ހުޅަނގުގެ ގައުމުތަކުގެ ގަދަފަދަބާރު ނެތިގެންދަނީ ހެއްޔެވެ؟ 

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ހަނގުރާމައިން ފެންނަ މަންޒަރުތަކަށް ބަލާއިރު ފާހަގަކުރެވެމުންދާ އެންމެ ބޮޑު ހަގީގަތަކީ ހުޅަނގުގެ ގައުމުތަކުގެ ބާރެއްގެ ގޮތުގައި އޮތް ދުނިޔޭގެ ސްޕަރޕަވަރގެ މަގާމު ގެއްލި އެމަގާމު ރަޝިޔާއާއި ގުޅިގެން ޗައިނާ ކާމިޔާބު ކުރަމުން ގެންދާކަމުގެ ހެކިތައް ފެންނަމުން ދިއުމަކީ މިގަރުނުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައް ކަމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޮނީ ބްލެއަރ ވިދާޅުވެއްޖެއެވެ.

ބްލެއަރ ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ނުވަތަ ސޯވިއެޓް ޔުނިއަން ރޫޅިގެން ދިއުމަށްފަހު ދުނިޔޭގެ މަސްރަހުން ފެންނަމުންދިޔަ މަންޒަރުތަކަށް އަޅާކިޔާއިރު މިފަހަރު ހުޅަނގަށް ކުރިއެރުން ލިބިދާނެކަމަށް ނުބެލެވޭ ކަމުގައެވެ. 

އަހަރެމެންގެ ކުރިމަތިންފެންނަން އޮތީ އިގްތިސާދީ ގޮތުންނާއި ސިޔާސީގޮތުން ހުޅަނގުން ކޮންޓްރޯލް ކުރަމުންދިޔަ ބާރު ނިމުމަކަށް އަންނަތަނެވެ.  ޔޫކްރެއިނަށްފަހު ހުޅަނގުގެ ލީޑަރުން މިހާރު ދަސްކުރަންވީ ފިލާވަޅަކީ ކޮބާ ހެއްޔެވެ؟ ހުޅަނގު ލަންޑަނުގެ ޑިޗްލޭ ޕާރކުގައި އެމެރިކާއާއި ޔޫރަޕްގެ އެއްބައި ވަންތަކަން މި މައުޟޫޢުގައި އެގުޅުމަށް ތާއީދުކުރާ ފޯރަމެއްގައި ވާހަކަ ކުރިއަށް ގެންދަވަމުން ޓޮނީ ބްލެޔަރ ވިދާޅުވިއެވެ. ދުނިޔެއަށް ދެން ވެރިވެގަންނާނީ ބައި-ޕޯލަރ ނުވަތަ މަލްޓި-ޕޯލަރ ނިޒާމެކެވެ. 

އަދި މިގަރުނުގެ އެންމެ ފާހަގަކުރެވޭ ޖިއޯ-ޕޮލިޓިކަލް ބަދަލު އަންނާނީ ރަޝިޔާއަކުން ނޫނެވެ. ޗައިނާއިންނެވެ. ރަޝިޔާއިން ޔޫކްރެއިން ގައި ފެއްޓީ ސްޕެޝަލް އޮޕަރޭޝަންގެ ސަބަބުން އެތައްބަޔަކު މަރުވެ 1962 ގެ ކިއުބާ-މިސައިލްގެ ދެކޮޅުވެރިކަމަށްފަހު މިވަރުގެ ދެކޮޅުވެރިކަމެއްގެ ތެރެއަށް ރަޝިޔާ އާއި ހުޅަނގު ގައުމުތައް ނުވެއްޓެއެވެ.                                                   

ރަޝިޔާގެ ރައީސް ޕުޓުން ވިދާޅުވަނީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއްލާން ކޮށްފައިވާ ކަމުގައެވެ. އެހެންކަމުން ރަޝިޔާއިން ދެން ގުޅުން ދަމަހައްޓާނީ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކާއި އެކުގައެވެ.                                                           

ބްލެއަރ އޮޅުންފިލުވާދެމުން ބުނެފައިވަނީ އަހަރެމެން ދެކޭފަދަ ވަކިފަރާތަކަށް ނުޖެހޭ އިންސާފުވެރި މަގާމެއްކަމުގައި ޗައިނާއޮތް ކަމަށް ބަލައިގެންނުވާނެއެވެ. ސަބަބަކީ މިހާރުވެސް ޗައިނާގެ ރައީސް އެ ގެންދަވަނީ  ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާދެކޮޅުހަދަމުން ރަޝިޔާއަށް ތާއީދުކުރަމުންނެވެ. އަދި ރައީސް ޕޫޓިން ވިދާޅުވަމުން އެގެންދަވަނީ ޗައިނާއާއިއެކު ރަޝިޔާއިން އުފައްދާފައި އެވަނީ އާދަޔާޚިލާފް ބާރުގަދަ ގުޅުމެއްކަމުގައެވެ.                                                           

1979 ގައި ޗައިނާގެ އިގްތިސާދު އޮތީ އިޓަލީގެ ފެންވަރުގައެވެ. ނަމަވެސް ބޭރުގެ އިންވެސްޓްމެންޓްތަކަށް ހުޅުވާލުމާއި އަދި ތަޢާރުފް ކުރަމުން ގެންދިޔަ މާރކެޓް ރިފޯރމް ތަކުގެ ސަބަބުން މިއަދު އެއޮތީ ދުނިޔޭގެ ދެވަނަ އިގްތިސާދުގެ މަގާމު އަތުލާފައެވެ. ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި ޓެކްނޯލޮޖީ އާއި އިންޓެލިޖެންސް އާއި މެޑިކަލް ދާއިރާއާއި އަދި މިނޫނަސް މުހިންމު ގިނަ ދާއިރާތަކަކުން އެމެރިކާއަށްވުރެން ޗައިނާ ކުރިއަރާނެއެވެ. އެމީހުންގެ އެންމެގާތް ބައިވެރިންނަކީ ރަޝިޔާއާއި އީރާނެވެ.                                 

އަހަރެމެން، އެމެރިކާއާއި އެމެރިކާގެ ބައިވެރިން މިލިޓްރީގޮތުން އެއްވަނައިގާ އޮތުމަށްޓަކައި އިތުރަށް ބާރުގަދަކޮށް ކޮންމެބަޔަކާ އިދިކޮޅަށްވެސް ނިކުތުމުގެ ގާބިލުކަން ދަމަހައްޓަން ޖެހޭނެއެވެ. އެއްވެސް ހާލެއްގައި ޗައިނާއަކީ ދުނިޔޭގެ އެންމެބާރުގަދަ ގައުމުކަމުގައި ވުމުގެ ފުރުސަތު ދެވިގެންނުވާނެއެވެ. ޓޮނީ ބްލެޔަރ ވާހަކަ ނިންމާލަމުން ވިދާޅުވިއެވެ. 

Loading

One Response

  1. މިއޮއް ހުރިހާދުވަހުވެސް މަސައްކަތްކުރަމުން ގެންދިޔައީ ގައުމުތައް ލޫޓުވައިގެން ބިރުދައްކައިގެން އަދި ނުވިތާކަށް އ. ދ. ވެސް ބޭނުންކޮށްގެން ތިޔަބުނާ ސުޕަރޕަވަރ ދެމެހެއްޓުމަށެވެ. އަހަރެމެން ދިވެހިންނަށްވެސް އެނގޭ ބެދޭ މަޅި ނުފެންނާނެކަން. ތިޔަބައިމީހުންނަށް އެވަރުވެސް ރޭކާނުލައެވެ. ދެން މިހާރަކު ތަޅާސުންނާފަތި ކުރެވޭނެ ގައުމެއްވެސް ނެތެވެ. ރާވަމުން ދިޔަ މޮޅު ރޭވުންތަކުގެ ދަލުގައި ތިމާމެން ޖެހި އެ ދަލުން ނިކުމެވޭނެ ގޮތެއް ފެނޭތޯ މިހާރު ބެލުން މާރަނގަޅުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް