ދައުލަތުން މިސަރުކާރުގެ ދަތުރުތަކަށް 82 މިލިޔަން ރުފިޔާ ޚަރަދު ކޮށްފި
ސަރުކާރުގެ ދަތުރުތަކަށް 82 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް އެގިއްޖެއެވެ. ދައުލަތުން މިއަހަރުގެ މިހާތަނަށް ސަރުކާރުން ކުރި ދަތުރުތަކަށް ހިނގި ޚަރަދުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި މިޖޫން މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ ދަތުރުތަކަށް ވަނީ 82 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ޚަރަދު ކޮށްފައިވާ ކަމަށް ދެއްކީ 47.9 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި މިއަހަރުގެ ދަތުރުތަކަށް ބަލާއިރު މިއަހަރު ދަތުރުތަކަށް 34 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވެއެވެ. ދައުލަތުގެ ދަރަނި މިހާރު 100 ބިލިޔަނަށް އަރާފައިވާއިރު، ޚަރަދު […]
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކެނެޑާއިން އައު އުކުޅެއް ބޭނުންކުރަން ފަށައިފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކެނެޑާއިން އައު އުކުޅެއް ބޭނުންކުރަން ފަށައިފިއެވެ. ދުންފަތުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކެނެޑާއިން އަލަށް ފެށި މަސައްކަތަކީދުންފަތުން ލިބޭ ގެއްލުން ސިނގިރޭޓު ފޮށީގެ ބޭރުގައި ޖެހުމުގެ ބަދަލުގައި ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ކޮންމެ ސިނގިރޭޓެއްގައި ލިއުމެވެ. ކެނެޑާއަކީ ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ސިނގިރޭޓުގައި ލިޔަން ފެށި ފުރަތަމަ ގައުމެވެ. ދުންފަތުން ސިއްހަތަށް ލިބޭ ގެއްލުމާ ބެހޭ ފޮޓޯއެއް ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހައިގެން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކެނެޑާއިން ފެށީ […]
ބާޠިލުގެ އަޑު ކިތަންމެ ގަދަވިއަސް ބާޠިލު ވާނީ ބާޠިލަށެވެ!
ބާޠިލުގެ އަޑު ގަދަވިއެއް ކަމަކު ޚާއްޞަކޮށް މިޒަމާނުގެ ބާޠިލުގެ އަޑު ގަދަވެފައިވާތީ ތިބާއަށް ފެންނާނެއެވެ. އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރުމާއި، އިސްލާމްދީނާ ދިމާލަށް އެއްޗެހި ކިޔާހަދާތަން ތިބާއަށް ފެންނާނެއެވެ. ފާސިދުން މީސްތަކުންގެ މައްޗަށް އަމުރު މައުރޫފު ހިންގާތީ ފެންނާނެއެވެ. ނުސިހޭށެވެ! ޙައްގަށް ފައުޅުގަޔާއި ސިއްރިޔާތުގައި މަަސައްކަތް ކުރާށެވެ. ދަންނާށެވެ! ޞާލިޙުންގެ އަޑު މަޑުވެފައި ވީނަމަވެސް އެބައިމީހުންގެ މަސައްކަތްވެސް ދަނީ ހަމަކުރިއަށެވެ. ފާޅުކަން ނެތި، އާރާއި ބާރުނެތި ދަތިތަކާއި އުނދަގުލާ އެކުގައިވެސް މެއެވެ. ޙައްގަށް ނަސްރު ދެއްވާނެއެވެ. ޙައިރާން ނުވާށެވެ! އަބޫ ޖަހުލު އިބިލީހުގެ ދުލުން އިސްލާމްދީނާ ދެކޮޅަށް ބަސްބުނެ […]
ރަޝިޔާގެ ސިފައިން އާރޓިކް ސަރަހައްދަށް ދިއުން ވަނީ ހުޅަނގުގެ ބޮލު ރިހުމަކަށް
ހަތިޔާރުގެ ވާދަވެރިކަން މިއަދު މިއޮތީ މުސީބާތަކަށް ވެފައެވެ. އެއީ ނުރައްކާތެރި ވިޔަފާރިއަކަށްވެއްޖެއެވެ. ދޭދޭ ގައުމުތައް ޖައްސުވައި އެ ހަތިޔާރުތައް ވިއްކުމުގެ މާރކެޓް ދުވަހެއް ދުވަހަކަށް އެގެންދަނީ ފުޅާކުރަމުންނެވެ. ހެޔޮއެދޭކަމަށް ބުނެ އެ ހަތިޔާރުތައް ގަނެގެން ގައުމު ދިފާއުކުރަން ބާރުއަޅަމުން ގައުމުތަކުގެ މުއްސަނދިކަން އެ ގެންދަނީ ފޭރެމުންނެވެ. ގަބޫލުކުރަމެވެ. އެކަންތައް ހުއްޓުވުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އެކަމަކު ދުނިޔޭގައި ހިނގަމުންދާ މި ނުރައްކާތެރި ޙަރަކާތްތަކުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ލިބިލިބި ހުރުމަކީ ބޭނުން ކަމެއްކަމުގައި ސަންދާނުން ދެކެމެވެ. ނުރައްކާތެރި ޙާލަތެއްގައި ސަލާމަތެއް ލިބޭތޯ ގޭގެ ކުޑަދޮރުން ފުންމާލަން ފުރުސަތެއް ހޯދޭނީވެސް މަޢުލޫމާތު ލިބިފާ ހުރެގެންނެވެ. […]
މޯލްޑިވްސް ހެލްތު ސާވިސަސް އުފެއްދެވުމަށް ނިންމައިފި
”މޯލްޑިވްސް ހެލްތު ސާވިސަސް“ އުފެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ މޯލްޑިވްސް ހެލްތު ސާވިސް އުފެއްދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި މި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގަ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ސިއްޚީ ނިޒާމު މިހާރަށްވުރެ […]
ކުޑަހުވަދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ދ. ކުޑަހުވަދޫ އެއާޕޯޓުން އަތުލަތްގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެންގޮސް ހުރި މަސްތުވާތަކެތިކަމަށެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި ނައްތައިލާފައިވަނީ 138 ފުޅި ބަނގުރައާއި 411 ދަޅު ބިޔަރެވެ. މިތަކެއްޗަކީ 2021 ޑިސެމްބަރު 16 އިން މި އަހަރުގެ މެއި 17 ވަނަ ދުވަހުގެ ނިޔަލަށް ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ކުޑަހުވަދޫ ޕޮލިސް […]
ޖައްވު ތަޣައްޔަރު ވުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާގައި ދިރިއުޅޭ މީހުންގެ އުމުރު ކުރުވެފައިވާ ކަމަށް ދިރާސާ އަކުން ހާމަވެއްޖެ
އިންޑިޔާ އަކީ ދުނިޔޭގެ އެންމެ މީހުން ގިނަ އެއް ގައުމު ކަމަށް ވާ އިރު އެ ގައުމުގެ އެކި އެކި ކާރުޚާނާ ތަކުންނާއި އިންޖީނުލީ އުޅަނދުފަހަރުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ޖައްވު ތަޣައްޔަރު ވެފައިވާ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އެމެރިކާގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓް އެޓް ދި ޔުނިވާސިޓީ އޮފް ޝިކާގޯއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. 300 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ މި ގައުމުގައި މިކަން ގޯސްވެފައިވާ މިންވަރު އެންމެ […]
ސްރީލަންކާގެ ޙާލަތު
ރާޖަ ޕަކްސެ ގެ އާއިލާއަށް ވެރިކަން ލިބުމާއެކު އެންމެ ބޮޑު އިސްކަމެއްދިނީ ރައްޔަތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ ބަދަލުގައި އޭނާއާއި އޭނާގެ ޢާއިލައަށް ހޯދުނު ވެރިކަން ދެމެހެއްޓުމަށެވެ. އެގޮތުން އަވސްވެގަތީ ގައުމުގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ. ނަމަވެސް ރައްޔިތުންގެ އުދާސްތައް ބަންޑުން ކޮށްލުމާގުޅިގެން މިހާރު އޭގެތެރޭން ބައެއް ބާރުތައް ހަނިކޮށް ގާނޫނު އަސާސީ އެވަނީ އަނެއްކާ އިސްލާހް ކޮށްފައެވެ. އެހެނަސް އެއީ ގައުމުގެ މައްސލަތައް ފުނިޖެހި ގައުމު ބަގުރޫޓުވެ ރައްޔަތުން ނުކުމެ ގަޔަށްބޮލަށް އަރައިގަތުމުންނެވެ. ގޯހުންގޯހަށް ޙާލަތު ބަދަލުވުމުގެ ސަބަބެއްކަމުގައި ވީ ގާތްތިމާގެމީހުންނަށް […]
ވައްކަންކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ވައްކަންކުރި މައްސަލައަކާގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) އެވެ. ފުލުހުން ބުނީހަސަން ފަޔާޒް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެނކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް […]
ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ވާހަކަ ދެއްކުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއި އިސްލާމީ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން އިންޑިޔާގެ އެކި ސަރަހައްދު ތަކުގައި މީހުން އެއްވެ ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް […]