ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ޑަބްލިއުއެޗްއޯގެ މަންދޫބު ފާޅުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއާ އެކީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިިކަން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ( ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު ފާޅުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޑަބްލިއުއެޗްއޯގެ މަންދޫބު ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަމަބަލުންނާ އެކީ މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އެކަމަނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައިވާކަމަށެވެ.  

 އަދި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީ މައްސަލައާ ހުރި ގުޅުންތައް ފާހަގަކުރައްވަމުން މި މައްސަލަތައް ހައްލުކޮށް ފިޔަވަޅު އެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ޑަބްލިއުއެޗްއޯގެ މަންދޫބު ފާޅުކުރެއްވިކަމަށެވެ. އަދި

ޑަބްލިއުއެޗްއޯގެ މަންދޫބު ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނާއި ހަމައަށް މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ މަންދޫބާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ދިވެހި މުޖުތަމައުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށާ އަދި މި މައްސަލަތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން މުގައްރަރުގައި މިކަންކަމާބެހޭ މައުލޫމާތު ހިމެނުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމައުގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރައްވާފައިވާފައިވާކަމށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އަދި މީގެ ިއތުރުން އެކަމަނާ ވަނީ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން ”ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް“ ގެ ނަމުގައި ވަރޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންއަށް ފުރުސަތު ދެއްވާފައިވާތީ އެކަމަނާ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައި ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް