ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިވެ ވަޑައިގެން އަވައްޓެރި ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ރިސޯޓަކުން ވިލާއެއް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
ރާޖަޕަކްސަގެ އާއިލާއަށް ރިސޯޓަކުން ވިލާއެއް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ”ދަ މޯލްޑިވްސް ޖާނަލް“ ވަނީ ރިޕޯޓްކޮށްފައެވެ. އެ ރިޕޯޓްގައި ބުނާ ގޮތުން ރާޖަޕަކްސަގެ އާއިލާ ރައްކާތެރި ސަރަހައްދެއްގައި ތިބުމަށް ބޭނުންވާހިދު އެފަދަ މަގެއް ތަނަވަސް ކުރުމަށް ރައީސް ނަޝީދު މެދުވެރިވެގެން ރާއްޖޭގައި ހިންގަމުން އަންނަ ސޮނެވާގެ ރިސޯޓަކުން ވިލާއެއް ވިއްކަން އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.
ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތްވުމަށް ދުނިޔޭގެ އެހީ ހޯދުމުގެ އިސް ކޯޑިނޭޓަރަކީ ރައީސް ނަޝީދު އެވެ. އެ މަނިކުފާނު މިދުވަސްކޮޅު ގެންދަވަނީ ލަންކާގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް އާވެސް ބައްދަލު ކުރައްވާފައެވެ.
”ދަ މޯލްޑިވްސް ޖާނަލް“ ގައި އާންމުކޮށްފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުންނާއި އަދި ސޮނެވާ އިން މިއަދު ވަނީ ދޮގުކޮށްފައެވެ.
އެ ރިޕޯޓް ދޮގުކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދުގެ މަސައްކަތްޕުޅަކީ ލަންކާއަށް އެހީ ހޯއްދެވުން ކަމަށާ އިތުރު ދައުރެއް ނެތް ކަމަށެވެ. އަދި ސްރީލަންކާއަށް އެހީތެރިކަން ހޯއްދަވައިދެއްވުމަށް ނަޝީދަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމަނިކުފާނު ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފައެވެ. އަދި ހަގީގަތް ނެތް އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުންވަނީ އިލްތިމާސް ކޮށްފައިވެއެވެ.
މި ރިޕޯޓާއި ގުޅިގެން ސޮނެވާއިން ބުނެފައިވަނީ ސޮނެވާގެ ރިސޯޓެއްގެ ވިލާއެއް ރާޖަޕަކްސަގެ އާއިލާ އަށް ވިއްކުމަށް އެއްބަސްވެފައި ނުވާނެކަމަށާ އަދި އެފަދަ ކަމަކަށް މަޝްވަރާވެސް ކޮށްފައި ނުވާނެކަމަށެވެ.
3 Responses
Can Nasheed help Maldives getting those funds from International finance house or friends and stop borrowing and sellin Maldives to #India Midhen kos vaavaruge laahoorumennu
އަމިއްލަ ޕާޓީގެ ޗެއަރޕާސްންކަން ނުހިފެހުއްޓުނު ފެއިލަރަކަށް ދެން ކޮންކަމެއް ކުރެވޭނީ. އެއީވެސް 14 އަހަރު ޕާޓީ ޙިސޯރުކޮށްގެން ހުރެވެސް!! ވީވަރު
ޗޯރުންނާއިވާނީ ޗޯރުން. އިންޑިއާ އަރުން 1 ބިލިއަން ރާއްޖެހިންގަންށޭ ކިޔައިފަ ނަގައިފަ ގައުމު އިންޑިއާ މިލިޓަރީއަށް ދިނީ. މިފަހަރު ލަންކާއަށްވެސް އެގޮތަށް ފައިސާކޮޅެއް އިންޑިއާއިން ހޯދައިފާ ޖަފަނާ އިންޑިއާ އަށް ދޭން މީނަ ވިސްނާނެ. މިއީ އިންޑިއާގެ ބީޖޭޕީ މީހެއް.