށް ގޯސްކުރަން ނޫޅުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ މި އިންޒާރު ދެއްވާފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ކުރެއްވި އެގާރަދުވަހުގެ ދަތުރު ނިންމާލެއްވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާއި އެކު ބޭއްވި ފަސްގަޑިއިރުގެ ބައްދަލުވުމުގައެވެ.މިނިސްޓަރ އިތުރަށް އިންޒާރު ދެއްވިގޮތުގައި “ ކަލޭމެނަށް ކާމިޔާބެއް ނުލިބޭނެޔޭ މޮޅުވާނީ އަހަރެމެންނޭ “ ކިޔާ ބިރުދެއްކުން ހުއްޓާލަން އެބަޖެހެއެވެ. 

އަދި އެމެރިކާއާއި ޗައިނާގެ ގުޅުމަށް ނުރަނގަޅު ބުރޫ އަރާކަހަލަ ވާހަކަތަކާއި މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން ތިޔަ ކުރާމަސައްކަތް ހުއްޓާލާފާ އަހަރެމެންނާވެސްގުޅިގެން ތަފާތުތައް ނައްތާލަން މަސައްކަތް ކުރުމަށް ނަސޭޙަތްތެރިވެ ލެއްވިއެވެ. އަދި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ކުރިއެރުމާއި ސުލްޙައަށް ޗައިނާއާއި އެކުގައި މަސައްކަތްކުރުމަށްވުރެ ރަނގަޅުގޮތެއް ދެގައުމަށް ނޯންނާނެކަމުގައި ވިދާޅުވިއެވެ.             

މި ބައްދަލުވުން ބޭއްވިފައި މިވަނީ އިންޑޯ ޕެސިފިކް މައްސަލާގައި އެމެރިކާއާއި ޗައިނާއިން ބަހުގެ ޙަމަލާތަކެއް ދެމުންދާ ދުވަސްވަރެއްގައެވެ. އަދި ދެބަސްވުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާއިން ހުށައެޅި މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލްގެ 6 ވަނަ އަހަރީދުވަސް ކަމަށްވާ ޖުލައި 11 ގައި އެ ޓްރިބިއުނަލުން ބޭރުކޮށްލުމާއެކު އެސަރަހައްދުގެ އެކުވެރި ގައުމުތަކުގެ ޙިމާޔަތުގައި އެމެރިކާ ދެމިއޮންނާނެ ކަމާއި ވަކިން ޚާއްސަކޮށް ފިލިޕީންސް އަންނަ ކޮންމެ އުދުވާނަކުން އެގައުމު ދިފާއުކުރުމުގައި ބައިވެރިވާނެ ކަމަށް އެމެރިކާއިން ބުނެފައިވެސް ވަނިކޮށެވެ.                                                  

އިންޑޮނޭޝިޔާގައި ކުރިޔަށްދިޔަ ޖީ 20ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ޢާންމު ސިއްޙަތާއި ޖައްވަށް އަންނަމުންދާ ބަދަލުތައްވެސް ހިމެނޭގޮތުން ޗައިނާއިން އެމެރިކާއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓްތަކެއް ހުށައެޅިއެވެ. އޭގެ ތެރެއިން 2 ލިސްޓް އެމެރިކާގެ ޑެޕިއުޓީ ޚާރިޖީ ވަޒީރު ވެންޑީ ޝަރމަން މިދިޔައަހަރު ޗައިނާއަށް ވަޑައިގަތުމުން އޭނާއަށް ވަނީ ޙަވާލު ކުރައްވާފައެވެ. އަލަށް އެކުލަވާލި ލިސްޓުގައި ހިމެނެނީ އެމެރިކާގެ ގާނޫނުތަކަށް ގެންނަން ޗައިނާއިން އެދޭ ބަދަލުތަކުގެ ވާހަކައެވެ.              

ޗައިނާގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް އިންޒާރުދެއްވާފައިވަނީ ޗައިނާގެ ދާޚިލީ މައްސަލަތަކެއް ކަމުގައި ހިމެނޭ ތައިވާނާއި ޒިންޖިއާން އާއި ހޮންކޮންގ އަދި ކަނޑުގެ ސަރަހައްދާ ބެހޭގޮތުން ޗައިނާގެ އަވަށްޓެރިންނާއި ދެމެދު އުފެދިފައިވާ ދެބަސްވުން ތަކުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށެވެ. އެކަމަކު އުފެއްދުންތެރި ވިސްނުމެއްގައި ދެގައުމުން ވާހަކަ ދައްކައިގެން މައްސަލަ ތަކަށް ރަނގަޅު ޙައްލު ހޯދަން ޗައިނާއިން ތަރުޙީބު ދޭނެކަމުގައެވެ.   ބެއިޖިން އިން ދެކޭގޮތުގައި ވިއެޓްނާމް އިންޑޮނޭޝިޔާ، ޓައިވާން އަދި ފިލިޕީންސްއަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ މިހަރަކާތްތެރި ކަނޑުގެ ސަރަހައްދުގައި ޗައިނާއާއި ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކެކެވެ.

އޭނާ އާސިއަންގެ ގައުމުތަކުގެ ވެރިންނަށް ގޮވާލެއްވީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިގެން އުޅޭ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ރާޒުވާ ބޯޑުގެ މަނާތަކެއް ފަދައިން ބޭނުންކުރިއަ ނުދިނުމަށެވެ. އަދި ސަރަހައްދުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޗައިނާއިން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެކަމަށެވެ. އޭގެތެރޭގައި މެލޭޝިޔާގެ ދޫރިއަން އިތުރަށް ޗައިނާއަށް އިމްޕޯރޓް ކުރުމުގެ މަގުވެސް ތަނަވަސް ކޮށްދޭނެކަމުގައެވެ.                                                                 

މިއަދުގެ ދުނިޔެއަކީ އަމާންކަން ގާއިމުވެފާއޮތް ތަނެއްނޫނެވެ. ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ފެނިގެން މިދަނީ ބައިބައި ކޮށްލެވިގެން ދާތަނެވެ. އަދި ބައެއް ގައުމު ތަކުން ގެންގުޅޭތަން ފެންނަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެގޮތްތަކެވެ. 

ނަތީޖާއެއްގެ ގޮތުން އަހަރެމެންގެ ސަރަހައްދުގެ ސުލްޙަ އާއި އަމާންކަން ވެސް މި ދަނީ ގެއްލެމުންނެވެ. އަހަރެމެންނަށް ބޭނުމީ ތަރައްގީއާއި ކުރިއެރުންތޯ ނުވަތަ އެކަންކަމުގައި ފަހަތަށް ދިއުންތޯ އެއްބައި ވަންތަކަން ތޯ ނުވަތަ ބައިބައި ވުންތޯ ގުޅިގެން ކުރިއަށް ދިއުންތޯ ދިމާކުރުންތޯ ހުޅުވާލެވިފައިވާ ވެއްޓެއް ގާއިމްކުރުންތޯ ނުވަތަ ހުރިހާ ދޮރުތަކެއް ބަންދުކުރުންތޯ މިކަންކަމާމެދު ވަގުތު ފާއިތުވެގެން ދިއުމުގެ ކުރިން އަހަރެމެން ގޮތެއް ނިންމަން ވެއްޖެކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ބާރު އެޅުއްވިއެވެ. 

އަދި ރަޝިޔާގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި ވިދާޅުވީ ބައިނަލް އަގްވާމީ ހުރިހާ ފިއްތުން ތަކާއި އެކުވެސް ޗައިނާއާއި ރަޝިޔާ އެކުގައި ގުޅިގެން ކުރިއަށް ދާނެކަމަށެވެ.                                                         

.

Loading

One Response

  1. ޗައިނާއާއި ހުޅަނގުގެ ބަސްމަގު ވަރަށް ތަފާތު. އަދި ޗައިނާއިން ބައެއްގައުމުތައް ތަރައްގީކުރަންވެސް މަސައްކަތްކުރާތަން އެބަ ފެނޭ. އެކަމަކު ހުޅަނގުގެ ގައުމުތަކުން ގިނަފަހަރަށް ފެންނަނީ ހުސް އަނގަ ތަޅާތަން. އަދި މުޅިންވެސް ދޭތެރެ ޖައްސަން އުޅޭކަހަލަ ގޮތްތަކެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް