ޣައިރު މުސްލިމުން މަސްޖިދުލް އަގްސާގައި ނަމާދުކުރުމަށް ހުއްދަ ދިނުމަށް އެދުނު އެދުން ބާތިލްކޮށްފި 

Loading

Facebook
Twitter
WhatsApp

މުސްލިމް ނޫން މީހުންނަށް މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމުގެ ހުއްދަ ދިނުމަށް އިޒްރޭލުގެ ދަށު ކޯޓަކުން ނެރުނު އަމުރު އިޒްރޭލުގެ ހައި ކޯޓުން ބާތިލްކޮށްފިއެވެ. މި ކޯޓު އަމުރު ބާތިލް ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އައިނާތް އަވްމޭން މޮލާއެވެ. އާންމު ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ވަނީ މިކަން ސިފަކުރައްވާފައެވެ. 
މި ހަފްތާގެ ކުރީކޮޅު މި މައްސަލަ ފެންމަތި ވެފައި ވަނީ ޔަހޫދީންގެ ބަޔަކު މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމާއި ގުޅިގެން އެމީހުން އެ ސަރަހައްދަށް ދިޔުން 15 ދުވަހަށް މަނާ ކުރުމުންނެވެ. އެމީހުން އެ ސަރަހައްދަށް ދިޔުން މަނާ ކުރުމާ އެކު މެޖިސްޓްރޭޓް ކޯޓަށް ޝަކުވާހުށަހަޅައި މިސްކިތުގައި އަޅުކަން ކުރުމަށް ޔަހޫދީންނަށްވެސް ހުއްދަ ލިބެން ޖެހޭނެކަމަށް ޔަހޫދީންގެ ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފައެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި މަސްޖިދުލް އަގްސާގެ ބިމަކީ އެމީހުންނަށްވެސް މުގައްދަސް ބިމެކެވެ.  
މަސްޖިދުލް އަގްސާ އަކީ މުސްލިމުންގެ އެންމެ މާތް މުގައްދަސް އެއް މިސްކިތެވެ. 1967 ވަނަ އަހަރު ނެރުނު އެގްރީމެންޓެއްގައި ވާ ގޮތުގެ މަތީން ޣައިރު މުސްލިމުންނަށް މިސްކިތަށް ޒިޔާރަތްކޮށް ހެދުމުގެ ހުއްދަ ދެވިފައި ވިޔަސް މިސްކިތުގައި އަޅުކަން ކުރުމަކީ މަނާ ކަމެކެވެ.
ކަން މިހެން އޮތް ނަމަވެސް އިޒްރޭލު ސިފައިން ދަނީ މަސްޖިދުލް އަގްސާއަށް އަޅުކަން ކުރުމަށް ދާ މުސްލިމުންނަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެކި ގޮތްގޮތުން އަޅަމުންނެވެ. މިގޮތުން މި އަހަރުގެ ރަމަޟާން މަހުވެސް އިޒްރޭލު ސިފައިން ވަނީ އެތައް ފަހަރެއްގެ މަތިން މިސްކިތް ތެރެއަށް ވަދެ މުސްލިމުން އަޅުކަން ކުރުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް