ޖައްވު ތަޣައްޔަރު ވުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާގައި ދިރިއުޅޭ މީހުންގެ އުމުރު ކުރުވެފައިވާ ކަމަށް ދިރާސާ އަކުން ހާމަވެއްޖެ

Loading

Facebook
Twitter
WhatsApp


އިންޑިޔާ އަކީ ދުނިޔޭގެ އެންމެ މީހުން ގިނަ އެއް ގައުމު ކަމަށް ވާ އިރު އެ ގައުމުގެ އެކި އެކި ކާރުޚާނާ ތަކުންނާއި އިންޖީނުލީ އުޅަނދުފަހަރުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ޖައްވު ތަޣައްޔަރު ވެފައިވާ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އެމެރިކާގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓް އެޓް ދި ޔުނިވާސިޓީ އޮފް  ޝިކާގޯއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

300 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ މި ގައުމުގައި މިކަން ގޯސްވެފައިވާ މިންވަރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އުއްތަރް ޕްރަދޭޝް ފަދަ ބޮޑެތި ސިޓީތަކުންނެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުގެ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ އުމުރު ކުރުވުން އެކަށީގެންވެއެވެ. މިގޮތުން ލައިފް އެކްސްޕެކްޓެންސީ ނުވަތަ މީހަކު ދިރިހުުންނާނެ ކަމަށް އެވަރެޖްކޮށް ލަފާ ކުރެވޭ އުމުރު، މިކަމާ ގުޅިގެން 10 އަހަރު ދަށަށް ގޮސްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. 

އެހެނީ ޖައްވުގައި ހުންނަ ވިހަ ގޭސްތައް އިންސާނާގެ ފުއްޕާމެއަށާއި ހިތަށް އަސަރުކުރުމަކީ ތަފާތު ބަލިތަށް ޖެހުން އެކަށީގެންވާ ކަމެކެވެ. 

ވައި ތަޣައްޔަރުވުމުގެ މައްސަލަ އަކީ ހަމައެކަނީ އިންޑިޔާއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. އޭޝިޔާ ބައްރުގެ އެހެން ގައުމުތަކުންވެސް މިކަމުގެ ނޭދެވޭ އަސަރުތައް ދަނީ ފެންނަމުންނެވެ. މިގޮތުން ޕާކިސްތާނާއި، ބަންގްލަދޭޝް އަދި ނޭޕާލްވެސް މިކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް