ޔާމިންގެ ގެކޮޅުން ބެނާ ނެގުމުގެ އަމުރު ގާނޫނާ ހިލާފުކަމަށް ހައިކޯޓުން ކަނޑައެޅީ ގޯސްކޮށް: ނަޝީދު

Facebook
Twitter
WhatsApp
390893344

ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ގެކޮޅުގައި ހަރުކުރި “އިންޑިއާ އައުޓް” ބޮޑު ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށާއި ފަޑިޔާރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ.

އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި “އިންޑިއާ އައުޓް” ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތު ކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެވެ.

އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއްގެ ތުހުމަތުގައި ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނުއިރު، ބެނާއެއް ހަރުކުރުމުން އާންމު މަސްލަހަތު ގެއްލޭ ގޮތެއް ފުލުހުންނަށް ބުނެ ނުދެވޭ ކަމަށް ވެސް މައްސަލަ ބެއްލެވި ބެންޗުން ވަނީ ނިންމަވާފައެވެ. އިއްޔެ ނެރުނު އަމުރުގައިވާގޮތުން  ކުށެއްގެ ތުހުމަތުގައި ހެއްކެއް ހޯދަން ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް އަމުރު ނެރެން އެކަށީގެންވާ ސަބަބެއް އަމުރުގައި ބަޔާންކޮށްފައި ނުވެއެވެ.

އެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރެއްވުމަށްފަހު މަޖިލީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުން އެ ކޯޓު އަމުރު ނެރެފައިވާ ސަބަބުތައް ހައިކޯޓުގެ ފަނޑިޔާރުންނަށް ސާފުވެވަޑައިގެންފައި ނުވާ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

އެ އަމުރުގައި ފާހަގަކޮށްފައި ވަނީ އެންމެ ސަބަބެއް ނޫން ކަމަށާއި އޭގައި އެތައް ސަބަބެއް ވާކަމަށް ނަޝީދު ވިދާޅުވި އެވެ.

“ކްރިމިނަލް ކޯޓުގައި ފުލުހުން އަމުރަކަށް އެދިފައި ވަނީ އެންމެ ސަބަބެއްގެ މައްޗަކަށް ނޫން، އެތަކެއް ސަބަބެއްގެ މައްޗަށް،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނެއް މާނަ ކުރާއިރު މަޖިލީހުގެ ނިޔަތް ރަމްޒުވެފައި ނެތް ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ނިޔަތް އެންމެ ރަނގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހު ކުރުަން މަޖިލީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

“މި މަޖިލީހުން ފާސްކުރާ ގާނޫނުތައް މާނަކުރާއިރު އެ ގާނޫނު އެކުލަވާލި ފަރާތް ރައްޔިތުންގެ މަޖިލީހުގެ ނިޔަތް އެ މާނަކުރުމުގައި ރަމްޒުވެފައި ނެތްކަން. އެ ނިޔަތް އެންމެ ރަގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހުކޮށް އެކަންކަން ބަދަލުކުރަން މި މަޖިލީހުން މަސައްކަތްކުރަން ވާނެ،” ނަޝީދު ވިދާޅުވި އެވެ.

ކޯޓުއަމުރުގައިވާ ކަންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ދޫވެހި ބަލައިފާސްކުރުމަށް ނެރުނު އަމުރުގައި ހަ ކަމެއް ފާހަގަކޮށްފައިވާކަމަށެވެ. އެގޮތުން ދެ ގައުމުގެ ދޭތެރޭ  އޮންނަ ގުޅުންތަކަށް ނުރަގަޅު އަސަރުކުރުމާއި އިންޑީއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއް ކަމުގައި ސިފަވާކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބޭ ބިދޭސީ ޑިޕްލޮމެޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތު ކަމުގައިވާކަންވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


އަދި އެ ބެނާތައް ނެގުމަށް ވެރިފަރާތްތަކަށް އެންގުމުން ނަގާފައިނުވާތީ އަމުރަށް ނުކިޔަމަންވެފައި ވާތީއާއި އެތަކެއްޗަކީ މިތުހުމަތުތަކާ ގުޅިގެން ހިންގަން ޖެހޭ ތަހުގީގައި ބޭނުންކުރަންޖެހޭ އަސާސީ އަދި މާއްދީ ހެކިތަކަށް ވާތީ ކުށުގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ތަކެތިކަން ވެސް އެ އަމުރުގައި ފާހަގަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް ހައި ކޯޓުގެ ހުކުމަށް ގޮންޖައްސަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް ޝިޔާމުގެ ވާހަކަފުޅު ކުރިއަށްގެންދިއުމުގެ ފުރުސަތއް ރައީސް ނަޝީދު ނުދެއްވިއެވެ.

4 Responses

  1. ހާދަ ލޯބިންނޭ ދޯ އެބައްދަނީ. ސައުދީ ރަސްގެފާނާއި ބައްދާލާހިތެއް ނުވޭދޯ؟ ފާފު އަތޮޅޭ ކިޔާފަ މުޅިގައުމު ގެރިއަށް އަޅުކަންކުރާ މޯދީ އަށް އެދިނީ. ނުދެންޏާ އެ އެގްރީމެންޓް ކޮޕީ އެއް މަޖިލިސް ކޮންމެ މެމްބަރަކަށް ދެއްކޭނެނޫންތޯ؟ 2018 ގެ އިލެކްޝަނަށް ވިންޑޯ ހުޅުވަދިން އިނާމު ހާދަ ސަޅިއޭ. ނިޝާނުލް ގާޒީގެ އިއްޒައްތެރި ވެރިޔާގެ ލަގަބު ގެރިއަށް އަޅުކަން ކުރާ މުސްލިމުންގެ މިސްކިތްތައް ފަނާކުރާ ކުރީގެ ޓެރެރިސްޓަކަށް!! ނަޝީދަށް ރަނގަޅަށް އެޅުނު ފިޔަވަޅެއް ނެތްއިރު އާއިލާއެއްވެސް ބިނާނުކުރެވުނޭ..

  2. ނަޝީދޫ، ކޮބާތަ ޢަބުދުﷲ ގާޒީ؟ މީނައަށް ދިވެހިރާއްޖޭގައި ރަނގަޅަށް ނިންމީ އެންމެ ޝަރިޢަތެއް. އެއީ 1 ފެބުރުއަރީގެ ހިބަރު ވަދު. ހާދަ ބޮދު ފޭލިއަރެކޭ. އެއީ މައްސަލައެއް ނޫން. މައްސަލައަކީ މިގައުމުގެ މެޖޯރެޓީއާއި ދެކޮޅަށް 20%ވެސް ނެތް މީހަކު ބޮޑުބަސް ބުނެ ހަމަނުޖެހުން އުފައްދާތީ

  3. މިރާއްޖޭގައި މިހާރުވެސް ފުލުންނަށް ތަމްރީނު ދެވެމުން މިދަނީ ހަސަންފަރީދުގެ ދުވަސްވަރުގެ މުގައްރަރު ބަލައިގެންތޯ މިހާރު ހިތަށް އަރައެވެ. ގިނަ މައްސަލަތަކެއްގައި ފުލުހުން ކަންތައްކުަރައްވާގޮތް ގާނުނަށް ނުފެތޭކަމަށް ނިންމުމަކީ ހައިރާންވާން ޖެހޭކަމެކެވެ. އަދި މިއަށްވުރެން ބޮޑަށް ޝަރުޢީ ކޯޓުތަކުގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރުހުން ނުވަތަ ނުރުހުން މަޖިލީހުގެ ތެރޭގައި މިފާޅުކުރަނީ ކޮން އުސޫލަކުން ބާވައެވެ. ކޯރޓުތަކުގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ ދެން ކަންތައްކުރަންޖެހޭގޮތް ހަމަގައިމުވެސް އެބޭފުޅާއަށް އެނގިވަޑައިގަންނަވާނެއެވެ.

  4. RN beynunhaa gothakah hukum thah nukureveyne Kan engijje dhoa, INDIAA ah vikigen MDP KPALISAN thibey ekamaku ehen meehun nuthibeyne dhen beynun has gotheh hedheyne kamah nubalaathi.!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް