ހިންނަވަރުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފި

ޅ. ހިންނަވަރުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ހިންނަވަރުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާ މި ބަނގުރާ ހޯދައިފައިވަނީ އެ އޮޕަރޭޝަނުގައި ކަމަށެވެ. އެ  އޮ އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. […]

މާރާމާރީ އާއި ގުޅިގެން ހޯދަމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި

މި މަހު ދެ ވަނަ ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.  ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ. ތިމަރަފުށި/ ސީނުގެ، އަހްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫތު އަހްމަދު އާސިފް (18އ) ކަމަށެވެ. ފުލުހުން ބުނީ  އެދެމީހުން ހައްޔަރުކޮށްފައިވަނީ މެއި ހޮނިހިރު ދުވަހު މާލެއިން ކަމަށާ  އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް […]

ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ. އމްއެންޑީއެފުން ބުނީ މެއި ދެ ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލާފައިވާ ކަމަށެވެ. ފުވައްމުލަކު ”ޓައިގާ ޝާކް“ ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސައީދު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަދުވަހުގައެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 14:30 […]

މޫސުން ގޯސް ވުމާއި ގުޅިގެން ސަމާލުވުމަށް އަންގައިފި

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު މިއަދު މޫސުމް ގޯސްވާނެ ކަމަށާ އެގޮތުން އެކި ހިސާބަށް ވިއްސާރަ ކުރުމާއިއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ކަނޑު ވަރަށް ގަދަވާނެ ކަމަށާ އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ. ބޯކޮށް ވާރޭވެހި ގުރުރުމުގެ އިތުރުން […]

ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމައިފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކު ކޮމެޓީން ރޭ ނިންމައިފިއެވެ. ނަޙުލާ އާއި އޭނާގެ މަންމަ ޕީޕީއެެމުން ވަކި ކުރަންނިންމ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މަށްޗަށް ކުރެވި […]

އިސްލާމީ އުންމަތް މިނިދިބަރުކަމުން ހޭލައްވާކަށް ނުވޭ ހެއްޔެވެ؟ 

ހަނދާންކުރުމާއި ހަނދާން ކޮށްދިނުމަކީ މުސްލިމުންނަށް ފައިދާކުރަނިވި ކަމެއްކަމުގައި ވަރަށް ގިނައިން އިލްމުވެރިން ވިދާޅުވާތީ އަޑުއަހަމެވެ. އަޅުގަނޑު މިބަލަނީ އަޅުގަނޑުގެ ފެންވަރުގައި ހަނދާން ކޮށްދެވޭތޯއެވެ.އަޅުގަނޑު ނުވަތަ އަޅުގަނޑުމެންގެ ފެންވަރުގައި މާގިނަ ކަންތައްތަކެއް ނުކުރެވިދާނެއެވެ. އެކަމަކު ކުރެވިދާނެ ކަންތައްތަކެއްވެސް ހުންނާނެއެވެ.                                                 އަޅުގަނޑުގެ މުދައްރިސަކު އޮޅުންފިލުވާދެއްވި ފިލާވަޅެއްގައި މި […]

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ އެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކޫރިއަ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 500,000.00 (ފަސްލައްކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްއިން ލަފާކުރެއެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ. ކަސްޓަމްސް އިން […]

ސިވިލް ސާވިސްގެ މުވައްޒަފުން ތަކެއް ތަމްރީން ޕްރޮގްރާމެއްގައި އިންޑިއާ އަށް ފުރައިފި

ސިވިލް ސާވިސްގެ އެކި އެކި އިދާރާއަށް ނިސްބަތްވާ 40 މުވައްޒަފަކު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ފުރައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ތަމްރީން ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށާ މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ އިސް މުވައްޒަފުން ބައިވއެރިވެފައިވާ ކަމަށެވެ. ”ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް“ ގެ ނަމުގައި އިންޑިއާގެ ”ނެޝަނަލް […]

އިންޑިއާގައި ބަންގީގެ އަޑު ކަނޑުވާލަނީ 

އިންޑިއާގެ މިސްކިތްތަކުގައި ތާޅަފިލި (އަޑުގަދަކުރާ)އިން ބަންގި ގޮވުން ހުއްޓުވުމަށް ހައްދު ފަހަނަޅާފައިވާ ހިންދޫން ކުރަމުން ދާ މަސައްކަތަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. އެއީ ބަންގި ދިނުމުގައި ތާޅަފިލި ބޭނުން ކުރުމަކީ މައިގަނޑު ހައްގެއް ނޫންކަމަށް އިލާހު އާބާދުގެ ހައިކޯޓުން ނިންމުމުންނެވެ. ތާޅާފިލި ބޭނުން ކޮށްގެން ބަންގި ދިނުމުގެ ހުއްދައަށް އެދި އިލާހު އާބާދުގެ ހައިކޯޓަށް ހުށަހެޅި މައްސަލައި އަޑު އެހުން ނިންމަން އިއްވި ބަޔާނުގައި ބުނެފައި ވަނީ ބަންގި ގޮވަން ތާލަފިލި ބޭނުން ކުރުމުގެ ހުއްދަ ނުދެވޭނޭކަމަށާއި އެއީ މުހިއްމު […]

ތައިލެންޑްގެ އެންމެބޮޑު ޑައިވް އެކްސްޕޯގައި ރާއްޖެ އިސްތިހާރުކުރަންފަށައިފި

ތައިލޭންޑްގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްޕޯގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރަން ފަށައިފިއެވެ. ބޭންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތް މާދަމާ އަށް ކުރިއަށް ގެންދާނެއެވެ. މި ޑައިވް އެކްޕޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައިވް އަދި މޫދު ކުޅިވަރުގައި ބޭނުންކުރާ އެކިއެކި އާލާތްތައް އުފައްދާ ފަރާތްތަކާއި ޑައިވް ހިދުމަތް އެކިގޮތްގޮތަށް ދޭ ފަރާތްތައް ބައިވެރިވެއެވެ. އެގޮތުން މި […]