ވައްކަންކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ވައްކަންކުރި މައްސަލައަކާގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. 

މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ  ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) އެވެ.

ފުލުހުން ބުނީހަސަން ފަޔާޒް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެނކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ

އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. .

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 9991442 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް