ސިވިލް ސާވިސްގެ މުވައްޒަފުން ތަކެއް ތަމްރީން ޕްރޮގްރާމެއްގައި އިންޑިއާ އަށް ފުރައިފި

Loading

Facebook
Twitter
WhatsApp

ސިވިލް ސާވިސްގެ އެކި އެކި އިދާރާއަށް ނިސްބަތްވާ 40 މުވައްޒަފަކު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ފުރައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ތަމްރީން ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށާ މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ އިސް މުވައްޒަފުން ބައިވއެރިވެފައިވާ ކަމަށެވެ.

”ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް“ ގެ ނަމުގައި އިންޑިއާގެ ”ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް“ އިން، މެއި 9 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސާވިސް އާ ބެހޭގޮތުންނާއި، އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.



މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީއަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދިއްލީގައެވެ.

ސިވިލް ސާވިސް އިން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަގާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ގައުމުގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރި 11 ވަނަ ބެޗެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް