ބާޠިލުގެ އަޑު ކިތަންމެ ގަދަވިއަސް ބާޠިލު ވާނީ ބާޠިލަށެވެ! 

Loading

Facebook
Twitter
WhatsApp


ބާޠިލުގެ އަޑު ގަދަވިއެއް ކަމަކު ޚާއްޞަކޮށް މިޒަމާނުގެ ބާޠިލުގެ އަޑު ގަދަވެފައިވާތީ ތިބާއަށް ފެންނާނެއެވެ. އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރުމާއި، އިސްލާމްދީނާ ދިމާލަށް އެއްޗެހި ކިޔާހަދާތަން ތިބާއަށް ފެންނާނެއެވެ. ފާސިދުން މީސްތަކުންގެ މައްޗަށް އަމުރު މައުރޫފު ހިންގާތީ ފެންނާނެއެވެ. ނުސިހޭށެވެ! ޙައްގަށް ފައުޅުގަޔާއި ސިއްރިޔާތުގައި މަަސައްކަތް ކުރާށެވެ.

ދަންނާށެވެ! ޞާލިޙުންގެ އަޑު މަޑުވެފައި ވީނަމަވެސް އެބައިމީހުންގެ މަސައްކަތްވެސް ދަނީ ހަމަކުރިއަށެވެ. ފާޅުކަން ނެތި، އާރާއި ބާރުނެތި ދަތިތަކާއި އުނދަގުލާ އެކުގައިވެސް މެއެވެ. ޙައްގަށް ނަސްރު ދެއްވާނެއެވެ.

ޙައިރާން ނުވާށެވެ! އަބޫ ޖަހުލު އިބިލީހުގެ ދުލުން އިސްލާމްދީނާ ދެކޮޅަށް ބަސްބުނެ ހަޅޭއްލަވާ މަލާމާތްކުރަމުން އޭނާގެ އެ ވަރުގަދަ އަޑު ބާޠިލަށް ތާއީދުކުރަމުން މާތްވެގެންވާ ކަޢުބާގެ ކައިރީގައި ފާޅުގައި އުފުލަމުން ދިޔައިރު، ޙައްޤުގެ އަޑު މަޑުވެފައި، ސިއްރިއްޔާތުގައި އޮތީ ކުޑަކުޑަ ދާރުލް އަރްޤަމް ގޭ ތެރޭގައެވެ.

އެކަމަކު އެއީ ފެށުމެވެ. ނިމުން ދެކިބަލާށެވެ!

އަބޫޖަހުލަށް ވާސިލުވެވުނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ ބަދުރުގެ ދުވަހުގައި ނިކަމެތި ގޮތަކަށް ޤަތުލުވެ ދިޔައީއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސިދްރަތުލް މުންތަހާއާ ހަމައަށް ވާޞިލުވިއެވެ.

ﷲ އަށް ނަޞްރު ދޭ މީހަކަށް ﷲ ނަޞްރު ދެއްވާނެއެވެ. ބާޠިލުގެ އަޑު ގަދަވުމަކީ ބާޠިލަށް ނަޞްރު ލިބުމެއް ނޫނެވެ.الشيخ محمد شافع

Loading

3 Responses

  1. އާދޭހެވެ. ޙައްގުގެ މައްޗަށް ބާތިލެއް ގަދައެއް ނުވާނެއެވެ. ކުޑަދުވަސް ކޮޅަކަށް މަކަރާއި ދޮގުން ހުވަފެން ދެއްކިދާނެއެވެ. ޝެއިޚު ޝާފިޢުއަށް މާތްﷲ ހެޔޮބަސް ބުނެ ހެވަށް ޢަމަލުކުރުމުގެ ތައުފީގު ދެއްވާށިއެވެ. އާމީން!

  2. އަޅުގަނޑުގެ އުސްތާޒުން ވިދާޅުވެ ދެއްވާފައިވަނީ ޖަމާއަތަކަށްވިޔަސް ގައުމަކަށްވިޔަސް އަދި ގަބީލާއަކަށްވިޔަސް އެބައެއްގެކަންތައް ހަމަމަގަށް އެޅުވުން ކަށަވަރު ކުރުމުގައި އެބައެއްގެ ތެރޭގައި ތިބި ޢާންމު ފަރުދުންނަށްވުރެން އެބައެއްގެ ތެރޭގައި ތިބި ޢިލްމުވެރިންގެ މަސްއޫލިއްޔަތު އެތައްގުނައެއް ބޮޑުކަމުގައެވެ. ޖަވާބުދާރީވާންޖެހޭ ދުވަހުވެސް އިލްމުވެރިންނަށް ބޯދަމާގަނެވޭނެގޮތްތައްވެސް މަދުވާނެއެވެ. އަޅުގަނޑުމެންގެތެރޭގައި ތިބި އިލްމުވެރިންގެ އެއްބައިވަންތަކަން ކުޑަކަމާއި އަދި މިގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހަމަމަގަށް އެޅުވުމަށް އެކަށީގެންވާ ދައުރެއް އަދާކުރައްވާތަން ނުފެންނާތީ ހިތާމަކުރަމެވެ.

    1. ވަރަށްވެސް ބޮޑު ތެދުފުޅެއް. ހަމަ މަގާމެއް ލިބުނީ އަނގަމަތީ ޓޭޕްއެޅީ. އަދާލަތުގެ ޙާލު އެއީ ފައްކާ ތިކަމުގެ މިސާލެކެވެ. މޭޑޭގައި އެވަރަށް ރޮއިރޮއިފާ ހަޅޭލަވައި ގުރުއާނާއި ސުންނަތުން ޔަމީނުގެ ވެރިކަން ބަދަލުކުރަންޖެހޭކަމަށް ދަލީލުދައްކައިފަ ޖީއެމްއާރ އަތުލަން ބޮލުގަިއ ލޭގެ ރަތްފޮތި ބަނދެގެން އުޅުނު އިމްރާނު އެއީ ފައްކާ މިސާލެކެވެ. އަދި އެނާގެ ޙާކިމާ ޑރ. އިޔާޒްވެސް މެއެވެ. ހާދަ ބޮޑެތި ދޮގުވެރީންނެވެ. އެހެނަސް ޙައްގައި ބާތިލު ވަކިވަމުން ދާނެއެވެ. ބާތިލު ޙައްގުގެ މައްޗަށް ގަދަވެގެން ނުނިމޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް