މޯލްޑިވްސް ހެލްތު ސާވިސަސް އުފެއްދެވުމަށް  ނިންމައިފި

Loading

Facebook
Twitter
WhatsApp

”މޯލްޑިވްސް ހެލްތު ސާވިސަސް“ އުފެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް ހެލްތު ސާވިސް އުފެއްދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި މި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގަ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ސިއްޚީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ސިއްޚީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

Loading

One Response

  1. ހާދަމަސައްކަތެއް ތިޔަ ތަނަކަށްވެސް އޮންނާނެޔޭ ހިތަށްއަރަނީ. މިނިސްޓްރިއަކާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަކާއި އަދި ތިޔަ ތަނަކަށްވެސް އިތުރު ސިޔާސީ މަގާމުތަކެއްވެސް ބޭނުންވާނެތާ. މިއަންނަ ދައުރަށް ހޮވިއްޖެނަމަ ރާއްޖޭ އާބާދީގެ ކޮންމެ ދެމީހަކަށް ސިޔާސީ ބޭފުޅަކު ބަހައްޓަން ޖެހޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް