މި މަހު ދެ ވަނަ ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ. ތިމަރަފުށި/ ސީނުގެ، އަހްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫތު އަހްމަދު އާސިފް (18އ) ކަމަށެވެ.
ފުލުހުން ބުނީ އެދެމީހުން ހައްޔަރުކޮށްފައިވަނީ މެއި ހޮނިހިރު ދުވަހު މާލެއިން ކަމަށާ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.
ފުލުހުން މައުލޫމާތތު ދޭގޮތުގައި މި މާރާމާރީ އާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫތު އަހްމަދު އާސިފް (18އ) ގެ އިތުރުން ގދ. ވާދޫ/ އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް (18އ) އާއި 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
މިމައްސަލައާ ގުޅިގެން 5 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ. އެ ފަސް މީހުންނަކީ:
- ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
- ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
- ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
- ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ)
- ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ)
މި ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.