ފަނާކުރުވަނިވި ހަތިޔާރުގެ ވާދަވެރިކަމުގައި ކޮންޓްރޯލް ގެއްލިދުނިޔެ ގޮތް ހުސްވެފައި

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ފަތުރަމުންގެންދާއިރު ނުރައްކާތެރި ފަނާކުރަނިވި ހަތިޔާރުގެ ވާދަވެރިކަންވެސް އެދަނީ އަތުންދޫވެގެންނެވެ. އެކަކަށްވުރެން އަނެކަކު ކުރިއަރާ ދިއުމަކީ އިންސާނާގައި ތަބީއަތުގައި ހުންނަ ސިފައަކަށް ވެދާނެއެވެ. އަދި އެކަމުގައި ކުރިމަތިވަމުންދާ ހުރަސްތައް ނައަތާލުމަކީ އެމީހެއްގެ ގާބިލުކަން ހުރިވަރަކުން ކުރާނެކަމެއްވެސް މެއެވެ. އެއީ ދުނިޔެއިން އަބަދާއަބަދު ފެންނަމުންދާ ހަގީގަތެކެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ބޯވިލާތައް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެން ހިގައިދާނެކަމުގެ ބިރުވެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި އެ ހަނގުރާމައިގާ ހިމެނޭ ފަރާތްތައް ސުލްހަވެރި ކުރުވައި […]
ސިޔާސީ ކޯޅުންގަނޑުގެ ތެރެއަށް ސިފައިން ވެއްދުމުން ޤައުމީ ސަލާމަތަށް އަބަދުވެސް ނުރައްކާވޭ!

ދިވެހި ސިފައިން، 1892އިން ފެށިގެން މިއަދާއި ހިސާބަށް އައި މި ދިގު ޙަޔާތުގައި، އެ އަސްކަރިއްޔާގެ ތެރެއަށް ނުފޫޒު އަބަދުވެސް ވަދެފައިވަނީ ސިޔާސީ ގޮތުން ޤައުމު ހިންގުމުގައި ބަލިކަށިކަމެއް އައުމުން އޭގެ ތެރޭންނެވެ. ނުވަތަ ޤައުމު ހިންގުމުގެ ނިޒާމަށް ބަދަލެއް އަންނަ ދުވަސްވަރެއްގެ ތެރޭންނެވެ. މިގޮތުން އެތަކެއް ފަހަރު މަތީން މިދިޔަ މާޒީގައި މިކުޑަ ދިވެހިރާއްޖޭގައިވެސް ދިވެހި އަސްކަރިއްޔާ މިފަދަ ޙާލަތްތަކަށް ވެއްޓިގެން ގޮސްފައިވާކަން ތާރީޚުން އެގެން އެބައޮތެވެެ. މިފަދަ ކޮންމެ ފަހަރަކު އެ އަސްކަރިއްޔާއަށް ބަލިކަށިކަން […]
ކުރިއަށް އޮތް ދުވަސްވަރުވެސް ތަކެތީގެ އަގުތައް ދާނީ އުފުލެމުން: މިނިސްޓަރު

މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތުން އަރައިގަނެވެމުން އަންނައިރު، ކުރިމަތިވަމުންދާ އާ ހާލަތްތަކުގެ ސަބބަުން ދުނިޔޭގެ އިގްތިސޯދީ ދުވެލި މަޑުޖެހޭ ކަމަށެވެ. އެގޮތުން 2024-2023 އަށް ދުނިޔޭގެ އިގުތިސޯދީ ދުވެލި ހުންނާނީ އެވްރެޖުކޮށް 3.0 ޕަސެންޓުގައި ކަމަށްވެސް ވިދާޅުވިއެވެ. ދުނިޔޭގެ އިގްތިސޯދަށް […]
އެމެރިކާއިން އަނެއްކާ ވެސް ޔޫކްރޭނަށް 80 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދެނީ

ޔޫކްރޭނަށް އެމެރިކާއިން 80 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދޭން ކަނޑައަޅާފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. މެޑްރިޑްގައި ބޭއްވި ނޭޓޯގެ ވެރިންގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ ޔޫކްރޭންގެ ސިފައިންނަށް ބޭނުންވާ ހަތިޔާރު މެދުކެނޑުމެއްނެތި އެމެރިކާއިން ފޯރުކޮށްދެމުން ގެންދާނޭކަމަށެވެ. އަދި ޔޫކްރޭން ހިމާޔަތްކުރުމުގެ މަސައްކަތުގައި އެމެރިކާ ދެމި އޮންނާނޭ ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ އެމެރިކާ އޮތީ އެކުވެރިންނާއެކުގައެވެ. އަދި ރަޝިއާ އަތުން ޔޫކްރޭން ބަލިނުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް […]
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެ، ފަސް މީހަކަށް ފަރުވާދެނީ

އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. ފުލުހުން މިރޭ ބުނީ، އެ އެކްސިޑެންޓުގައި ހަތަރު ފިރިހެނުންނާއި ދެ އަންހެނުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެ އެންމެންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އަންހެނަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރަތް ކުލައިގެ ކާރު އޯވާޓެކް ކުރަން އުޅުމުގެ ތެރޭގައި […]
މިއަހަރު 10 ލައްކަ މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނެ

މި އަހަރު ޙައްޖުގެ އަޅުކަމުގައި 10 ލައްކައަށްވުރެ ގިނަ މުސްލިމުން ބައިވެރިވާނޭކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ. ޛުލްޙައްޖު މަސް ފެށުމާއެކު ޙައްޖުވެރިން ވަނީ މައްކާއަށް ދާންފަށާފައެވެ. މިހާތަނަށް 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައެވެ. ކޮރޯނާ ވައިރަހާ ގުޅިގެން ފާއިތުވި ދެ އަހަރު ބޭރުގައުމުތަކުގެ މީހުން ޙައްޖަށް ދިއުން ވަގުތީގޮތުން ބަނދުކުރެވިފައި އޮތުމަށް ފަހު މިއަހަރު ވަނީ ބޭރު މީހުންނަށް ވެސް ޙައްޖަށް ދިއުމުގެ ދޮރު ހުޅުވާލެވިފަ އެވެ. ފާއިތުވި ދެ އަހަރު […]
ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި

އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ ނަން ”ޕީޕީއެމް ސެނެޓަށް“ ބަދަލުކޮށްފައެވެ. ޕީޕީއެމް ކައުންސިލްގެ ނަން ”ޕީޕީއެމް ސެނެޓަށް“ ބަދަލުކުރީ، އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސަތު ބަލަހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައެވެ. ޕީޕީއެމުން ރޭ ކުރި ޓުވީޓެއްގައި ބުނީ، ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަށް ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގައެވެ. ވެރިކަން ކުރާ އެމްޑީޕީ ފިޔަވައި އެހެން […]
އިންޑިއާއިން މަސައްކަތް ކުރަނީ ޝާހިދު ވެރިކަމަށް ގެނެސް ރާއްޖެ ވިއްކާލަން: ޒަމީލް

އިންޑިއާ އަޑީގައި އޮވެ ރާއްޖޭގެ ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނެސް ރާއްޖެ ވިއްކާލުމަށް މަސައްކަތްކުރާ ކަމަށްޕީއެންސީގެ ކައުންސިލް މެމްބަރު އިބްރާހިމް ޒަމީލު (ޒައްޕެ) ތުހުމަތު ކުރައްވައިފިއެވެ. ގަލޮޅުދަނޑުގައި ސަރުކާރުން އިންތިޒާމު ކޮއްގެން ހިންގި ޔޯގާ ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރި މީހުން ދޫކޮށްލުމަށް ގޮވާލުމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖުތަކުގެ ތެރެއިން، މިމަހުގެ އެއްްވަނަ ދުވަހު ބޭއްވި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޒަމީލު ވިދާޅުވި […]
ކޮންމެ ހަނގުރާމައަކީވެސް ވިޔަފާރިއެކެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ މައިގަނޑު ބޭނުމަކީ ކޮބައިބާވައެވެ؟ މި ހަނގުރާމައަށް 4 މަސް ފާއިތުވެގެންދާއިރު އަދި ހަނގުރާމައިގެ މަސްރަހަށް ބަލާލާއިރު ހަނގުރާމަ ނިމޭނެ ދުވަހެއް ނުވަތަ ނިންމާނެ ދުވަހެއް އެނގޭ މީހަކު ނެތޭ ބުނެވިދާނެއެވެ. ސަބަބުތައް ބައިވަރެވެ. ދުނިޔޭގެ ފުންނާބުއުސް މާހިރުންގެ ނަޒަރުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ދުވަސްތަކަކަށް ދެމިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދުނިޔޭގައި މިލިޓްރީގޮތުން އެންމެ ބާރުގަދަ ކަމަށް ބެލެވޭ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސް މި ހަނގުރާމަ ހުއްޓުވަން އެކަށީގެންވާ މިންވަރަށް މަސައްކަތެއް ނުކުރެއެވެ. އެމެރިކާއިން ވަރަށް […]
ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސްގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހައްޖުގެ މަތިވެރި އަޅުކަމަށް މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. މިއީ، ރާއްޖެއަށް ދޫކޮށްފައިވާ 453 ހައްޖު ކޯޓާއިން ބޭރުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް ފުރާވަޑައިގަންނަވާއިރު، މިއަހަރުގެ […]