ކުޑަހުވަދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

Loading

Facebook
Twitter
WhatsApp

ދ. ކުޑަހުވަދޫ އެއާޕޯޓުން އަތުލަތްގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި  ނައްތާލައިފިއެވެ.

ފުލުހުން ބުނީ ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ  ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެންގޮސް ހުރި މަސްތުވާތަކެތިކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ނައްތައިލާފައިވަނީ 138 ފުޅި ބަނގުރައާއި 411 ދަޅު ބިޔަރެވެ.

މިތަކެއްޗަކީ 2021 ޑިސެމްބަރު 16 އިން މި އަހަރުގެ މެއި 17 ވަނަ ދުވަހުގެ ނިޔަލަށް ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތިކަމަށް ވެސް ފުލުހުން ބުނެއެވެ.

މިތަކެތި ނައްތައިލާފައިވަނީ އިއްޔެ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް