މިހަފްތާގެ ބައެއް ފަލަ ސުރުޚީތައް

ސަންދާނުން ކިއުންތެރިންނަށް މިގެނެސްދެނީ މިހާރު ހިނގަމުން މިދާ ހަފްތާގެ ބައެއް ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ކަންތައްތައް އަޅުގަނޑުމެންގެ ކިއުންތެރިންނަށް ގެނެސްދިނުމަކީ ސަންދާނުގެ ބޭނުމެކެވެ. އަދި މިކަން ރަނގަޅު ކުރުމަށްޓަކައި ކިއުންތެރިންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔާނަމެވެ.            ތުރުކީގެ ސަރުކާރުގެ ކަންތައްތައް އެނގޭ ފަރާތަކުން ހާމަކުރާގޮތުގައި ތުރުކީގެ އަރިއަޅާލަމުންދާ އިގްތިސޯދު ނެގެހެއްޓޭނެ މަގެއް ހޯދުމުގެ ގޮތުން ސަޢޫދީ އެރޭބިޔާއާއިއެކު ކުރަމުން ގެންގާ މަޝްވަރާތަކުގެ ސިލްސިލާއާއިގުޅިގެން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕުރިންސް މުޙަންމަދު ބިން ސަލްމާނު […]

ޖިންސީ ގޯނާގެ މައްސަލައިގައި އާމިންދިޔެ ބަންދުކުރީ ރަނގަޅަށް: ސްޕްރީމް ކޯޓް

އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އުމުރުން 59 އަހަރުގެ  އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ. ހައިކޯޓުން ވަނީ އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އެއާ […]

ފޯޖް ޑޮކިއުމެންޓްސް ހުށަހަޅި ކުންފުނި ތަކެއް ބްލެކް ލިސްޓް ކޮށްފި

ފޯޖް ޑޮކިއުމެންޓްސް ހުށަހެޅި ކަމަށް ތުހުމަތުކޮށް ކުންފުނި ތަކެއް ބްލެކް ލިސްޓް ކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ލިބިދޭ ބާރުގެ ދަށުން 4 ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އޭގެތެރެއިން ތިން ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފައިވަނި ފޯޖް ޑޮކިއުމަންޓް ހުށައަޅާފައިވާތީ ކަމަށެވެ. އެ ކުންފުންނި ތަކަކީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެސްޓޮނިޝް ކްލީނިން ކޮމްޕެނީ އަދި ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.   […]

ވޭޕްކުރުމަކީ ކޫލް ކަމެއް ނޫން، އޭގެއިން ފުއްޕާމޭ ފަޅައިގެންދޭ: ޑރ. މުހައްމަދު އަލީ

ވޭޕްކުރުމަކީ ކޫލް ކަމެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ގޮސްދާކަމުގެ އިންޒާރު ރާއްޖޭގެ މަޝްހޫރު އެތެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ މިއަދު ދެއްވައިފިއެވެ.ވޭޕްގެ ނުރައްކާ ހާމަކުރެއްވުމަށް ފޮޓޯ އަކާއެކީ މިއަދު ކުރެއްވި ޓްވީޓެއްގައި ޑޮކްޓަރު ވިދާޅުވީ ފޮޓޯއިން ފެންނަ ލެއަކީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ދޭތެރެއަށް ފުއްޕާމޭ ފަޅައިގެން އެޅިފައިހުރި ލޭ ކަމަށެވެ. ”ވޭޕުން ފުއްޕާމޭ ފަޅައިގެންދޭ!! އެއީ ކޫލްއެއްޗެއްނޫން.“ ޑޮކްޓަރު ކުރެއްވި ޓްވީޓްގައި ވެއެވެ. ޑޮކްޓަރު ހާމަކުރެއްވި ޕޮޓޯގައި […]

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން އާންމުކޮށްފައިވަނީ ހއ. ހޯރަފުށި، ހޯޓެންސިޔާ، އަޖުވަދު ސަމީރު ( 41)  ހޯދުމަށެވެ. ފުލުހުން ބުނީ ސަމީރު ހޯދަމުން އަންނަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ. […]

ހައިކޯޓް ފަޑިޔާރު އަބްދުލްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އަބްދުއްރައޫފް އިސްތިއުފާ ދެއްވާފައި މިވަނީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ އެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާ މަޖިލީހުން ވަނީ އަލުން އެ ކޮމިޝަނަށް މައްސަލަ ފޮނުވާލާފަ އެވެ. އެ މައްސަލައިގައި ފަޑިޔާރު އަބްދުއް ރައޫފްގެ އިތުރުން ފަނޑި އަބްދުއްލާ ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ. އެ ދެ […]

ޔާމިންގެ ގެކޮޅުން ބެނާ ނެގުމުގެ އަމުރު ގާނޫނާ ހިލާފުކަމަށް ހައިކޯޓުން ކަނޑައެޅީ ގޯސްކޮށް: ނަޝީދު

ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ގެކޮޅުގައި ހަރުކުރި ”އިންޑިއާ އައުޓް“ ބޮޑު ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށާއި ފަޑިޔާރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ. އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ”އިންޑިއާ އައުޓް“ ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް […]

ކަނޑުގަދަވެ، ބޮމުގެ ހަމަލާގެ ޝަރީއަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ކަނޑުގަދަވެ ކެންސަލްކޮށްފިއެވެ. މިދިޔަ އަހަރުގެ މޭމަހު 6 ވަނަ ދުވަހު  ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.  މި މައްސަލައިގެ އަޑުއެހުމެއް މިއަދު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ގަނޑިޖެހެން 10 ވަރަކަށް މިނިޓެއްވެފައި ވަނިކޮށް ކަރެކްޝަނަލް ސާވިސް އިން ވަނީ ކޯޓަށް މީހުން ހާޒިރުކޮށްދެވެން ނެތްކަމަށް އަންގާފައެވެ. ކަރެކްޝަންސް އާއި […]

ދުނިޔޭގެ އެންމެ ކުރުމީހާ: އެންމެ 2 ފޫޓު 5 އިންޗި

ނޭޕާލުގެ ރައްޔިތެއްކަމުގައިވާ ދޫރު ބަހާދުރު ކާޕާންގީއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު މީހާއެވެ. ދިރިހުރި އެންމެ އިސްކޮޅުން ކުރު މީހާގެ ގޮތުގައި އޭނާގެ ނަން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ.  ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ފަރާތުން ދޫރު ބަހާދުރަކީ ދުނިޔޭގައި ހުރި އެންމެ ކުރު މީހާކަމަށް ކަނޑައި ކަމާ ބެހޭ ލިއުމެއް ވެސް އޭނާއަށް ވަނީ ދީފައެވެ. އޭނާގެ އިސްކޮޅުގައި ހުރީ އެންމެ 2 ފޫޓު 5 އިންޗިއެވެ. އުމުރުން 18 އަހަރުގެ ބަހާދުރަކީ […]

އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބެންވާނީ ޕްރައިމަރީން ހޮވޭ ބޭފުޅަކަށް  

އެމްޑީޕީގެ ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް އޮފިޝަލަކު ވިދާޅުވިއެވެ. މިދިޔަ 2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިިބްރާހިމް މުޙައްމަދު ޞާލިހަށް ޕްރައުމަރީ އަކާ ނުލާ ދޭވެން ދިމާވި ސަބަބަކީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށްރިޔާސީރޭހުން ޖާގަލިބޭނެ ގޮތެއް ނުވުމާއެކު ޕްރައިމަރީއެއް ބާއްވާނެ ވަގުތުވެސް  ނެތުމުން ގައުމީ މަޖިލީހުގެ ކުއްލިބައްދަލުވުމަށްފަހު އެމަޖިލީހުން ފާސްކުރެވިގެނެވެ. އެހެން ދިމާވި ނަމަވެސް އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަސީހަމަތަކާ އެއްގޮތަށް ޢަމަލުކުރަމުން އަންނަ ސިޔާސީޕާޓީއެއްކަމަށާ 2023ގެ ރިޔާސީ ޓިކެޓް ދޭންވާނީ ޕްރައިމަރީއެއް ބޭއްވުމަށްފަހުގައި ކަމަށް އެ އޮފިޝަލް ސަންދާނަށް ވިދާޅުވެދެއްވިއެވެ.      ކަން މިހެން ހުރިނަމަވެސް އިވެމުންދާ އަޑުތަކަށް ބަލާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީގެ ޕްރައިމަރީ އަކަށް ޖާގަ ދޭނެކަމާއިމެދު މިހާރު ޝައްކު އުފެދޭ ކަމުގައެވެ. މިހެން ވެއްޖެނަމަ އެޕާޓީއިން ރިޔާސީ ޓިކެޓް ލިބޭނީ ކޮންބޭފުޅަކަށް ކަން ޢާންމު މެންބަރުން ނަކަށް ނޭގޭނެއެވެ. […]