ރައީސް ބައިޑަން ވަލީ އަހްދު މުޙަންމަދާ ކުރެއްވި ގޮށްމުށުގެ ސަލާން ގޮވީ އަތަށް!

Facebook
Twitter
WhatsApp
8AD084A8-3230-4DA1-A4D7-2B5BDF0109BE

މިދިޔަ ހުކުރުދުވަހު ރައީސް ޖޯ ބައިޑަން ސަޢޫދީ އެރޭބިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލު ކުރެއްވިއިރު ތުރުކީގައި މަރާލެވުނު ޚަޝޯގީ މަތިން ހަނދާން ނެތުނީތޯ އާއި ސައޫދީ އެރޭބިޔާގައި އިންސާނީ ޙައްގުތައް ނެތިގެންދިޔަސް މިހާރު ވަރިހަމަވީތޯ ނޫސްވެރިން ސުވާލުކުރަން ފެށުމުން އަހަރެންނަކީ އެމެރިކާގެ ރައީސް ކަން އެ ޖާރނަލިސްޓަށް ހަނދާންކޮށް ދެއްވިއެވެ. 

އެހެންވީމާ އިންސާނީ ޙައްގުތަކާބެހޭ މައްސަލަތަކުގައި ހަމަހިމޭނުން ނުހުންނާނެކަން ވަރަށް ސާފު ބަހުން ވަލީ އަޙްދު މުޙައްއމަދު ބިން ސަލްމާނަށް އޮންނާނީ އޮޅުންފިލުވާ ދީފާކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި މުޙައްމަދު އެކަމަށް އިންކާރުކުރުމުން އަހަރެން ގަބޫލުކުރާގޮތުގައި އެކަންކުރުވީ އޭނާކަމަށްވެސް ބުނީމެވެ. ދެން އެފަދަ ކަމެއް ނުހިނގާނެކަން ކަށަވަރު ކޮށްދެވިދާނެތޯ ނޫސްވެރިންގެ ސުވާލުތައް ގިނަކުރަންފެށުމުން ތިޔައީ ވަރަށް ދެކޮޅުނުޖެހޭ ސުވާލެއް ކަމަށާއި އެހެންނަމަވެސް އެފަދަ ކަމެއް ހިނގައިފިނަމަ ދެން ފެންނާނީ މާ ހަރުކަށި ބައިޑަން އެއްކަންސަލްމާން އަށް އޮންނާނީ ވިސްނާދީފައި ކަމުގައި ވިދާޅުވިއެވެ.       

އެހެންނަމަވެސް ނޫސްވެރިންނަށް ފެނުނު މަންޒަރުތަކާއި އެނގުނު މަޢުލޫމާތުތައް ހާމަ ކުރަމުންދާއިރު ދޭހަވަނީ ރައީސް ޖޯ ބައިޑަން ސައޫދީ އެރޭބިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސަޢޫދީ އެރޭބިޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނާ (އެމްބީއެސް) ބައްދަލު ކުރައްވައި ގޮށްމުށުގެ ސަލާމެއް ކުރެއްވުމަށް ފަހު ވާހަކަ ފުޅު ދެއްކެވުމުގައި ތުރުކީ ގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި މަރާލެވުނު ނޫސްވެރިޔާ ޚަޝޯގީގެ މަރުގެ މައްސަލާގައި ވަލީއަޙްދު މުޙައްމަދު އިސްތަށިފުޅުގައި އިލްޒާމް އެޅުވުމުން ތިޔަވާހަކަ މަށާ ނުދައްކާ މިދިޔަ މޭމަހު ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގި މިލިޓްރީ ޙަރަކާތުގައި މަރާލި ނޫސްވެރިޔާ ޝީރީން އަބޫ އަކްލާހްގެ ވާހަކަ އާއި އިރާގްގެ އަބޫ ޣުރައިބު ޖަލުގައި ކަލޭމެން ބަންދުކޮށްގެން ގެންގުޅުނު މީހުންނާދޭތެރޭ ކަންތައްކުރި ގޮތުގެ ވާހަކަ ދެއްކިއްޔާ މާރަނގަޅުވާނެއޭ ވިދާޅުވެ ޑިޕްލޯމެޓިކް ރީތި ބަހުރުވައަކުން  ހޫނު ފެނުގެ ރައްދެއް ބައިޑަންގެ އަނގަފުޅަށް ގަންނުވާލި ކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުން ޚަބަރުދެއެވެ.

އަބޫ ޣުރައިބު ޖަލުގައި ކަލޭމެން ހިންގި ޢަމަލާމެދު މުޅި ދުނިޔެ މަލާމާތް ކުރަމުން ގެންދާއިރު ކަލޭމެންނަށް ލަދު ގަންނާކަށްވެސް ނޭގެއެވެ. ކަލޭމެންގެ ލޮލުން ބަލާއިރު އެއީ އިންސާނީ ކަރާމަތް ނަގަހައްޓައި ދެމެހެއްޓުން ކަމުގައިވިޔަސް އަހަރެންވެސް އަދި ދުނިޔެ އެގޮތް ގަބޫލެއް ނުކުރެއެވެ. 


  އެމެރިކާ ސިފައިން އިރާގުގެ ޖަލުތަކުގައި އިރާގީ މުސްލިމުންނަށް ދޭ ވޭންދެނިވި އަނިޔާ:


ޚަޝޯގީއަށް މެދުވެރިވި ކަންތަކާ އަހަރެމެން ދެރަވެ ހިތާމަ ކުރަމެވެ. އެކަމަކު އެކަމުގައި އަހަރެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެއެވެ. އަދި އެކަން ކުރިމީހުން މިހާރު އެވަނީ ޝަރީއަތުގެ ކުރިމައްޗަށް ގެނެވިފައެވެ. އެންބީއެސް ވިދާޅުވިއެވެ.                                                             

އެމެރިކާގެ ތެރޭގައިވެސް ބައިޑަންގެ ސަޢޫދީ ދަތުރާމެދު ނުރުހުން ފާޅުކުރާމީހުން ބުނާގޮތުގައި ސަޢޫދީ އެރޭބިޔާއަކީ އިގްތިސާދީ ގޮތުން އެންމެ ނުކުޅެދޭ ގައުމުކަމަށް ހަދާލާނެ ކަމަށާއި އަދި ވަލީ އަޙްދު މުޙައްމަދު ސަލާންޖަހާ ނާށިގަނޑު ހިފައިގެން ނިކުންނަން ޖެހޭވަރު ކޮށްލާނަމޭ ބުނި ބައިޑަން، އެންމެފަހުން ތެޔޮ ލިބުން ދަތިވުމުގެމައްސަލާގައި ހަދާނެ އެހެން ގޮތެއް ނެތިގެން ނާށިގަނޑު ހިފައިން މުޙައްމަދު އަރިހަށް ސަލާންޖަހަން ދާންޖެހުނީމާ އެއީ ލަދުގަންނަން ޖެހޭ ކަމެކެވެ. 

އަދި އެމެރިކާގެ ހައިބަތަށްވެސް ހުތުރު އެރުވުމެކެވެ. ކޮންމެއަކަސް ބައިޑަން އެނބުރި ގައުމަށް ދާންޖެހިވަޑައިގަތީ ހަމަ ހުސްއަތާއެވެ. އެމެރިކާގައި އަރަބިންނާއި ބޭހޭގޮތުން ބުނެއުޅޭ ހަރުބަހެއްގައި އޮންނަ ކަމަށް ވެއެވެ. ” އަރަތްބަކަށް ތައުހީނުގެ ބަހެއް ރައްދު ކޮށްފިނަމަ ނުވަތައިންސަލްޓް ކޮށްފިނަމަ އޭނާގެ އުމުރަށްވެސް އެކަން އުފުލަން ޖެހޭނެއެވެ “.                                         

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި ރައީސް ބައިޑަން ސަޢޫދީ އެރޭބިއާއަށް ކުރެއްވި ދަތުރުފުޅުގައި އިސްރާއީލަށް ގެންދެވި ރިޔާސީސެކިރިޓީންގެ ތެރޭގައި ހިމެނޭ މީހަކު ޖެރޫސަލަމްގެ މަހާނޭ ޔަހޫދާ މާރކެޓް ސަރަހައްދުގެ ބާރ (ރާބޮއި ޢަމަލުވާ ލޮނޖް) އެއް ކައިރިގައިހުރިއަންހެނަކު ގަޔަށްއަރަން އުޅުމުގެ އިލްޒާމްގައި ހައްޔަރު ކުރުމަށްފަހު އަނބުރާ އެމެރިކާއަށް ފޮނުވާލައިފިއެވެ. 

އެ އަންހެންމީހާއަށް އަނިޔާވެފައި ނުވާކަމަށާއި އަދި ޖިންސީގޯނާކުރިކަމަކަށްވެސް ނުވެއެވެ. މަގުމަތިން އަންހެނަކު ފެނުނަސް އެއަންހެނާގެ އިއްފަތް ފޭރުމަށް ސަލާންޖެހެނީއެވެ. އެމެރިކާމީހުންގެ ބަހުގައި ޖިންސީގޯނާ ކުރުމަކީ ކޮބައިކަން ބުނާކަށް މިއަދު ނޭގޭހިސާބަށް އެކަންވެސް މިވަނީ ފެތުރިފައެވެ. 

ސަބަބަކީ އަބޫ ޣުރައިބު ޖަލުގައި ހިންގި ކަންތައްތަކަކީވެސް އިންސާނީ އަބުރާއި ކަރާމާތް ރައްކާތެރި ކުރުމުގެ އަމަލެއްކަމުގައި ބުނާތީއެވެ.އަހަރެމެންގެ ގައުމުގައި މަގުމަތިން އަންހެނަކާ ދިމާލަށް އެކަށިގެންނުވާ ބަހުރުވައަކުން ވާހަކަ ދެއްކުންވެސް ގާނޫނުގެ ކުރިމަތީގައި ބެލެވެނީ ޖިންސީ ފުރައްސާރަ ކުރުންކަމުގައެވެ. ނުވަތަ ޖިންސީ ގޯނާކުރުންކަމުގައެވެ. ތިމަ ތިމާމެންނަށް ތިމާމެން ފެނުމަކީ ކިބުރުވެރިކަމުގެ އަލާމާތެކޭ ބުނެއެވެ. އަދި ކިބުރުވެރިންގެ ލަދުހަޔާތެއްވެސް ނޯންނާނެއެވެ. ބައިޑަން ސަޢޫދީއަށް ކުރެއްވި ދަތުރުފުޅަކީ އެމެރިކާ ބޮޑުތަނުން ފޭލިވެގެން ބައިޑަން އެނބުރި ވަޑައިގަތް ވަޑައިގަތުމެއް ކަމުގައި އެމެރިކާގެ ގިނަ މީޑިއާތަކުން ދަނީ ބުނަމުނެދެއެވެ.   

2 Responses

  1. އެމެރިކާއަކީ ދުނިޔެއަށް އޮތް ބޮޑު މުސީބާތެކެވެ. ގައުމުގައުމުގެ ވެރިކަން ވައްޓާލުމާއި ނުރުހޭ ވެރިޔެއްވިއްޔާ ދުއްވާލުމާ. އިޖިޕްޓް ގެ އިސްލާމިކް ލީޑަރ މުރުސީ. އިރާގުގެ ސައްދާމު. ލީބިޔާ ގައްޒާފީ ފަދަ ބޭފުޅުންގެ ދުވަސް ދުއްވާލައި އެ ގައުމުތަކުގެ މުއްސަދިކަން ފޭރިގަތީވެސް އެމެރިކާއިންނެވެ. އެމެރިކާގެ އިންސާފަކީ އެމެރިކާ ބޭނުންހާގޮތަކަށް އެއްބަސް ވާން ޖެހޭނެއެވެ. މިހާރު ޕާކިސްތާނަށްވެސް އެ ސުނާމީ އަރައި އިމްރާން އެވަނީ ވެރިކަމުން ދުރުކޮށްފައެވެ. ވަރަށް ނުލަފާރޭވުން އަބަދުވެސް އެމެރިކާއިން ރާވާނީ. އިޒްރޭލް ލައްވާ ފަލަސްތީނު ނިކަމެތިކޮށް އަޅުވެތި ކުރަނީވެސް ހަމަ އެމެރިކާ. ޗައިނާ ޢައި ރަޝިޔާ ގުޅިގެން ރަނގަޅު ފިލާވަލެއް ދެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

  2. ބައިނަލް އަގްވާމީ މީޑިއާތަކުން ބުނާގޮތުގައި މިހާރު ބައިޑަން ހުރީ ވަރަށް ކޯފާވެފައެވެ. ސަބަބަކީ މުޙަންމަދު ބިން ސަލްމާނު އަރިހުގައި ޚަޝޯގީގެ ވާހަކަ ދެއްކި ކަމަށާއި ދެން އެކަހަލަ ކަމެއް ނުކުރަން އިންޒާރު ދިން ކަމަށް ބައިޑަން ވިދާޅުވިޔަސް ސަޢޫދީ އެރޭބިޔާގެ ދަވްލަތުގެ ޚާރިޖީ ވަޒީރު ނޫސްވެރިން ގާތު މުހަންމަދަށް އެކަހަލަ ވާހައެއްގެ އަޑު އިވިފައިނެތޭ ވިދާޅުވީމާ ސައޫދީން ދޮގުހަދާކަމަށް ބުނެއެވެ. ބައެއް ކޮމެންޓުތަކުގައި ބުނެފައިވަނީ ބައިޑަންއަށް ދެއްކޭ ނުދެއްކޭވާހަވެސް ހަނދާންނުހުންނަކަމުގައެވެ. މުސްކުޅި އުމުރުފުޅުގައި ނުކުރެވޭ ކަންތަކުން ދުރުހެލިވުމަށްވެސް ބައެއް ކޮމެންޓުތަކުގައި މަޝްވަރާ ދީފައިވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް