ސަންދާނުން ކިއުންތެރިންނަށް މިގެނެސްދެނީ މިހާރު ހިނގަމުން މިދާ ހަފްތާގެ ބައެއް ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ކަންތައްތައް އަޅުގަނޑުމެންގެ ކިއުންތެރިންނަށް ގެނެސްދިނުމަކީ ސަންދާނުގެ ބޭނުމެކެވެ. އަދި މިކަން ރަނގަޅު ކުރުމަށްޓަކައި ކިއުންތެރިންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔާނަމެވެ.
ތުރުކީގެ ސަރުކާރުގެ ކަންތައްތައް އެނގޭ ފަރާތަކުން ހާމަކުރާގޮތުގައި ތުރުކީގެ އަރިއަޅާލަމުންދާ އިގްތިސޯދު ނެގެހެއްޓޭނެ މަގެއް ހޯދުމުގެ ގޮތުން ސަޢޫދީ އެރޭބިޔާއާއިއެކު ކުރަމުން ގެންގާ މަޝްވަރާތަކުގެ ސިލްސިލާއާއިގުޅިގެން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕުރިންސް މުޙަންމަދު ބިން ސަލްމާނު ތުރުކީއަށް ރަސްމީ ދަތުރުފުޅެއްކުރައްވާނެއެވެ. މުޙައްމަދު ވަނީ ތުރުކީގެ ރައީސް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ.
މީގެ މަހެއްހާ ދުވަސްކުރިން ތުރުކީގެ ރައީސް އުރުދުޣާންވެސް ވަނީ ސައޫދީ އެރޭބިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ތުރުކީގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ގަލްފުގެ ގައުމުތަކާއެކު ތުރުކީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ދަތުރުފުޅުގައި ރަސްގެފާނު ސަލްމާނާއި އަދި ވަލީ އަހްދު މުޙަންމަދާވެސް ބައްދަލު ކުރައްވާފައި ވެއެވެ. 2011 އިން ފެށިގެން އަރަބި ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތުރުކީން އިސްލާމީ ފިކުރުގެ ޖަމާއަތްތަކަށް މަދަދުކުރަތީވެ ގަލްފުގެ ގައުމުތަކާއެކު ތުކުރީގެ ގުޅުމަށް ވަރަށް ބޮޑު ހީނަރު ކަމެއް ވަނީ އައިސްފައެވެ. ތުރުކީ ބޭނުންވަނީ ތުރުކީގެ މުދާ އެތެރެކުރުން މަނާކުރަން ސައޫދީ އެރޭބިއާއިން އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލަދިނުމަށެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން އޭގެކުރިން ސަޢޫދީ އެރޭބިއާ އިން އެތެރެކުރަމުން ގެންދިޔަ ތުރުކީ 3.2 ބިލިއަން ޑޮލަރުގެ މުދާ ހަމައެކަނި 200 މިލިއަން ޑޮލަރަށް ވެއްޓިގެން ހިގައްޖެއެވެ. ކޮންމެއަކަސް މިހާރު ގަލްފުގެ ގައުމުތަކާއެކު ތުރުކީން ކުރަމުންގެންދާ މަޝްވަރާތަކުން ވަރަށް ރަނގަޅު ނަތީޖާތަކަކަށް އުންމީދު ކުރެވެއެވެ. ޔުނައިޓެޑް އެރެބް އެމިރެޓްސް އިންވެސް ތުރުކީއާއި އެކުމިހާރު 4.9 ބިލިއަންޑޮލަރުގެ ކަރަންސީ ސްވޮޕެއްވެސް މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި ވަނީ ގާއިމް ކޮށްފައެވެ.
އޭގެ އިތުރުން ދެ ގައުމުން ކުރާ ވިޔަފާރި 10 ބިލިއަން ޑޮލަރަށް އިތުރުކުރުމަށްވެސް މިހާރު ކުރެވެމުންދާ މަޝްވަރާ ތަކުގައި ހިމަނާފައިވެއެވެ. މުޙައްމަދު ތުރުކީ އަށް ވަޑައިގެންފިނަމަ އެއީ ފާއިތުވެގެންމިދާ ދެ އަހަރު ދުވަހުގެ ތެރޭގައި މުހައްމަދު ރަށުންބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމުގައިވެސް ވާނެއެވެ. އެހެންނަމަވެސް މިދަތުރުފުޅާބެހޭ ގޮތުން ސަޢޫދީ އެރޭބިޔާގެ އިންޓަރނޭޝަނަލް ކޮމިއުނިކޭޝަން ސެންޓަރުން ވަކި އެއްޗެއް އަދި ނުބުނެއެވެ. ތުރުކީގެ ޚާރިޖީވަޒީރު މި ހަފްތާގެ ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި އިސްރާއީލަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސް އުރުދުޣާން އަކީ އިޒްރޭލާ ބަދަހި ގުޅުމެއް ބާއްވަން ބޭނުންފުޅު ނުވާ ބޭފުޅެކެވެ. އެހެނީ ޒައަނިސްތުން ފަލަސްތީނު ރައްޔަތުންނާއި ބިންތައް އަޅުވެތިކޮށްގެން އުޅޭ އަނިޔާވެރި ގައުމަކަށް ވާތީއެވެ. ސައޫދީ އެރޭބިޔާއިން މިސްރަށްވެސް އިހަށްދުވަހު 5 ބިލިއަންޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައިވެއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު އުރުދުޣާން ވިދާޅުވެފައިވަނީ އެމެރިކާއަށް އަރުވާލެވިގެން އުޅޭ ތުރުކީގެ އިލްމުވެރިޔާ ފަތުޙުﷲ ގުލެންއަށް އިތުރަށް ތާއީދު ހޯދުމަށްޓަކައި ގްރީކުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާތީ މީގެ ފަހުން ތުރުކީ އިން ގްރީކުގެ ބޮޑުވަޒީރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމުގައެވެ. ގްރީކާއި ތުރުކީއަކީ ނޭޓޯއަށް ނިސްބަތްވާ ދެ ގައުމެވެ. އެހެނަސް ގްރީކާއި ތުރުކީ ހިމެނޭ ކަނޑުގެ ސަރަޙައްދުގެ ދެބަސްވުންތައް މިހާރު އޮތީ ފުނިޖެހިފައެވެ.
ޚާއްސަކޮށް ހަކަތަ ހިމެނޭ ކަނޑުގެ ސަރަޙައްދުތަކާއި ތުރުކީގެ ގޮނޑުދޮށުގައިހުރި ބައެއް ރަށްތަކުގެ މައްސަލާގައެވެ. ދެ ގައުމުންވެސް މިހާރުގެންދަނީ އެ ސަރަޙައްދު ތަކުން ހަކަތަ ހޯދުމުގެ ތަޙްލީލުތައް ކުރަމުންނެވެ. އެހެނަނަމަވެސް އެކަމުގައި އަދި މާބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. ތުރުކީން ތުހުމަތު ކުރާގޮތުގައި ގްރީކުން އެ ގެންދަނީ ބައިނަލް އަގްވާމީ އެއްބަސްވުން ތަކަށް ގޮންޖަހަމުންނެވެ. އަދި އެންމެފަހުން ގްރީކްގެ ބޮޑުވަޒީރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެފް 16 ގެ ހަނގުރާމަމަތީ މަތިންދާބޯޓު ތުރުކީއަށް ނުވިއްކުމަށް ބާރު އަޅުއްވާ އެމެރިކާގެ އިސްވެރިންނާއެކު ވާހަކަ ދެއްކެވި ކަމަށްވެސް ތުރުކީން ތުހުމަތު ކުރެއެވެ.
ސިވިޑަން އާއި ފިންލޭން ނޭޓޯއާއި ގުޅުމަށް މަޝްވަރާކުރަނީ:
ނޭޓޯއަށް ގްރީކް ވެއްދުމަށް ތާއީދު ކުރެވުނު ކަމާމެދު މިހާރު މޮޔަ ހީވާ ކަމުގައި އުރުދުޣާން ވިދާޅުވިއެވެ. އަދި ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވެއްދުމަށް ދެކެވެމުންދާ ވާހަކަތަކުގައި ތުރުކީން ތާއީދު ނުކުރާނެކަންވެސް ހާމަކުރިއެވެ.
ޔޫކުރޭން ހަނގުރާމަ:
ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު ހަނގުރާމައިގެ ބައިވެރިންނާއި ބައިވެރި ނުވާމީހުންވެސް އެންމެބޮޑު އިސްކަމެއް ދޭންފެށީ އެ ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ގޮތްތަކާމެދު ގޮތެއް ހޯދުމެވެ. އެހެންނަމަވެސް ތަޖްރިބާކާރުން ގަބޫލުކުރާގޮތުގައި މި ހަނގުރާމަ އެހާފަސޭހައިން ހުއްޓުވިދާނެކަމަކަށް ނުބެލެވެއެވެ. ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަގުތު ހޯދުމުގެ ގޮތުން ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސް ވެވިދާނެއެވެ. ޔޫކްރެއިންގެ ކުރީގެ ކޮމެޑިއަން ރައީސް ގަބޫލުކުރައްވާގޮތުގައި ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމުގެ ފުރަސަތު އަދިވެސް ނުގެއްލެއެވެ. އަދި އިޚްލާޞްތެރި ކަމާއެކު ރަޝިޔާއިން ވާހަކަދައްކަން ތައްޔާރު ކޮންމެ ހިނދެއްގައި އޭނާ ހުންނެވީ ތައްޔާރަށެވެ.
އެހެންނަމަވެސް ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ވަގުތީގޮތުން ހަނގުރާމަހުއްޓާލާ ކޮންމެ ފަހަރަކު ރަޝިޔާއިން އަލުން ހަނގުރާމައަށް ތައްޔާރުވުމަށް ފުރުސަތުގެ ބޭނުންކުރާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ހަނގުރާމަ ދާނީ ދިގުލަމުންނެވެ. ރަޝިޔާ ބުނާގޮތުގައި އެމީހުންގެ ބޯޑަރުކައިރީ އެގައުމާއި ޢުދުވާންއެއްވެސް ޙަމަލައެއް ދޭގައުމެއްގެ ބާރު ނެތިކޮށްނުލައި ރަޝިޔާއަށް ރައްކާތެރިކަމެއް ނޯންނާނެއެވެ. އެހެންވުމާއި އެކު ކުރިންވެސް އެއްބަސްވެފައިވާގޮތަށް ޔޫކުރެންނުން ނޭޓޯމެމްބަރަކަށް ވުމުގެ ހުވަފެން ދޫކޮށްލައި ރަޙުމަތްތެރި ނޭބަރެއްގެ ގޮތުގައި އުޅެން ނިންމުމުން ހަނގުރާމަ ނިމުނީއެވެ.
ހަނގުރާމަ ހުށްޓުވުމަށް ފުރަތަމަކަމަކަށް ރަޝިޔާއިން ހުށައަޅާފައިވާފަދަހަނގުރާމަވެރި ނޫން ގައުމަކަށް ޔޫކްރެއިން ބަދަލުވާންޖހެއެވެ. އަދި ނާޒީންގެ ވިސްނުން ދޫކޮށްލާންޖހެއެވެ. މި ދެކަންތައް ޙާސިލުކުރުމަށްޓަކައި ވާހަކަ ދައްކަން ފަށައިގަންނާނެ ހިސާބެއްވެސް ނޭގެއެވެ. ސަބަބަކީ ހަނގުރާމަވެރި ނޫން ގައުމެއްގެ ގޮތުގައި އޮތުމަށް ޔޫކްރެއިން ދުވަހަކުވެސް އެއްބަސް ނުވާނެތީއެވެ. ދެވަނަ ކަމަކަށް ނަޒީ ވަންތަ ސިފަތަކަކީ ގަބޫލުކުރިއަސް ނުކުރިއަސް ޔޫކްރެއިންގެ ރައްޔިތުންގެ މެދުގައި ރަންނަމާރި ކަހަލަ ވާހަކަ އެކެވެ.
ދެން އޮތީ ބިންތަކުގެ މައްޗަށް ގޮތެއް ކަނޑައަޅައި އެއަށް އެއްބަސްވެ ހަނގުރާމަ ހުއްޓާލުމެވެ. މިވެސް ނުވާނެކަމެކެވެ. ގްރީކުން ދެމުންގެންދާ ޚިޔާލަށް ބަލާއިރު އެއީ ރަޝިޔާ ގަބޫލުކުރާނެ ގޮތެއް ނޫނެވެ. އެޚިޔާލަކީ ދެން ދުވަހަކުވެސް ރަޝިޔާއަށް ހަނގުރާއެއް ނުކުރެވޭ ފަދަ ޙާލަތަކަށް ގެނެސް އެކަހެރި ކުރުމެވެ.
މިއީ ދިވެހިންގެ ތެރޭގައި ކިޔާއުޅޭފަދައިން ބުޅަލުގެ ކަރުގައި ރަނގަބީލު އެޅުވުންކަހަލަ ކަމެކެވެ. ގްރީކުގެ ވިސްނުމާ ޚިލާފަށް ތަޖްރިބާކާރުން މި ހަނގުރާމަ ހުއްޓުވިދާނެކަމަށް ފާޅުކުރައްވާ ފުރަތަމަ ރައުޔަކީ ރަޝީޔާއިން ބޭނުންވާ ބިންތައް ޔޫކްރެއިނުން ރަޝިޔާއަށް ދިނުމެވެ. އެކަމަކު ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރެއިން އިސްމަންދޫބް ދެކިވަޑައިގަންނަވާ ގޮތުގައި ހުވަފެނަކުންވެސް އެކަމެއްނުވާނެއެވެ.
މިދިޔަ ހުކުރުދުވަހު ޔޫކްރެއިނުން ޚަބަރު ލިބޭގޮތުގައި އެގައުމުގެ ސިފައިންގެ ލަޝްކަރުތައް އިރުމަތީ ސަރަހައްދުތަކުގައި ސާބިތުކަމާއެކު ރަޝިޔާގެ ސިފައިންގެ ކުރިއެރުންތައް ހުއްޓުވަމުން ގެންދިޔަ ގެންދިއުން ނާކާމިޔާބު ވެދާނެކަމަށް ބެލެވެން ފަށައިފިއެވެ. އަދި ރަޝިޔާގެ ސިފައިން ލުހަންސް ސަރަޙާއްދުން ކުރިއަރަމުން އައުން ހުއްޓުވޭނެގޮތެއް ނެތުމުން އެމީހުންގެ އަތްދަށުގައި ވުމުގެ ބަދަލުގައި ފަހަތަށް ޖެހުން ނޫންގޮތެއް ނެތްކަމަށް ބުނެވެން ފަށައިފިއެވެ.
މި ސަރަހައްދުން ރަޝިޔާގެ ސިފައިން ކުރިއެރުން ޔޫކުރެއިންއަށް ނުހުއްޓުވިއްޖެނަމަ ޑޮންބަސް ސަރަޙައްދު އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ދާނެއެވެ. ލުހަންސްގެ ގަވަރނަރގެ އޮފީހުން ހާމަކުރާ ގޮތުގައި އެ ސަރަޙައްދުގެ ބައެއް އަވަށްތަކަށް މިހާ ރަޝިޔާގެ ސިފައިންވަނީ ވަދެގަންފައެވެ. އެހެންނަމަވެސް ދޮންބަސްގެ އެންމެބޮޑު ޝަހަރު އަދިވެސް އޮތީ ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށުގައި ކަމަށް ބުނެއެވެ. ގަވަރނަރ ވިދާޅުވި ގޮތުގައި ޔޫކްރެއިންގެ ސިފައިންނަށް ދޮންބަސް ސަރަޙައްދު ރައްކާތެރި ކުރެވޭނެއެވެ. އެހެންނަމަވެސް ރަޝިޔާގެ ސިފައިގެ އަތްދަށު ނުވުމަށްޓަކައި ފަހަތަށް ޖެހެން ޖެހިދާނެއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
4 Responses
ހަނގުރާމައިގެ ބިރުވެރިކަން ހައްތާވެސް ބޮޑުވަނީއެވެ. ހަނގުރާމަ ހުއްޓުވިދާނެގޮތްތަކާމެދު ތަޖްރިބާކާރު ސިޔާސީ މުދައްބިރުންގެ މެދުގައިވެސް ޚިޔާލު ވަނީ ތަފާތުވެފައެވެ. ކަންތައް ވަމުންދާގޮތް ބަލަން ތިބެވިދާނެ ކަމަކަށް ގިނަބޭފުޅުން ދެކިވަޑައި ނުގަންނަވައެވެ. ހަމައެފަދައިން އަތް އުރާލައިގެން ތިބެވޭކަށްވެސް ނެތްކަމަށް އެބޭފުޅުން އިއްތިފާގުވެ ވަޑައިގަންނަވާއިރު ކުރެވޭނެ ކަމެއްވެސް ނެތެވެ. ރަޝިޔާގެ ބޭނުންތަކަށް ޔޫކްރެއިން ފުރުސަތެއް ނުދޭނެއެވެ. ރަޝިޔާ ބޭނުންވާގޮތް ނޫން އެހެންގޮތަކަށް އެމީހުންވެސް އެއްބަހެއް ނުވާނެއެވެ. 80 ގެ އަހަރުތަކުގައި ގްރީކް މަޝްހޫރުވަފައި އޮންނަނީ ޔޫރަޕްގެ ގްވާދާރު ގޮތުގައެވެ. ގްވާދާރަކީ އެދުވަސްވަރު ޕާކިސްތާނުގެ ލޮނުމަސް ބޭރުކުރަން ޚާއްސަ ސަރަހައްދެކެވެ. މިހާރުގެ ގްވާދާރަކީ މުޅިންތަފާތު އަދި ތަރައްގީވެފައިވާ ސަރަހައްދެކެވެ. ގްރީކް މިހާރުވެސް ސިފަކުރެވެނީ ޔޫރަޕްގެ ސަލާން ޖަހާމީހާގެ ގޮތުގައެވެ.
Mi ee kan bodu vaan jehey hanguraama eh. Dhivehi raajjeves sarukaarun e kuraa habey beykaaru kharadhu thah kuda koh, rakkaave thibiyaa dhathurey bunaahen samaaluve thibuman dhannavan. beynun nuvaahaa meehun siyaasee magaamu dheegen faisaa jahaigen e baigandah beynunneh musaara thakaai inaayath thah dhinun Raees Solhi mihaarun mihaarah huttavan ebajehey. Gaumu dheke loabiveyey kiyamun mifadha khiyaanaathah vegen nuvaane. asluve samaasaaeh noon. Hanguraamai gai oilhligeney kiyaafa wedding party thakah ves eba huri hamalaa dheefa. Veemaa mifadha fanaa kuranivi hathiyaaru gengulhey gaumu thakun kuraa hanguraamaigai aiy olhigeney kiyaafa niukuliaru echcheh dhuvvalaifiyaa dhe eothee bodu hanguraama feshifaa. ehyonuvaane MDP heyaraa bala
ރައްކާކުރާނެ އެއްޗެއް އެބައޮތްތަ ؟ ބުނާތީ އިވެނީ ދަރަނި މައްޗަށް ދަރަނިވެރިވެ ދައުލަތުގެ ޚަޒާނާވެސް ގާދޫކޮލުން ބްރިޖްދަށުން އޮޔާ ހިޖައްޖެޔޯ !!!
ރައްކާކުރާނެ އެއްޗެއް އެބައޮތްތަ ؟ ބުނާތީ އިވެނީ ދަރަނި މައްޗަށް ދަރަނިވެރިވެ ދައުލަތުގެ ޚަޒާނާވެސް ގާދޫކޮލުން ބްރިޖްދަށުން އޮޔާ ހިގައްޖެޔޯ !!!