ހިންދީ ފިލްމީ ދުނިޔެ: ފުރަތަމަ އިވުނީ ލަވައެއް ވަގަށް ނެގި ވާހަކަ ދެން އިވުނީ "ޖުގްޖުގް ޖިއޯ"ގެ ވާހަކަ ވަގަށް ނެގި އަޑު

Loading

Facebook
Twitter
WhatsApp

ފުރަތަމަ އަޑު އިވުނީ އިންޑިއާގެ މަގުބޫލު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރުގެ ފިލްމެއްގައި ހިމަނަން ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ އިބްރާރުލްޙައްޤު ކިޔާފައިވާ ”ނަޗް ޕަންޖާބަން“ ވަގަށް ކޮޕީކޮށް ބޭނުން ކުރި ޚަބަރެވެ. އެ ޚަބަރުގެ ހޫނުކަން ނުކެނޑެނީސް މިހާރު އިވެމުން ދަނީ ކަރަން ޖޯހަރުގެ ފިލްމު ކުންފުނިން އުފެއްދި ފިލްމެއްގެ ވާހަކައަކީ އެހެން މީހަކު ލިޔެފައިވާ ވާހަކައެއްކަމަށާއި އެވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމު ކުޅުނީ ވާހަކަ ލިއުނު މީހާގެ ގާތުން ހުއްދަ ނުހޯދައި ވަގަށް ކޮޕީކޮށްގެންކަމުގެ ޚަބަރެވެ.  

އިންޑިއާގެ ލިއުންތެރިއެއް ކަމުގައިވާ  ވިޝާލް އޭ ސިންގް ބުނި ގޮތުގައިޕްރޮޑިއުސަރ ޑިރެކްޓަރ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާފައިވާ ފިލްމު ”ޖުގްޖުގް ޖިއޯ“އަކީ އޭނާ ލިއެފައިވާ ”ބަނީ ރާނީ“ގެ ސްކްރިޕްޓް ވަގަށް ނަގައިގެން ހަދާފައިވާ ފިލްމެކެވެ.

ވިޝާލް ސިންގް ވަނީ ދަރުމާ ޕްރޮޑަކްޝަންއަށް އޭނާ ފޮނުވި ސްކްރިޕްގެ މުހިއްމު ބައިިތައް ޓްވިޓާގައި ހިއްސާކޮށްފައެވެ.

ލިއުންތެރިއާ ބުނިގޮތުގައި އޭނާ ”ބަނީ ރާނީ“ގެ ނަމުގައި ލިއުނު ވާހަކައިގެ ސްކްރިޕްޓް ވާނީ ދަރުމާ ޕްރޮޑަކްޝަންއަށް ފޮނުވާފައެވެ. އަދި ދަރުމާ ޕްރޮޑަކްޝަނުން އޭނާއަށް ޖަވާބެއް ދީފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ވިޝާލް ބުނިގޮތުގައި އޭނާ ލިއުނު ވާހަކަ އާއި ސްކްރިޕްޓަށް ބައެއް ބަދަލު ގެނެސްގެން ދަރުމާ ޕްރޮޑަކްޝަނުން ވަނީ ”ޖުގްޖުގް ޖިއޯ“ގެ ނަމުގައި ފިލްމެއް ހަދާފައެވެ.

ވިޝާލް އޭނާގެ ޓްވީޓްގައި ދަރުމާ ޕްރޮޑަކްޝަނަށާއި ކަރަން ޖޯހަރަށް ޓެގްކޮށް ލިއެފައިވެއެވެ. ”އަހަރެން ލިއުނު ”ބަނީ ރާނީ“ ވާހަކަ ވާނީ 2020ގައި ސްކްރީން ރައިޓާސް އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައެވެ. އޭގެ ފަހުން ފެބުރުއަރީ 2020ގައި އެ ފިލްމު އުފެއްދުމާ ގުޅޭ ގޮތުން އަހަރެން ދަރުމާ ޕްރޮޑަކްޝަނަށް މެއިލެއް ކުރުމުން އޭގެ ޖަވާބުވެސް އެތަނުން ވަނީ ދީފައެވެ. މިހާރު އެ މީހުން ވަނީ އަހަރެންގެ ވާހަކަ ވަގަށް ނަގައިގެން ”ޖުގްޖުގް ޖިއޯ“ގެ ނަމުގައި ފިލްމެއް އުފައްދާފައެވެ.“

ހަގީގީ ލިއުންތެރިއާގެ ވާހަކަ ވަގަށް ނަގައި އެއަށް ކުދިކުދި ބަދަލުތަކާއި ބޮޑެތި ބަދަލުތައް ގެނެސްގެން އިންޑިއާގައި ފިލްމު އުފެއްދުމަކީ އާންމުކަމެކެވެ. ލިއުންތެރިއާ ވިޝާލް ބުނާ ގޮތުގައި މި ފަހަރު އެކަން ކޮށްފައި ވަނީ އިންޑިއާގެ އެންމެ މަޝްހޫރު ފިލްމު އުފައްދާ އެއް ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަނުންނެވެ.

އިބްރާރުލް ޙައްޤު އާއި ކަރަން ޖޯހަރު

ކަރަން ޖޯހަރު ޑައިރެކްޓުކޮށް ދަރުމާ ޕްރޮޑަކުޝަނުން އުފައްދާފައިވާ ފިލްމު ”ޖުގްޖުގް ޖިއޯ“ ސިނަމާތަކުގައި ދައްކަން ފެށުމަށް ހަމަ ޖެހިފައި ވަނީ 24 ޖޫން 2022 ގައެވެ. އެ ފިލްމުގައި މުހިއްމު ބައިތައް ކުޅެފައި ވަނީ ވަރުން ދަވަން އާއި ކިޔާރާ އެޑްވާނީ އާއި އަނިލް ކަޕޫރާއި ނީތޫ ކަޕޫރެވެ.

ލިއުންތެރިއާ ވިޝާލް ސިންގް ބުނިގޮތުގައި ކަރަން ޖޯހަރަކީ ތެދުވެރިއެއްކަމުގައި ވާނަމަ މައްސަލަ ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ހައްލުކުރަން ޖެހޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް