ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކު ކޮމެޓީން ރޭ ނިންމައިފިއެވެ.

ނަޙުލާ އާއި އޭނާގެ މަންމަ ޕީޕީއެެމުން ވަކި ކުރަންނިންމ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މަށްޗަށް ކުރެވި ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް އެކަން ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.


މީގެ އިތުރުން ޕީޕީއެމްގެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ފިތުނަ އުފެދޭ ވާހަކަތައް ނަހްލާ ދައްކަވަމުން ގެންދަވާ ކަމުގެ ތުހުމަތު ވެސް ނަހުލާ އާއި އޭނާގެ މަންމަގެ މައްޗަށް ޕީޕިއެމުން ކުރެއެވެ.

ނަޙުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރާން މިރޭ އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާއިރު، އޭނާގެ އަންހެން ކޮއްކޮ މަރިޔަމް ނަފްހާ އަލީ ވަނީ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައެވެ.

ޕީޕީއެމުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަހުލާ އޭނާގެ ފޭސްބުކް އެކައުންޓްގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމަށާ އެވާހަކަތަށް ފެތުރުމުގައި ނަހުލާއަލީއާއެކު އޭނާއަށް ވާގިވެރި ވުމުގައި އޭނާގެ މަންމަ އާމިނަތު ލީލާއާއި އޭނާގެ ކޮއްކޮ ނަފްހާ ވެސް ހިމެނޭކަމަށެވެ.
ނަހުލާ އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އޭނާއަށް އެންގިކަމަށާއި އަދި އޭނާ އެކަން ނުކުރުމުން ކެންޑިޑޭޓް ލައްވާ ނަން ނަގުވާފައިވާކަމަށެވެ. އަދި އެ ޓިކެޓް ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާއު ބޭނުންފުޅުވި ކެންޑިޑޭޓަކަށް ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ކާމިޔާބުނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކުރާނެކަމަށް ބުނެ ޝުޖާއު އިންޒާރު ވެސް ދެއްވަމުން ގެންދަވާ ކަމަށެވެ.

ނަހުލާ ޕީޕިއެމުން ވަކިކުރުމަށް ނިއްމައިފައިވާއިރު އޭނާގެ މައްސަލައެއް މީގެ ކުރިން އެޕާޓީން ބަލައި ވަނީ ފިޔަވަޅު އަޅާފައެވެ.

އެގޮތުންމީގެ އިތުރުން ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، ޕާޓީގެ ހަރަކާތަތްތަކުން ހަ މަސް ދުވަހުގެ މުއްދަތަކަށް ނަހުލާ ސަސްޕެންޑު ވެސް ކުރިއެވެ.

ނަމަވެސް ރައީސް ޔާމީންގެ އެންގެވުމަކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އެ މައްސަލަ އަލުން ރިވިއު ކުރުމަށްފަހު  ސަސްޕެންޝަން އުވައިލީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް