އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުން ދެރައީސުންގެ ތާއީދު އަޅާކިރާލެވޭނެ

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މިފަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ ރައީސް އިބޫގެ ފަރާތުން ނެރޭ ކެންޑިޑޭޓަކާއި ރައީސް އަންނިގެ ފަރާތުން ނެރޭ ކެންޑިޑޭޓެކެވެ. މިއީ އެމްޑީޕީގެ ބައެއްމެންބަރުން ބުނެދޭ ގޮތެވެ. ރައީސް އިބޫގެގެ ފަރާތުން ވާދަކުރަނީ ރާއްޖޭގެ އެކޮނަމިކް މިނިސްޓަރ އަލްއުސްތާޒު ފައްޔާޒު އިސްމާޢީލެވެ. ފައްޔާޒު އިސްމާޢީލަކީ މއ. ބޯގަންވިލާ އިބްރާހިމް އިސްމާޢީލުގެ ކޮށްކޮއެވެ. ބުނެވޭގޮތުގައި ރައީސް އަންނިގެ ފަރާތުން ވާދަ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ އެމްޑީޕީގެ ރައްޔަތުންގެ މަޖިލިސްގެ މެމްބަރު […]

ބޮޑު ވަޒީރު ޢިމްރާން ޚާން އެމެރިކާ އާއި ހުޅަނގުގެ ބަސް ގަބޫލެއް ނުކުރެއްވި: ރަޝިއާގެ ޚާރިޖީ ވުޒާރާ

ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ފެބުރުއަރީ މަހު ރަޝިއާއަށް ކުރެއްވި ދަތުރުފުޅު ހުއްޓުވަން އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދުން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށް ރަޝިއާގެ ޚާރިޖީ އޮފީހުން ބުނެފިއެވެ. ރަޝިއާގެ ޚާރިޖީ އޮފީހުން ބުނި ގޮތުގައި ޢިމްރާން ޚާނުގެ ރަޝިއާ ދަތުރުފުޅު ހުއްޓުވަން އެމެރިކާ އާއި ޔޫރަޕްގެ އިސް ގައުމުތަކުން ވަރަށް ބޮޑަށް ޢިމްރާނަށް ޕްރެޝަރ ކުރެއްވުމުން ވެސް ޢިމްރާނު ޚާން ވަނީ އޭނާގެ ދަތުރުފުޅު ކުރިއަށް ގެންދަވައި ރަޝިއާއަށް ވަޑައިގެންފައެވެ. ރަޝިއާގެ ޚާރިޖީ އޮފީހުން […]

ފަޅޮލުގެ ފައިދާ

”އެއީ ވިހަ ނައްތާލާ، ވަބާގެ ހޮޑާއި، ބޭރަށް ހިންގުން މަނާކޮށް ނޭވާހިއްލުމާއި، އިސްތިސްގާ ބައްޔާއި،ވައިގެ ގައިގާ ރިހުމާއި، ހުޅުހުޅުގައި ރިހުމާއި ބަވާސީރުގެ ރިހުމާއި އަދި ފިނީގެ ބަލްޣަމްގެ ބަލިތަކާއި، މިއެންމެހާ ކަންކަމަށް ފައިދާކުރާ އެއްޗެކެވެ. އަދި އެއީ ފިނި ފެނުގައި ނުވަތަ މީހުރު ފެނުގައި ގާނައި ބުއިމުން ހޮޑުމަނާކޮށް ވިހަ މަރާ އަދި އޭގެ ތެރެއަށް އަސޭމިރުސް ގޭނުމުން ވަރަށް ފައިދާބޮޑު އެއްޗެކެވެ. ފުނޑައި ގިރައިގެން ބުއިން މޮޅެއް ނޫނެވެ. ދަންނައެ، އޭގެ އެންމެ މޮޅީ އެތެރެ […]

ދިންނެވުމާ ފުއްސެވުމުގެ މައްސަރު ވައްކަން ކުރާމައްސަރަކަށް ހައްދަވައިގެން ނުވާނެ

ރަމަޟާންމަހަކީ ވަގުން ވައްކަން ކުރުމަށް ގިނަފުރުޞަތު ފަހިވެގެންދާ މައްސަރެއްކަމުގައި ވެއެވެ. ރަމަޟާންމަހު މުސްލިމުން ރޭއަޅުކަމުގައި ހޭލާ އުޅުމަށްފަހު ފަތިސްނަމާދު ކޮށްގެން ގެއަށް އައިސް މެންދުރުވަންދެން ނިދާލުމަކީ އާދައެކެވެ. މިގަޑިތަކަކީ ވަގުން މިފަދަ ގޭގެއަށް ފާރަލައިގެން ތިބެ ވައްކަންކުރާ ގަޑިތަކެއްކަން ފާހަގަ ކުރަމެވެ. މީގެ އިތުރުން މާރުކޭޓްގެ ގޮޅިތަކާ ފަޅުއޮޑިފަހަރުން ވެސް ރޯދަމަހު ވައްކަން ކުރުން އިތުރުވެފައިވެއެވެ. ބާޒާރުމަތީގެ ފިހާރަތަކާ ގުދަންތައް ފެޅުންވެސް ރޯދަމަހު ގިނަކަން ފާހަގަކުރަމެވެ. މީގެ އިތުރުން މާރާމާރީގެ މައްސަލަތައްވެސް ރޯދަމަހު އިތުރުވެއެވެ. މާލެއަކީ އެއްމެ […]

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދާ ރާޖަޕަކްޝާ ދުރުކުރުން ގާތް!

މާލަސްތެކެއް ނުވެ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖާޕަކްސާ މަޤާމާއި ދުރަށް ޖެހިވަޑައިގަތުން މަޖުބޫރުވެއްޖެ ކަމުގައި އެ ގައުމުގެ ”ޑެއިލީ މިރާރ“ ބުނެފިއެވެ. މިގޮތަށް ނިންމުމުގެ ފުރުސަތު ބޮޑުވެފައިވަނީ، ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އުފެއްދުމަށް ގައުމުގައި ކުރަމުން ގެންދާ މުޒާހަރާތައް ނިމުމަކަށް ގެނެވެން އޮތީ އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ގޮޓަބަޔާ ރާޖާޕަކްސާ މަގާމުން ދުރުވެގެން ކަމުގައި ވާތީއެވެ. އެގޮތުގެމަތިން ކުރެވުނު މަޝްވަރާތަކުގައި އެދެބޭފުޅުންވެސް އެކަމަށް މަގުފަހަކޮށްދެއްވާނެ ކަމަށް ކޯލިޝަން އޮޕަޒިޝަނުން ބުނެއެވެ. މި […]

ޕާކިސްތަނުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ

  ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާންގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެ ގައުމުގެ ނެޝަނަލް އެސެމްބްލީ (ގާނޫނު ހަދާ މަޖިލިސް) އަށް ހުށަހަޅައި ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލަ ގާނޫނުހަދާ މަޖިލީހުން ނުބެލޭނެ ކަމަށް ނިންމައި މަޖިލީހުން ބޭރުކޮށްފައި ވަނިކޮށް ބޮޑުވަޒީރު ޢިމްރާނު ޚާނުގެ އެދިވަޑައިގަތުމަށް ޕާކިސްތާނުގެ ރައީސް ޑޮކްޓަރ ޢާރިފް ޢަލަވީ ގާނޫނު ހަދާ މަޖިލިސް އުވާލެއްވުމުން އެ ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލި ވެއްޖެއެވެ. ޢިމްރާން ޚާންގެ އިތުބާރުނެތް […]

ރޮބަރޓް ޑިކްސަން ކްރޭން ނުވަތަ ފާރޫގް އަބްދުހައްގު އިސްލާމީ ވަރުގަދަ

ރޮބަރޓް ޑިކްސަން ކްރޭން ނުވަތަ ފާރޫގް އަބްދުހައްގު،މިނަން އަޑު އިވުމުން އެއީ ކާކުކަން ބައެއް މީހުންނަށް ނޭނގިދާނެއެވެ. އެބޭފުޅާއަކީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި މަސައްކަތް ކުރައްވާފައިވާ ވަރަށް ވެސް ހަރުދާޝަހުސިއްޔަތެކެވެ، އެންމެ ފުރިހަމަ މާނައިގައި ޑިޕްލޮމެޓް އެކެވެ. އޭނާ ވަކިން ޚާއްސަކޮން ފާހަގަ ކޮށްލެވެނީ އިސްލާން ދީން ކުރިއަރުވާ ފެތުރުމަށް ވަރަށް ބޮޑަށް މަސްއަކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެމެރިކާގެ ފުރަތަމަ މުސްލިމް އެމްބެސެޑަރގެ ފަޚުރުވެރި ލަގަބް ލިބިވަޑައިގެންފައިވާ ފާރޫގް އަބްދުލް ހައްޤު ވަނީ ރައީސް […]

ޔޫކްރޭނުން ރަޝިއާގެ ތެޔޮ ރައްކާ ކުރާ ތަނަކަށް ހަމަލާ ދީފި

ރަޝިއާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރެއް ރަޝިއާގެ ސަރަހައްދަށް ވަދެ ތެޔޮ ރައްކާކުރާ ތަނަކަށް ވަނީ ހަމަލާ ދީފައެވެ. މިއީ ރަޝިއާއިން ޔޫކްރޭނަށް އެރިފަހުން ރަޝިއާގެ ސަރަހައްދަށް ޔޫކްރޭނުން ދީފައިވާ ފުރަތަމަ ހަމަލާއެވެ. ހުކުރު ދުވަހު މީސްމީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައަ ހެލިކޮޕްޓަރަކުން ގިނަ އަދަދެއްގެ މިސައިލްތަކެއް ތެޔޮ ރައްކާ ކުރާ ސަރަހައްދަކަށް އަމާޒުކޮށް ފޮނުވާލާތަން ފެނެއެވެ. އަދި މި މިސައިލްތަކުގެ ސަބަބުން ބޮޑު އަލިފާންގަނޑެއް އެ ސަރަހައްދުގައި ރޯވާތަންވެސް ފެނިގެންދެއެވެ. މި ވީޑިއޯގެ ސައްހަކަން […]

ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް: ރައީސް ޞާލިޙު

މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާކިޙު ވިދާޅުވެއްޖެއެވެ. ”ހަމައެފަދައިން، ރޯދައިގެ އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް، ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ ނަބަވީ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރާ ބަޔަކަށް ވުމަށް.“ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، […]

އެމެރިކާ އާއި އިޒުރޭލުން އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭނެ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭން އެމެރިކާ އާއި އިޒުރޭލުން ވަނީ އެއްބަސްވެ އަޒުމު ކަނޑައަޅާފައެވެ. މިދިޔަ ހަފުތާގައި އޭނާ އެހެން ވިދާޅުވުމުގެ ކުރިން ވެސް އެމެރިކާ އާއި އިޒުރޭލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލާން އުޅޭކަން މުޅި ދުނިޔެއަށް އޮތީ ގަބޫލު ކުރެވިފައެވެ. އަދި މުސްލިމް ގައުމަކަށް ޚާއްޞަކޮށް މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ ގައުމަކަށް ނިއުކްލިއަ ބޮމެއް ހެދިޔަ ނުދޭން އެމެރިކާ އާއި އިޒުރޭލުން ކޮންމެ […]