ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

Facebook
Twitter
WhatsApp
DF86014D-4751-40BD-B971-62467E03F0B1

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ވާހަކަ ދެއްކުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއި އިސްލާމީ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިގޮތުން އިންޑިޔާގެ އެކި ސަރަހައްދު ތަކުގައި މީހުން އެއްވެ ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މައްސަލަ ހޫނުވަމުން ދިޔުމާ ގުޅިގެން ކަލްކަޓާގެ ޕޮލިސް ޑިޕާޓްމެންޓުން މިހާރު ވަނީ ޝަރުމާ މި މަހުގެ 20 ވަނަ ދުވަހު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ. 

ދިވެހި ސަރުކާރުގެ ފަރާތުންނާއި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ އުސޫލުތައް ދަށްކޮށްލުމުގެ ހުރިހާ އަމަލަކާއި ރަސޫލާގެ ދަރަޖަ ދަށްކޮށްލަން ކުރާ ކޮންމެ މަސައްކަތެއް އެއްވެސް ހިފެހެއްޓުމެެއް ނެތި ކުށްވެރިކުރާ ކަމަށެވެ. އިންޑިއާގެ ބީޖޭޕީގެ އޮފިޝަލް ދެއްކި ވާހަކައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް