ހަފުތާގެ ފަލަ ސުރުޚީ 

Facebook
Twitter
WhatsApp
B6B30D0D-7B73-4621-99BA-1BD0EA26D0DD

ސަންދާނުގެ ކިއުންތެރިންނަށް މިގެނެސްދެނީ މިހާރު ހިނގަމުން މިދާ ހަފްތާގެ ބައެއް ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތައް އަޅުގަނޑުމެންގެ ކިއުންތެރިންނަށް ގެނެސްދިނުމަކީ ސަންދާނުގެ ބޭނުމެކެވެ. އަދި މިކަން ރަނގަޅު ކުރުމަށްޓަކައި ކިއުންތެރިންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔާނަމެވެ.           

ކޮޑްރިލޭޓްރަލް ސެކިއުރިޓީ ޑައިލޮގް ނުވަތަ ( ކިޔޫ. އެސް. ޑީ )  ނުވަތަ ކޮޑް ހަތަރުގައުމުވެރިންގެ ބައްދަލުވުން ޖަޕާނުގައި ހިނގަމުންދާއިރު ޗައިނާއާއި ރަޝިޔާގެ މިލިޓަރީ ގުޅުންވެސް އެބޭފުޅުންނަށް ދައްކާލައިފިއެވެ. ރަޝިޔާއާއި ޗައިނާގެ އެންމެފަހުގެ ބޮންތައްއަޅާބޯޓުތަކެއް ޗައިނާކަނޑާއި ސީއޮފް ޖަޕާން އަދި އިރުމަތީ ޗައިނާ އެކަނޑުތަކުގެ ސަރަހައްދުގައި ވަނީ ދެގައުމު ގުޅިގެން އެކުގައި އުދުހިފައެވެ.

ޗައިނާދެ ދިފާޢީ ވުޒާރާއިން ބުނަނީ އެއީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފަރިތަކުރުންތަކުގެ ބައެއްކަމުގައެވެ. އެއްވެސް ބައެއްގެ ސަރަޙައްދަކަށް އަހަރެމެން ނުވަންނާނަމެވެ. ޔޫކްރެއިން ހަނގުރާމަ ފެށުނީއްސުރެން ރަޝިޔާ ޗައިނާގެ ގުޅުން އަންނަނީ މާބޮޑަށް ބަދަހިވަމުންކަމުގައި ބައިނަލް އަގްވާމީ މީޑިއާތަކުން ފާހަގަކުރެއެވެ. މި އަހަރު ފެބްރުއަރީ މަހުގެތެރޭގައި ރަޝިޔާއާއި ޗައިނާގެ ގުޅުމާބެހޭ އޮތުން އެ ދެގައުމުން ދެކޭގޮތް މީޑިއާތަކުގައި ވަނީ ގެނެސްދީފައެވެ.  ” އަހަރެމެންގެ އެކުވެރިކަމުގައި ވަކި ހައްދެއް ނެތެވެ. އަދި މަނާ ކުރެވިފައިވާ އިމެއްވެސް ނޯންނާނެއެވެ. ” ރަޝިޔާއާއި ޗައިނާގެ ވެރިންގެ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި މިހެން ބުނެފައި ވެއެވެ.  

އިތުރު ހަލުވިކަމަކާއި އެކު ރަޝިއާ އާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ސޮއިކުރުން


ހުޅަނގުގެ ފާޑުކިއުންތަކަށް އަމާޒުކޮށް މިދިޔަ ހޯމަދުވަހު ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ރަޝިޔާއިން ހަމަލާދެނީ ޑިކްޓޭޓަރުންގެ މަގާމުތަކަށް ކަމަށާއި ޗައިނާއާއެކު އޮންނަގުޅުން އަވަހަށް އަދި މާބޮޑަށް ބަދަހި ކުރުމަކީ މޯސްކޯގެ ވިސްނުން ކަމުގައެވެ. މިބަޔާނާގުޅިގެން ޗައިނާގެ ޚާރިޖިއްޔާއާއި ސުވާލުކުރުމުން ޖަވާބު ދީފައިވަނީ ބައިނަލް އަގްވާމީ މަޝްރަހަށް އެރި ލޮޅުންތަކުގައި އަބަދުވެސް ރަޝިޔާއާއި ޗައިނާތިބީ އެކުގައި ކަމަށާއި އަދި އެއްވެސް ބަޔަކަށް އެ ގުޅުމަށް ބުރޫ އަރުވާ ނުލެވޭނެ ކަމުގައެވެ.                                     

ރަޝިޔާގެ ދިފާޢިވަޒީރު ހާމަކުރައްވާ ގޮތުގައި ރަޝިޔާ ސިފައިންގެ ޙަމަލާތައް މަދުކޮށް ދޭތެރެ ދުރުކުރަމުން   ގެންދަނީ ޢާންމު ރައްޔިތުން ސަލާމަތުގެ އައްސޭރިތަކަށް ގެންދަން ފުރުސަތު ދިނުމުގެ މަގްސަދު ގައެވެ. އަދި ޢާންމު ރައްޔިތުންނަށް އަނިޔާކޮށް އެމީހުންނާ ބެހުމަކީ ރަޝިޔާއިން ކުރާނެ ކަމެއް ނޫނެވެ. އޭނާވިދާޅުވާ ގޮތުގައި ހުޅަނގުން ކިތަންމެ ބައިވަރު ހަތިޔާރެއް ޔޫކްރެއިނަށް ފޯރުކޮށްދީ އަދި ކިތަންމެ ވަރަކަށް ރަޝިޔާއަށް މި ހަނގުރާމަ ކާމިޔާބު ނުކުރެވޭނެއޭ ގޮވައި ރަޝިޔާއާއަށް ދަތިކުރުމުގެ ކިތަންމެ  ގިނަ ފިޔަވަޅުތަކެއް އަޅައި އުނދަގޫ ކުރިޔަސް ރަޝިޔާގެ ލަނޑުދަނޑި ކާމިޔާބު ކުރެވެންދެން ޙަމަލާތައް(ސްޕެޝަލް އޮޕަރޭޝަން އިން ޔޫކުރެއިން) ދަމަހައްޓާނެ ކަމަށެވެ. އަދި ރަޝިޔާއަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދާނެއެވެ.                                                      

އެމެރިކާ އާއި ޔޫރަޕްގެ ގިނަ ނޭޓޯ ގައުމުތަކުން ޔޫކްރެއިނަށް ވާގިވެރިވެހަތިޔާރާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީގެން ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާ ބަލިކުރަން މަސައްކަތް ނުކުރުމަށް  އެމެރިކާގެ ސިޔާސީ ތަޖްރިބާކާރު އަދި ކުރީގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖަރ ވެސް ވަނީ އިންޒާރު ދެއްވައިފިއެވެ.

އޭނާ އިންޒާރު ދެއްވާގޮތުގައި ހުޅަނގުގެ ގައުމުތަކުގެ މެދުގައި ރަޝިޔާގެ މަގާމު އެއީ ކުޅޭ ކުޅޭ އެއްޗަކަށްވެގެން ނުވާނެއެވެ. އޭނާވިދާޅުވާ ގޮތުގައިރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގުލައިގެންދިޔަ ދީގެންނުވާނެއެވެ. އަދި ކޮންމެވެސް ގޮތަކުން ރަޝިޔާގެ ޝަރުތުތަކަށް ޔޫކްރެއިން އެއްބަސް ކުރުވަން ޖެހޭކަހަލަ އިޝާރާތެއްވެސް ކުރެއްވިއެވެ. 

ހަނގުރާމަ ދިގުލައިގެން ދިއުމަކީ ޔޫކްރެއިންގެ މިނިވަންކަން ޔަގީންކުރުން ކަމަށް ދެކިގެންނުވާނެއެވެ. އެއާ ޚިލާފަށް އެއީ ރަޝިޔާއާއި އެކު ކުރެވިގެންދާ ދިގު ހަނގުރާމަ އަކަށްނޫނީ ނުވާނެއެވެ. މިފަދަ ފަނާކުރަނިވި ހަނގުރާމަޔަކުން ގެއްލުން ގިނަ ގައުމުތަކަކަށް ލިބިގެން ދާނެކަމާއި އަދި އޭނާ އިތުރަށް ވިދާޅުވިގޮތުގައި ޔޫރަޕްގެ ބާރުތައް ވަކިފަރާތަކަށް ބުރަވެގެން ދިޔަ ނުދިނުމުގައި ރަޝިޔާއިން މުހިންމު ދައުރެއް އަދާ ކުރަމުންގެންދާތާ 400 އަހަރު ވެއްޖެކަމަށެވެ.

އަހަރެމެނަށް ރަޝިޔާ ގެއްލިގެންގޮސް ޗައިނާގެ ދާއިމީ ބައިވެރިއަކަށް ވުމަކީ ޔޫރަޕުން ކުރާނެ އެން ދެކޮޅުނުޖެހޭ ކަންތައް ކަމަށާއި އެކަމަށް އެއްވެސް ފުރުސަތެއް ނުދިނުމަށް ބާރު އަޅުއްވައި ކިސިންޖަރ އިންޒާރު ދެއްވިއެވެ. އޭނާގެ ވާހަކަފުޅު ނިންމާލައްވަމުން ވެސް އަޑަށް ބާރުލައްވާފައި ވިދާޅުވީ ޔޫކްރެއިނަށް އޮތް އެންމެ މުޅޮގޮތަކީ ވަކިފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމުގައެވެ.   

ހެޖް ފަންޑްގެ ބިލިއަނަރ އަދި މީޑިއާ ޓައިކޫން މރ. ޖޯރޖް ސޮރޯސް، އިއްޔެ އިންޒާރު ދިން ގޮތުގައި ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމަކީ ދުނިޔޭގައި ތިންވަނަ ބޮޑު ހަނގުރާމައެއް ފެށި އަދި ސިވިލައިޒޭޝަންތަކެއް ނެތިގެން ހިނައިދާނެ ނުރައްކާތެރިކަމުގެ އަލާމާތެކެވެ. އަދި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުނުކަމުގައި ވިޔަސް ހަނގުރާމައިގެ ކުރީގެ ޙާލަތަށް ދުނިޔެ އެނބުރި ހިނގައިދާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމަކީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށާއި އިންސާނިއްޔަތު އެކަމުން މިންޖުނުވާނެ ކަމުގައެވެ.

އޭނާ ބުނާގޮތުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ތިމާވެށި ރައްކާކުރަން އަޅަމުންގެންދާ ފިޔަވަޅުތައްވެސް މިހާރު މިއޮތީ ފަހަތުސީޓަށް އެއްލާލާފައެވެ. ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން މިހާރުގެ ސިވިލައިޒޭޝަން ނިމިގެން ހިނގައިދާނެތީ އެކަކުވެސް ފިކުރުކުރާހެން ހިއެއް ނުވެއެވެ.                                     

ރަޝިޔާއިން ހަނގުރާމަ ކުރަމުންދަނީ ހަމައެކަނި ޔޫކްރެއިން އާއި އެކުގައި ކަމަށްވިޔަސް އެ ހަނގުރާމަގެ ހިތި ކަން އެތައް ގައުމަކުން ތަހަންމަލް ކުރަން މިހާރު މިއޮތީ ޖެހިފައެވެ. ދުނިޔޭގައި 3 ވަނައަށް އެންމެގިނައިން ތެލާއި ގޭސް އުފައްދައި އެހެން ގައުމުތަކަށް ތެޔޮ ބޭރުކުރަމުން ގެންދަނީ ރަޝިޔާއިންނެވެ. އެ ގައުމާ އިދިކޮޅަށް އަޅާފައިވާ އިގްތިސާދީ ހަރުކަށިފިޔަވަޅުތަކުގެ ނަތީޖާއަކީ ރަޝިޔާއާއި އެއްވަރަށް އެހެން ގައުމުތަކުގެ އިގްތިސާދުއަށް އަސަރުކޮށް ފުނޑިގެން ދިއުމެވެ.


ތެލާއި ގޭހުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް އަދި މިހާތަނަށް  މާބޮޑު ހީނަރުކަމެއް ކުރިމަތި ނުވެއެވެ. އެހެންނަމަވެސް ހުޅަނގުގެ ގައުމުތަކަށް ރަޝިޔާގެ ތެލާއި ގޭސް އެތެރެކުރުމުގެ ބަދަލުގައި އެހެން މަގެއް ހޯދުން އަދި މާފަސޭހައެއް ނޫނެވެ. މިހާރުވެސް ޖަރމަންގެ އާންމު ރައްޔަތުން ރަޝިއާ ޔޫކުރޭނުގެ ހަނގުރާމައަށް އެމީހުންގެ ސަރުކާރުން ނުވަނުމަށްވެސް މުޒާހަރާކުރެއެވެ. 

އެހެނީ އަންނަ ފިނިމޫސުމަށް ތެލުގެ ދަތިކަން ބޮޑުވެ އެމީހުންގެ ދިރިއުޅުމުގެ ޙާލަތައް އަންނާނެ ނިކަމެތިކަށް ޓަކައެވެ.  ރަޝިއާއިން ތެޔޮ އެތެރެނުކޮށް އެހެން ގައުމަކުން ފަސޭހައިން އަގުހެޔޮކޮށް ތެޔޮ އެތެރެކުރެވޭނެ މަގެއް ކޮށަން ދުވަސްތަކެއްވެސް ނަގާނެތީއެވެ. 

ދުނިޔޭގައި ބޭނުންކުރާ ސަންފްލާވަރ ތެލުގެ 30 އިން ސައްތައާއި ހިމަ ގޮދަނުގެ 6 އިން ސައްތައާއި ގޮދަނުގެ 4 އިން ސައްތަ އުފައްދަނީ ޔޫކްރެއިން ގައެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އެގައުމުން ބޭރުކުރެވޭނެ ކަނޑުގެ މަގެއް ނެތެވެ. ކަޅު ކަނޑުގެ ހުރިހާ ބަދަރެއް އެއޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.

ރޭލުގެ މަގުން އެ ހުރިހާއެއްޗެހި ބޭރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ހަނގުރާމައެއް ކުރެވޭހިނދު އެއީ ކުރެވޭނެ ކަމަކަށްވެސް ނުވެއެވެ. ރަޝިޔާއަކީވެސް ސަންފްލާވަރ ތެލާއި ގޭހާއި ހިމަގޮދަނާއި ގޮދަން ގިނައިން އުފައްދާ އެހެން ގައުމުތަކަށް ބޭރުކުރާ ގައުމެކެވެ. މިތަކެތި ދުނިޔޭގެ ބާޒާރުތަކަށް ނުނެރެވޭނަމަ ދުނިޔެ ބަޑަށްޖެހުން އޮންނާނީ ވަރަށް ގާތުގައެވެ. މީގެ އިތުރުން ދަނޑު ގޮވާން ކުރުމަށްޓަކައި ބޭނުންކުރާ ގަސްކާނާގެ ބާތްތައްވެސް އެންމެ ގިނައިން އުފައްދާ ގައުމުތަކަކީ ރަޝިޔާއާއި ބެލެރޫސް އެވެ. 

ބެލެރޫސް އަކީ ރަޝިޔާއަށް ތާއީދުކުރާ ގައުމަކަށްވެފައި މި ދެގައުމުން ގަސްކާނާ އެކްސްޕޯރޓް ކުރުމުން އެކަހެރި ވުމަކީ ނުވަތަ އެކަހަރި ކޮށްލުމަކީ މުޅި ދުނިޔޭގައިވެސް ދަނޑުގޮވާން ކުރުމަށް ކުރިމަތިވެގެންދާނެ ބޮޑު މުސީބާތެއް ކަމަށްވެކެވެ. މިހާރުވެސް ހުޅަނގުގެ ބާޒާރުތަކުގައި ގަސްކާނާގެ އަގުތައް 230 އިންސައްތައްށް އުފުލިއްޖެއެވެ. ގޮދަނުގެ ބާވަތްތަކުގެ އަގު 30 އިން ސައްތަ އުފުލުފައިވާއިރު ކައްކަން ބޭނުންކުރާ ތެލުގެ ބާވަތްތަކުގެ އަގު 50 އިން ސައްތައަށް އުފުލިއްޖެއެވެ. ދުނިޔޭގައި ދަތުރުކުރާ އާގުބޯޓުފަހަރުގައި މަސައްކަތްކުރާ ސީމޭނުންގެ ތެރޭން 11 އިން ސައްތަ މީހުން ނަކީ ރަޝިޔާމީހުންނެވެ. 4 އިން ސައްތަ އަކީ ޔޫކްރެއިންގެ މީހުންނެވެ. 

ހަނގުރާމަ ދިގުލައިގެންދާނަމަ ބޯޓުފަހަރުގައި މަސައްކަތްކުރާނެ މީހުން ލިބުމުގެ ދަތިކަންވެސް ކުރިމަތިވެ ބަނދަރުތަކުގައި ބޯޓުފަހަރު ގިނަދުވަސް ތަކެއް ހޭދަކުރަން ޖެހި ދާނެއެވެ. މިކަންކަމުން ދުނިޔޭގެ ޢާންމެ ޙާލަތަށް ނުރަނގަޅު އަސަރިތަކެއް ކުރާނެކަން ކަށަަވަރެވެ.                      

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީ އިމްރާން ޚާން އަށް ތާއީދުކުރާ އެތައްހާސް ބަޔަކު މިދިޔަ ބުދަދުވަހުން ފެށިގެން އިސްލާމް އާބާދުގައި ކުރިޔަށް ގެންދަން ރާވަފައި އޮތް މުޒާހަރާތައް ސަރުކާރުން ހުއްޓުވައިފިއެވެ. ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ހާމަކުރާގޮތުގައި އެ މުޒާހަރާތައް ހުއްޓުވަންޖެހުނީ  މުޒާހަރާއަށް ސަޕޯރޓް ކުރާ ޢާންމުންގެ ގޭގެއަށް ފުލުހުންވަދެ ފާސްކުރަން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގަޔަށް ބަޑިޖަހާ މަރާލުމާގުޅިގެން އެއީ ސުލްޙަވެރި މުޒާހަރާތަކެއްކަން މުޒާހަރާ އިންތިޒާމްކުރި ފަރާތުނަ ސަރުކާރަށް ލިއުމުންކަށަވަރުކޮށް ނުދެވުމުންނެވެ.

އެހެންނަމަވެސް ތަޙްރީކޭ އިންސާފް ޕާރޓީގެފަރާތުން ފަވާދު ޗައުދަރީ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގަނޑު މެންދަމުގެ ފަހުން މުޒާހަރާގެ ސަޕޯރޓަރުންގެ ގޭގެއަށްވަދެ ފުލުހުން ބަލާ ފާސްކުރަމުން ގެންދަން ފަށައިފި ކަމުގައެވެ. 

އަދި މިހާތަނަށް 400 ވަރަކަށް ސަޕޯރޓަރުން ހައްޔަރުވެސް ކޮށްފިއެވެ. ކުއްލިއަކަށްވަދެ ސަޕޯރޓަރުންގެ ގެތައް ބަލައި ފާސްކުރަމުން ގެންދާކަން ސަރުކާރުންވެސް ކަށަވަރު ކޮށްދީފައިވެއެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއެވެ. ޕެޝާވަރުގައި ހުންނާވާފައި އިމްރާން ޚާން އަދި ޕާރޓީގެ އިސް ސަފުގެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ކޮންމެގޮތެއް ހަދާފައިނަމަވެސް ރާވާފައިވާގޮތަށް އިސްލާމް އާބާދުގައި މުޒާހަރާ ކުރިއަށް ގެންދާނެކަމަށެވެ

ކުއްލިއަކަށް ގޭގެއަށްވަދެ ބަލާ ފާސްކުރަމުން ގެންދާނަމަ ފުލުހުންވެސް ހަމަނުޖެހުމަށް އުފެއްދުމަށް މަސައްކަތް ކުރަނީކަމުގައެވެ. އެހެންވުމުން ހަމަނުޖެހުން އުފައްދާ ރައްޔަތުން ބިރުދެއްކުމަށް އިމްޕޯޓަޑް ސަރުކާރުން ފައްޓާފަވާ ޢަމަލުތަކުން ނިކުންނާނީ ހަމަނުޖެހުންކަމާއި އެފަދަ ބިރުދެއްކުމުގެ ޢަމަލުތައް ކުރިއަށްގެންދާނަމަ ރައްޔަތުންގެ ބާރުފެނިގެން ދާނެކަމަށް އެބޭފުޅުން އިންޒާރު ދެއްވަމުން ގެންދަވައެވެ. މަރާލާފާނެތީ އަހަރެމެން ބިރެއް ނުގަންނަމެވެ. ޕާކިސްތާނުގެ ޙައްގުގައި އަހަރެމެން ނުކުރާނެ ކަމެއް ނޯންނާނެއެވެ. އިމްރާން ޚާން ވިދާލުވިއެވެ.                                               

One Response

  1. ދުނިޔޭގަ މަސްރަހުގައި މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައަކީ ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހިނގަމުންދާ ހަނގުރާމައެވެ. ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތަކާދޭތެރޭ މުޅިދުނިޔެ އޮތީ ކަންބޮޑުވެފައެވެ. ހަނގުރާމަ ދިގުލަމުންދާނަމަ އެންމެ އަސާސީ ބޭނުންތައް ކަމުގައި ބެލެވޭ ކާބޯތަކެއްޗާއި ތެލާއި ދަތުރުފަތުރަށްވެސް ކުރިމަތިވެދާނެ މައްސަލަތަކާމެދު ދުނިޔޭގެ ސިޔާސީ މަސްރަހްވެސް އޮތީ ދެން ވެދާނެގޮތެއް ނޭންގޭތީވެ ގޮތް ހުސްވާން ކައިރިވެފައެވެ. ސަންދާނުގެ ކިއުންތެރޭގައި ހިމެނޭ ތިން ހަތަރު ހާސް ބޭފުޅުންގެ ތެރޭގައި އެއީ ކަންބޮޑުވުން އޮތް ކަމެއްހެން ހިއެއްނުވެއެވެ. އެމް. ޑީ. ޕީ. ގެ ރިޔާސީ ކެންޑިޑޭޓަކަށް އެބޭފުޅުން ބޭނުން ވާ މީހަކު ހޮވިއްޖެނަމަ ހުރިހާ ކަމެއް ހަމަޖެހުނީއޭ ބުނާ ކަހަލައެވެ. ސަންދާނުގެ ކިއުންތެރިންވެސް ރާއްޖޭގެ އަސްދަނޑިން ބޭރުގައި ހިނގާ ކަންތަކާމެދުވެސް ވިސްނާ ފިކުރުކުރާ ބަޔަކަށް ވާނެނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް