އިޒުރޭލާ ގުޅުން ބާއްވާ އިރާގު މީހުންނަށް އޮތް ހުކުމް: މަރު ނޫނީ އުމުރު ދުވަހަށް ޖަލަށް 

އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް އިރާގުގެ ޕާލަމެންޓުން ކަނޑައަޅައިފިއެވެ. އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް ކަނޑައަޅައި ވޯޓުދިނީ އިރާގުގެ ޕާލަމެންޓުގެ 329 މެންބަރުންގެ ތެރެއިން 275 މެންބަރުންނެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު ބޭއްވި ޕާލަމެންޓުގެ އިންތިޚާބުން ގިނަ ގޮނޑި ހޯއްދެވީ އެމެރިކާ އާއި އިޒުރޭލާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވާ މުޤްތަދާ އައްޞަދުރަށް ތާއީދު ކުރާ މީހުންނެވެ.  އިޒުރޭލާ […]

ހަފުތާގެ ފަލަ ސުރުޚީ 

ސަންދާނުގެ ކިއުންތެރިންނަށް މިގެނެސްދެނީ މިހާރު ހިނގަމުން މިދާ ހަފްތާގެ ބައެއް ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތައް އަޅުގަނޑުމެންގެ ކިއުންތެރިންނަށް ގެނެސްދިނުމަކީ ސަންދާނުގެ ބޭނުމެކެވެ. އަދި މިކަން ރަނގަޅު ކުރުމަށްޓަކައި ކިއުންތެރިންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔާނަމެވެ.            ކޮޑްރިލޭޓްރަލް ސެކިއުރިޓީ ޑައިލޮގް ނުވަތަ ( ކިޔޫ. އެސް. ޑީ )  ނުވަތަ ކޮޑް ހަތަރުގައުމުވެރިންގެ ބައްދަލުވުން ޖަޕާނުގައި ހިނގަމުންދާއިރު ޗައިނާއާއި ރަޝިޔާގެ މިލިޓަރީ ގުޅުންވެސް އެބޭފުޅުންނަށް ދައްކާލައިފިއެވެ. ރަޝިޔާއާއި ޗައިނާގެ އެންމެފަހުގެ ބޮންތައްއަޅާބޯޓުތަކެއް ޗައިނާކަނޑާއި […]

ޣައިރު މުސްލިމުން މަސްޖިދުލް އަގްސާގައި ނަމާދުކުރުމަށް ހުއްދަ ދިނުމަށް އެދުނު އެދުން ބާތިލްކޮށްފި 

މުސްލިމް ނޫން މީހުންނަށް މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމުގެ ހުއްދަ ދިނުމަށް އިޒްރޭލުގެ ދަށު ކޯޓަކުން ނެރުނު އަމުރު އިޒްރޭލުގެ ހައި ކޯޓުން ބާތިލްކޮށްފިއެވެ. މި ކޯޓު އަމުރު ބާތިލް ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އައިނާތް އަވްމޭން މޮލާއެވެ. އާންމު ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ވަނީ މިކަން ސިފަކުރައްވާފައެވެ. މި ހަފްތާގެ ކުރީކޮޅު މި މައްސަލަ ފެންމަތި ވެފައި ވަނީ ޔަހޫދީންގެ ބަޔަކު މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމާއި ގުޅިގެން އެމީހުން […]

ދަރަނި ދެއްކުމުގައި ކައިރި މުސްތަގްމަލެއްގައި ނުރައްކަލެއް ނެތް: އަމީރު

ރާއްޖެއިން ދައްކަންކަންޖެހޭ ދަރަނި ދެއްކުމުގައި ކައިރި މުސްތަގްބަލެއްގައި ނުރައްކަލެއް ނެތް ކަމަށާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ކުރާ މަސައްކަތަށް މައުލޫމާތު ދެއްވުމަށޤ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި ދެއްކުމުގެ  ރާއްޖެއިންވަނީ ތައްޔާރުވެފައިވާ ކަމަށެވެ. ”އެހެންވެ ކައިރި މުސްތަގްބަލުގައި ރާއްޖެއަށް ދަރަނި […]

ބީޖޭޕީގެ ވެރިކަން ހިޓްލަރުގެ ޒަމާނުގެ ވެރިކަމަށް ވުރެވެސް މާ ބޮޑަށް އަނިޔާވެރި 

އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަން އަނިޔާވެރިކަމަށް މަޝްހޫރު ހިޓްލަރާއި މުސޮލެނީއާއި ސްޓާލިންގެ ވެރިކަމަށް ވުރެވެސް އަނިޔާވެރިކަމަށް ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބެނާޖީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަމްތާ ވިދާޅުވީ ބީޖޭޕީގެ ސަރުކާރުން ގެންދަނީ ސްޓޭޓްތަކުގެ ވެރިކަމުގެ މައްޗަށް ވެސް ބާރުފޯރުވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓޭޓުތަކަށް ގާނޫނީ ގޮތުން ލިބިގެންވާ ބާރުތައް ނިގުޅައި ގަތުމަށް ބީޖޭބީން ދަނީ ތަފާތު އެޖެންސީ ތަކުގެ ބޭނުންކުރަމުންނެވެ. އަދި ސްޓޭޓްތަކަށް ލިބިގެންވާ […]

ބައެއް ޚަބަރުތަކުގެ ފަހުގެ ފަލަސުރުޚީތައް 

އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް މިގެނެސްދެނީ ފާއިތުވެގެންމިދާ ތިން ހަތަރުދުވަހު ބައިނަލް އަގްވާމީ މީޑިއާގައި ގެނެސްދީފައިވާ ބައެއް ޚަބަރުތަކުގެ ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަހުން ފާހަގަކުރަމުންގެންދާ މުހިން ޚަބަރުތަކުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް ފޯރުކޮށްދެވޭތޯ އަބަދުވެސް ސަންދާނުން ވަރަށްބޮޑަށް މަސައްކަތްކުރަމުން ގެންދަމެވެ.                           އެމެރިކާގެ  ޑިޕްލޮމެޓުންނާއި ސިޔާސީ ބޭފުޅުންނާއި އަދި ފާހަގަކުރެވޭ ފަންނާނުންގެ 900 ބޭފުޅަކު ރަޝިޔާއަށް ދަތުރުކުރުން އެ ގައުމުގެ ޚާރިޖީއޮފީހުން ދާއިމީގޮތެއްގައި މިއަދު މަނާކޮށްފިއެވެ. އޭގެތެރޭގައި ރައީސް ބައިޑްން […]

ހިންދީ ފިލްމީ ދުނިޔެ: ފުރަތަމަ އިވުނީ ލަވައެއް ވަގަށް ނެގި ވާހަކަ ދެން އިވުނީ ”ޖުގްޖުގް ޖިއޯ“ގެ ވާހަކަ ވަގަށް ނެގި އަޑު

ފުރަތަމަ އަޑު އިވުނީ އިންޑިއާގެ މަގުބޫލު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރުގެ ފިލްމެއްގައި ހިމަނަން ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ އިބްރާރުލްޙައްޤު ކިޔާފައިވާ ”ނަޗް ޕަންޖާބަން“ ވަގަށް ކޮޕީކޮށް ބޭނުން ކުރި ޚަބަރެވެ. އެ ޚަބަރުގެ ހޫނުކަން ނުކެނޑެނީސް މިހާރު އިވެމުން ދަނީ ކަރަން ޖޯހަރުގެ ފިލްމު ކުންފުނިން އުފެއްދި ފިލްމެއްގެ ވާހަކައަކީ އެހެން މީހަކު ލިޔެފައިވާ ވާހަކައެއްކަމަށާއި އެވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމު ކުޅުނީ ވާހަކަ ލިއުނު މީހާގެ ގާތުން ހުއްދަ ނުހޯދައި ވަގަށް ކޮޕީކޮށްގެންކަމުގެ ޚަބަރެވެ.   […]

ރައީސް ނަޝީދު މެދުވެރިވެ, ރާޖަޕަކްސަގެ އާއިލާއަށް ރާއްޖެއިން ވިލާ އެއް ވިއްކަން ނިންމާފައިވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިވެ ވަޑައިގެން އަވައްޓެރި ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ރިސޯޓަކުން ވިލާއެއް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ. ރާޖަޕަކްސަގެ އާއިލާއަށް ރިސޯޓަކުން ވިލާއެއް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ  ”ދަ މޯލްޑިވްސް ޖާނަލް“ ވަނީ ރިޕޯޓްކޮށްފައެވެ.   އެ ރިޕޯޓްގައި ބުނާ ގޮތުން ރާޖަޕަކްސަގެ އާއިލާ ރައްކާތެރި ސަރަހައްދެއްގައި ތިބުމަށް ބޭނުންވާހިދު އެފަދަ މަގެއް ތަނަވަސް ކުރުމަށް ރައީސް ނަޝީދު […]

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ޑަބްލިއުއެޗްއޯގެ މަންދޫބު ފާޅުކުރައްވައިފި

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއާ އެކީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިިކަން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ( ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު ފާޅުކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ޑަބްލިއުއެޗްއޯގެ މަންދޫބު ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަމަބަލުންނާ އެކީ މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އެކަމަނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. މި ބައްދަލުކުރެއްވުން […]

16 ގައުމަކަށް ދަތުރުކުރުން ސައުދީން މަނާކޮށްފި 

ފާއިތުވި ހަފްތާ ތަކުގެ ތެރޭގައި ކޮވިޑް 19 ގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމާ ގުޅިގެން ސައުދީއިން އެ ގައުމުގެ ރައްޔިތުން 16 ގައުމަކަށް ދަތުރުކުރުން މަނާކޮށް އެކަން އިއުލާނުކޮށްފިއެވެ. މި 16 ގައުމުތަކުގެ ތެރޭހައި އިންޑިޔާވެސް ހިމެނެ އެވެ.  އިންޑިޔާގެ އިތުރުން ލުބްނާން، ސީރިޔާ، ތުރުކީ، އީރާން، އަފްޢާނިސްތާން، ޔަމަން، ސޯމާލިޔާ، އިތިއޮޕިއާ، ކޮންގޯ، ލިބްޔާ، އިންޑޮނޭޝިޔާ، ވިއެޓްނާމް، އާރމީނިއާ، ބެލަރޫސް އަދި ވެނެޒުއެލާ އަށް ދަތުރުކުރުންވެސް ސައުދީން ވަނީ މަނާކޮށްފައެވެ.  ދާދި ފަހުން ސައުދީގެ […]