ކަނޑުގަދަވެ، ބޮމުގެ ހަމަލާގެ ޝަރީއަތް ކެންސަލްކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ކަނޑުގަދަވެ ކެންސަލްކޮށްފިއެވެ.

މިދިޔަ އަހަރުގެ މޭމަހު 6 ވަނަ ދުވަހު  ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

 މި މައްސަލައިގެ އަޑުއެހުމެއް މިއަދު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ގަނޑިޖެހެން 10 ވަރަކަށް މިނިޓެއްވެފައި ވަނިކޮށް ކަރެކްޝަނަލް ސާވިސް އިން ވަނީ ކޯޓަށް މީހުން ހާޒިރުކޮށްދެވެން ނެތްކަމަށް އަންގާފައެވެ.

ކަރެކްޝަންސް އާއި ހަވާދީ ކޯޓުން ބުނީ ކަނޑުގަދަވުމުގެ ސަބަބުން މާފުށިން ދައުވާ ލިބޭ މީހުން މާލެ ގެނެވޭން ނެތް ކަމަށެވެ.

މިއަދު ކެންސަލްވި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުން ތާވަލުކުރީ ހަމަލާއާ ގުޅޭ ދައުވާތައް އުފުލި ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އާއި ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.


ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ބޮން ގޮއްވާލި އަދުހަމް ރަޝީދަށް އެކަންޏެވެ. އެނާގެ މައްސަލަ އަވަހަށް ނިމުނީ އޭނާ ކުށަށް އިއުތިރާފްވެ ދައުލަތާއެކު އެއްބަސްވުމެއް ގާއިމްކުރުމުންނެވެ.

މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ކުރިން އިއުލާންކޮށްފައިވާ ގޮތުން އަންނަ މަހުގެ ތެރޭގައި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިންމާލެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް