ދުނިޔޭގެ އެންމެ ކުރުމީހާ: އެންމެ 2 ފޫޓު 5 އިންޗި

Loading

Facebook
Twitter
WhatsApp


ނޭޕ
ާލުގެ ރައްޔިތެއްކަމުގައިވާ ދޫރު ބަހާދުރު ކާޕާންގީއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު މީހާއެވެ. ދިރިހުރި އެންމެ އިސްކޮޅުން ކުރު މީހާގެ ގޮތުގައި އޭނާގެ ނަން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ. 

ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ފަރާތުން ދޫރު ބަހާދުރަކީ ދުނިޔޭގައި ހުރި އެންމެ ކުރު މީހާކަމަށް ކަނޑައި ކަމާ ބެހޭ ލިއުމެއް ވެސް އޭނާއަށް ވަނީ ދީފައެވެ. އޭނާގެ އިސްކޮޅުގައި ހުރީ އެންމެ 2 ފޫޓު 5 އިންޗިއެވެ.

އުމުރުން 18 އަހަރުގެ ބަހާދުރަކީ ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު މީހާކަމަށް ކަނޑައަޅައި ދުނިޔޭގެ ރެކޯޑް ބަލަހައްޓާ އިދާރާއިން ދިން ލިއުން ބިންމަތީގައި ބަހައްޓާފައި ހުންނަ އިރު އެ ލިއުން އޭނާގެ މެއާ ހަމައަށް އަރައެވެ. ދޫރު ބަހާދުރު ކާޕާންގީއަކީ އެންމެ އިސްކޮޅުން ކުރު މީހާކަމަށް މާރިޗު މަހު ކަނޑައެޅިކަމަށް ވިޔަސް ކަމާ ގުޅޭ ރަސްމީ ލިއުން އޭނާއާ ހަވާލުކުރީ ދާދިފަހުންނެވެ.

ބަހާދުރު: ނޭޕާލުގެ ރައްޔިތެއް

ބަހާދުރު އުފަންވީ 2004 ގައެވެ. އޭނާ އިސްކޮޅުން ކުރަސް އޭނާގެ ބޭބެއަކީ އާދައިގެ އިސްކޮޅެއްގެ ވެރިއެކެވެ. މައިން ބަފައިންނަކީ ދަނޑުވެރިންނެވެ.

ބަހާދަރުގެ ބޭބެ ރާނާ ބަހާދުރު ބުނިގޮތުގައި ކޮއްކޮއަށް ދުނިޔޭގެ އެންމެ ކުރު މީހާގެ ޝަރަފާއި ސެޓްފިކެޓު ލިބުމުން އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ.

ރާނާ ބަހާދުރު ބުނިގޮތުގައި އޭނާގެ ކޮއްކޮ އުފަންވީއިރު އޭނާގެ ސިއްހަތު ރަނގަޅެވެ. ހަށިގަނޑު ބޮޑުވުން ހުއްޓި މައްސަލަ ޖެހުނީ އުމުރުން 7 އަހަރުގައެވެ.

”ދިމާވީ ކޮން މައްސަލަތަކެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ.“ އޭނާ ބުންޏެވެ. 

ދޫރު ބަހާދުރު ކާޕާންގީއަކީ ދުނިޔޭގެ އެންމެ ކުރު މީހާ ކަމަށް ކަނޑައެޅުމުގެ ކުރިން ވެސް ދުނިޔޭގެ އެންމެ ކުރު މީހެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައި ވަނީ ނޭޕާލުގެ ޚާގެންދުރައެވެ. އިސްކޮޅުގައި އެންމެ 2 ފޫޓު 2 އިންޗި ހުރި ޚާގެންދުރަ އުމުރުން 32 އަހަރުގައި މަރުވީ 2020 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް