މޫސުން ގޯސް ވުމާއި ގުޅިގެން ސަމާލުވުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު މިއަދު މޫސުމް ގޯސްވާނެ ކަމަށާ އެގޮތުން އެކި ހިސާބަށް ވިއްސާރަ ކުރުމާއިއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.

އަދި ކަނޑު ވަރަށް ގަދަވާނެ ކަމަށާ އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ.

ބޯކޮށް ވާރޭވެހި ގުރުރުމުގެ އިތުރުން ގަޑީއަކު 25 މޭލާއި 30 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރވޭކަމަށެވެ.

ދެކުނު އަތޮޅުތަކަށް މޫސުމް ގޯސް ވާނެކަމަށް ލަފާކޮށްފައިވާއިރު އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއިއެކު ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް