ފަޅޮލުގެ ފައިދާ

Loading

Facebook
Twitter
WhatsApp

”އެއީ ވިހަ ނައްތާލާ، ވަބާގެ ހޮޑާއި، ބޭރަށް ހިންގުން މަނާކޮށް ނޭވާހިއްލުމާއި، އިސްތިސްގާ ބައްޔާއި،ވައިގެ ގައިގާ ރިހުމާއި، ހުޅުހުޅުގައި ރިހުމާއި ބަވާސީރުގެ ރިހުމާއި އަދި ފިނީގެ ބަލްޣަމްގެ ބަލިތަކާއި، މިއެންމެހާ ކަންކަމަށް ފައިދާކުރާ އެއްޗެކެވެ. އަދި އެއީ ފިނި ފެނުގައި ނުވަތަ މީހުރު ފެނުގައި ގާނައި ބުއިމުން ހޮޑުމަނާކޮށް ވިހަ މަރާ އަދި އޭގެ ތެރެއަށް އަސޭމިރުސް ގޭނުމުން ވަރަށް ފައިދާބޮޑު އެއްޗެކެވެ. ފުނޑައި ގިރައިގެން ބުއިން މޮޅެއް ނޫނެވެ. ދަންނައެ، އޭގެ އެންމެ މޮޅީ އެތެރެ މުޅިން ނުފުރިހުންނަ ވަޒަނުން ބަރު ބޭރުކަޅުކުލަ ގަދަ ނުވަތަ ދޮންވީމާ ކެލައިިިިިިގެ ކުލަޔާއި ގާތް ބާވަތެވެ“.

ފަޅޮލުގައި ހުންނަ ފައިބަރ ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާއި ތަތްވެ އެވިހަތައް ގޮހޮރާއި ގާތްވިޔަނުދީ ހިފަހަށްޓައިދެއެވެ. މީގެ އިތުރުން ފޮލިކް އެސިޑް ވިޓަމިން ސީ، ވިޓަމިން ބީ، އަދި ބީޓާ ކެރޮޓިން އެކުލެވުމުގެ ސަބަބުން ގޮހޮރު ކެންސަރުޖެހުން ފަޅޯ ކެއުމުން ކުޑަކޮށްދޭ ކަމުގައިވެއެވެ.

ފަޅޮލުގައި ބީޓާ ކްރިޕްޓޯޒެންތިން ކިޔާ މާއްދާއެއްވެސް އެކުލެވިގެން ވެއެވެ. ބީޓާ ކްރިޕޓޯޒެންތިން ހަށިގަނޑަށް ރަނގަޅަށް ދަމާނީ ފެޓް އެކުލެވިގެންވާ ކާނާއާއި އެކުގައިވާތީ ވަކިން ކެއުމަށްވުރެ ބޮޑަށް އެދެވިގެންވަނީ ކެއުމުގެ ތެރޭގައި އެހެން އެއްޗަކާއިއެކު ފަޅޯކެއުމެވެ. މިގޮތުން ފަޅޯ ސަލަޑް މިހާރަކަށްއައިސް ގިނަބަޔަކު ބޭނުންކުރާ މީރު ސެލަޑަކަށްވެފައި ވެއެވެ. ފަޅޮލުގައި ފައިބަރ އެކުލެވިގެންވުމުގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ.

ފަޅޮލުގައި ބާރުގަދަ ތިން އެންޓިއޮކްސިޑެންޓްއެއް އެކުލެވިގެން ވެއެވެ. އެއީ ވިޓަމިން ސީ، އަދި ބީޓާ ކެރޮޓީންއެވެ. މިބުނެވުނު މާއްދާގެ ސަބަބުން ކޮލެސްޓްރޯލް“އޮކްސިޑައިޒް“ ވުމަށް ހުރަސް އަޅައެވެ. ކޮލެސްޓްރޯލް އޮކްސިޑައިޒް ވެގެން މެނުވީ ލޭހޯޅީގެ ފާރުގައި ތަތްވެ، ކޮބަޑިގަނޑެއްގެ ސިފައަށް ޖަމާއެއް ނުވާނެއެވެ. މިގޮތަށް ޖަމާވެއްޖެނަމަ ލޭހޮޅި ހަރުވުން ކުރިމަތިވާގޮތް މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވާތޮގް ވެއެވެ. އެހެންކަމުން ފަޅޯ ގިނަގިނައިން ކެއުމުގައި ބޭނުންކުރެވޭނަމަ ހިތުގެ މިފަދަ މައްސަލަތަކުން މިންޖު ކޮށްދޭނެއެވެ.

 

ފަޅޮލުގައި ހިމެނޭ އެންޒައިމްތަކުގެ ސަބަބުން އާދައިގެ އިންފްލެމޭޝަން ތަކުން ހަށިގަނޑު ޙިމާޔަތްކޮށް އަދި ފިހިފައިހުންނަ ތަންތަން ރަނގަޅުވުންވެސް އަވަސްވެދެއެވެ. ހުޅުތައް ދުޅަވުން، އަރިދަފުސް ރޯގާ، އިންފްލެއެންޒާ އަދި މިނޫނަސް ތަފާތު އިންފެކްޝަންތަކުން ހަށިގަނޑު ހިމާޔަތް ކުރުމުގައި ފަޅޮލުގައި އެކުލެވޭ މާއްދާތައް އެނހީތެރިވެ ދެއެވެ. ބަނޑު ހިއްކުން، އެސިޑް ގިނަވުން، އަދި ބަޑުގައި ވައިހެދި ފުފުންފަދަ ކަންތައްތަކަށް ފަރުވާއެއްގެ ގޮތުގައިވެސް ފަޅޯ ވަރަށް ފުރިހަމައެވެ.

Loading

One Response

  1. އަވަހަށް ފަޅޯ ކާން ފަށަންވީއެވެ. ސިއްޙަތު ސަލާމަތުން ހުރުމަކީ ޙާސް ނިޢުމަތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް