16 ގައުމަކަށް ދަތުރުކުރުން ސައުދީން މަނާކޮށްފި 

Loading

Facebook
Twitter
WhatsApp

ފާއިތުވި ހަފްތާ ތަކުގެ ތެރޭގައި ކޮވިޑް 19 ގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމާ ގުޅިގެން ސައުދީއިން އެ ގައުމުގެ ރައްޔިތުން 16 ގައުމަކަށް ދަތުރުކުރުން މަނާކޮށް އެކަން އިއުލާނުކޮށްފިއެވެ. މި 16 ގައުމުތަކުގެ ތެރޭހައި އިންޑިޔާވެސް ހިމެނެ އެވެ. 

އިންޑިޔާގެ އިތުރުން ލުބްނާން، ސީރިޔާ، ތުރުކީ، އީރާން، އަފްޢާނިސްތާން، ޔަމަން، ސޯމާލިޔާ، އިތިއޮޕިއާ، ކޮންގޯ، ލިބްޔާ، އިންޑޮނޭޝިޔާ، ވިއެޓްނާމް، އާރމީނިއާ، ބެލަރޫސް އަދި ވެނެޒުއެލާ އަށް ދަތުރުކުރުންވެސް ސައުދީން ވަނީ މަނާކޮށްފައެވެ. 

ދާދި ފަހުން ސައުދީގެ ހެލްތް މިނިސްޓްރީން ވަނީ އެ ގައުމުން އަދި މަންކީ ޕޮކްސް ފެނިފައިނުވާކަންވެސް އިއުލާނުކޮށްފައެވެ. އަދި މި ބަލި އެ ގައުމުން ފެނިއްޖެ ހާލަތެއްގައި ބަލި މޮނިޓާކޮށް ބައްޔަށް ފަރުވާ ދިނުމުގެ ގާބިލުކަން އެބަހުރިކަމަށްވެސް އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނސްޓާ، އަބްދުﷲ އަސީރީ ބުނުއްވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް ވަނީ 11 ގައުމަކުން މަންކީ ޕޮކްސް ފެނިފައިވާ ކަމަށް އިއުލާނުކޮށްފައެވެ. މި ބަލި ޖެހިފައިވާ މީޙުންގެ އަދަދު ވަނީ 80 އަށް އަރާފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް