ރާއްޖެއިން ދައްކަންކަންޖެހޭ ދަރަނި ދެއްކުމުގައި ކައިރި މުސްތަގްބަލެއްގައި ނުރައްކަލެއް ނެތް ކަމަށާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ކުރާ މަސައްކަތަށް މައުލޫމާތު ދެއްވުމަށޤ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި ދެއްކުމުގެ ރާއްޖެއިންވަނީ ތައްޔާރުވެފައިވާ ކަމަށެވެ.
“އެހެންވެ ކައިރި މުސްތަގްބަލުގައި ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ރިސްކެއް ނެތް،” އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނީގެ ގޮތުގައި ދެން އެންމެ ބޮޑު އަދަދެއް ރާއްޖެއިން ދައްކަންޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ.
އެކަމަށް ސަރުކާރުން ވަނީ އެ ފައިސާތައް ދެއްކުމުގެ ހަރުދަނާ ފިޔަވަޅުތަކާ އެކު އިންތިޒާމްތައް ހަދާފައިކަމަށާ އެ އިންތިޒާމްތަކުގެ ދަށުން މިހާރުވެސް ލޯންތަކަށް މިސަރުކާރުން ގެންދަނީ ބަރާބަރަށް ފައިސާ ދައްކަމުން ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިދަނީ އެކަން މެނޭޖް ކުރަމުން. ދަރަނިތައް ނުދެއްކޭނެ ފަދަ ހާލަތަކަށް ނުދާނެ ކަން ޔަގީން،” މިނިސްޓަރު ވިދާޅުވިއެވެ.
ދަރަނި ދެއްކުމަށް ގެނައި ބަދަލުގެ ތެރެއިން ދަރަނީގެ ގޮތުގައި ދައްކަން އޮތް 250 މިލިއަން ޑޮލަރުގެ ތެރެއިން 192 މިލިއަން ޑޮލަރު ސަރުކާރުން މިދިޔަ އަހަރު ދައްކާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް އެ ދަރަނި ދެއްކުމުން ބާކީ ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަރަށް ބޮޑަށް ފަސޭހަވި ކަމަށެވެ.
“ބާކީ 58 މިލިއަން ޑޮލަރާއި، އިންޓަރެސްޓް ޕޭމަންޓާއި އެއްކޮށް ދައްކަން މިޖެހޭ އަދަދު ކުރިއަށް އޮތް ޖޫން ފަސްޓް ވީކުގައި ޕޭކުރާނަން. އެއީ 62 މިލިއަން ޑޮލަރު. އެ ފައިސާވެސް އަޅުގަނޑުމެން އަތުގައި އެބަހުރި،” އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށަށް ކަމުގައި ވިދާޅުވި އެވެ.
ރާއްޖެއަށް ދަރަނި ދެއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ އިރު، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އިންވެސްޓްމެންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަންގެ އެނަލިސްޓަކު ވަނީ ވިދާޅުވެފައެވެ.
އެކަމާ ބެހޭ ރިޕޯޓެއްގައިވާ ގޮތުން އެ ބޭންކުން ދިރާސާކުރި 52 ގައުމުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. އޭގެތެރެއިން ވެސް އަންނަ އަހަރުގެ ނިޔަލަށް ރިޒާވް އެއްކޮށް ހުސްވެ، ޑިފޯލްޓް ވާނެ ކަމުގެ ބިރު އޮތް އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވެސް އެނެލިސްޓުން ބުނެފައިވެއެވެ.
ދަރަނި ދެއްކުމުގައި ކައިރި މުސްތަގްމަލެއްގައި ނުރައްކަލެއް ނެތް: އަމީރު

Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967