ޖިންސީ ގޯނާގެ މައްސަލައިގައި އާމިންދިޔެ ބަންދުކުރީ ރަނގަޅަށް: ސްޕްރީމް ކޯޓް

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އުމުރުން 59 އަހަރުގެ  އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.

ހައިކޯޓުން ވަނީ އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

އެއާ އެކު އާމިންދިޔެގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި، ހައި ކޯޓުން އެ އަމުރަށް ތާއީދުކޮށްފައިވަނީވެސް ރަނގަޅަށް ކަމަށެވެ.

 އެހެންކަމުން ހައިކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

އާމިންދިޔެ ހައްޔަރުކުރީ އައްޑޫ ސިޓީގައި 6 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އާމިންދިޔެ އަކީ އަނިޔާލިބުނު ކުޑަ ކުއްޖާ ތައުލީމް ހާސިލްކުރާ ޝަރަފުއްދީން ސްކޫލްގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު މީހެއްގެ ވަޒީފާ އަދާކޮށްފައިވާ މީހެކެވެ.

 އާމިންދިޔެ ހައްޔަރުކޮށްފައިވަނީ ރަގަޅަށް ކަމަށް ސްޕްރީމްކޯޓުން ނިންމި އިރު އެ އަންހެންމީހާ ހައްޔަރުކުރީ ނުހައްގުންކަމަށްބުނެ އޭނަގެ އާއިލާއިން ވަނީ ގެއްލުނު ހައްގު ހޯދަން ކަމަށްބުނެ ގިނަ ހަރަކާތްތަކެއް ވެސް ބާއްވާފައެވެ.

ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާމިންދިޔެއަށް ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް