ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ އެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ކޫރިއަ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 500,000.00 (ފަސްލައްކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްއިން ލަފާކުރެއެވެ.


ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ހުރި ޕާރުސަލް ގެނެސްފައިވަނީ 28 ވަނަ ދުވަހު ވައިގެ މަގުން ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފަޓަމައިން އަށް މި ތަކެތި ޕޮޒިޓިވް ވެފައިވާކަމަށް ވެސް ކަސްޓަމްއިން ބުނެއެވެ.


މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް