ތައިލެންޑްގެ އެންމެބޮޑު ޑައިވް އެކްސްޕޯގައި ރާއްޖެ އިސްތިހާރުކުރަންފަށައިފި

Loading

Facebook
Twitter
WhatsApp

ތައިލޭންޑްގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްޕޯގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރަން ފަށައިފިއެވެ.

ބޭންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތް މާދަމާ އަށް ކުރިއަށް ގެންދާނެއެވެ.

މި ޑައިވް އެކްޕޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައިވް އަދި މޫދު ކުޅިވަރުގައި ބޭނުންކުރާ އެކިއެކި އާލާތްތައް އުފައްދާ ފަރާތްތަކާއި ޑައިވް ހިދުމަތް އެކިގޮތްގޮތަށް ދޭ ފަރާތްތައް ބައިވެރިވެއެވެ. އެގޮތުން މި އެކްސްޕޯގައި ޑައިވް ސްކޫލްތަކާއި، ޓޫރިޒަމް އެޖެންސީތަކާއި ރިޒޯޓް އަދި ޑައިވް އޮޕަރޭޓަރުންގެ އިތުރުން ބޯޓު ބަންނަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

 މި ހަރަކާތުގެ ޒަރިއްޔާއިން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް ވިޔަފާރީގެ ގުޅުން ބަދަހިކޮށް ނެޓްވޯކްކުރުމުގެ ފުރުސަތު ލިބެއެވެ.


އެމްއެމްޕީއާރުސީން ބުނީ މި އިވެންޓްގައި ރާއްޖޭން ބައިވެރިވީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ކަނޑުއަޑީގެ އެކި ކުޅިވަރުތައްކުޅެ ތަޖުރިބާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގާ ރީތި ޑައިވް ސައިޓްތައް ހުރިކަން އަންގައިދީ، ރާއްޖެއިން ލިބެން ހުންނަ މޫދުކުޅިވަރުގެ ތަޖުރިބާތައް ޕްރޮމޯޓުކުރުމުގެ މަގްސަދުގައި ކަމަށާ މި އެކްސްޕޯއިން ގިނަ ފުރުސަތުތަކެއް ރާއްޖެއަށް ލިބިގެން ދާނެކަމަށެވެ.

Loading

One Response

  1. ޑައިވިންވެސް ހަމަ ބެސްޓީ ދިވެހިންގެ ރާއްޖޭގައި. މިވަރެއް ނެތް. އެހެނަސް އެކަންވެސް އަދި ބޮޑަށް އޮތީ ބޭރުމީހުންގެ އަތްމަތީގައެވެ. ގިނަ ދިވެހި ޑައިވަރ ގުރޫޕްތަކަށް ހިތްވަރުދީ ފައިނޭންސް އެނހީދީގެން އިތުރަށް ކުރިއަރުވަން ޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް