ވޭޕްކުރުމަކީ ކޫލް ކަމެއް ނޫން، އޭގެއިން ފުއްޕާމޭ ފަޅައިގެންދޭ: ޑރ. މުހައްމަދު އަލީ

Loading

Facebook
Twitter
WhatsApp

ވޭޕްކުރުމަކީ ކޫލް ކަމެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ގޮސްދާކަމުގެ އިންޒާރު ރާއްޖޭގެ މަޝްހޫރު އެތެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ މިއަދު ދެއްވައިފިއެވެ.
ވޭޕްގެ ނުރައްކާ ހާމަކުރެއްވުމަށް ފޮޓޯ އަކާއެކީ މިއަދު ކުރެއްވި ޓްވީޓެއްގައި ޑޮކްޓަރު ވިދާޅުވީ ފޮޓޯއިން ފެންނަ ލެއަކީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ދޭތެރެއަށް ފުއްޕާމޭ ފަޅައިގެން އެޅިފައިހުރި ލޭ ކަމަށެވެ.

”ވޭޕުން ފުއްޕާމޭ ފަޅައިގެންދޭ!! އެއީ ކޫލްއެއްޗެއްނޫން.“ ޑޮކްޓަރު ކުރެއްވި ޓްވީޓްގައި ވެއެވެ.

ޑޮކްޓަރު ހާމަކުރެއްވި ޕޮޓޯގައި ފެންނަނީ ފުޅިއެއްގައި ހުރި ލޭތަކެކެވެ. ފޮޓޯ އާއި ބެހޭ އިތުރު ތަފްސީލެއް ދެއްވާފައި ނުވެއެވެ.

ޑޮކްޑަރުގެ އިންޒާރުގެ މެސެޖް ކޮށްފައިވާއިރު ވޭޕްކުރުމަކީ މިހާރު ވަރަށް އާންމުކަމެއް ކަމަށް މިހާރުވަނީ ވެފައެވެ. ހާއްސަކޮށް ޒުންވާނުންގެ މެދުގައި ވަރަށް “ ކޫލް“ ކަމެއް ދެކި ގިނަ އަދަދެއްގެ ޒުވާނުން ވޭޕް ބޭނުންކުރެއެވެ.

ވޭޕް ކުރުމަށް ބޭނުންކުރާ އުފެއްދުންތަކުގެ ސަބަބުން މެއަށް ޖެހޭ އިންފެކްޝަނެއް ބޮޑުވެ، ވޭޕް ކުރުމާއި ގުޅޭ މަރު ތައްވެސް ގިނަވެ ދުނިޔޭގެ ބައެއް ގައުމުތަކުގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އަންނަނީ އެގައުމުތަކުގެ ރައްޔިތުންނަށް ވޭޕް ކުރުން ހުއްޓާލުމަށް ވެސް އިލްތިމާޒް ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާފަދަ ގައުމުތައްވެސް ހިމެނެއެވެ.  ވޭޕް ކުރުމާއި ގުޅުންހުރި މަރުތައް 2019 ވަނައަހަރުން ފެށިގެން އެމެރިކާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ބުނެފައިވެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް