ބޮޑު ވަޒީރު ޢިމްރާން ޚާން އެމެރިކާ އާއި ހުޅަނގުގެ ބަސް ގަބޫލެއް ނުކުރެއްވި: ރަޝިއާގެ ޚާރިޖީ ވުޒާރާ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ފެބުރުއަރީ މަހު ރަޝިއާއަށް ކުރެއްވި ދަތުރުފުޅު ހުއްޓުވަން އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދުން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށް ރަޝިއާގެ ޚާރިޖީ އޮފީހުން ބުނެފިއެވެ.

ރަޝިއާގެ ޚާރިޖީ އޮފީހުން ބުނި ގޮތުގައި ޢިމްރާން ޚާނުގެ ރަޝިއާ ދަތުރުފުޅު ހުއްޓުވަން އެމެރިކާ އާއި ޔޫރަޕްގެ އިސް ގައުމުތަކުން ވަރަށް ބޮޑަށް ޢިމްރާނަށް ޕްރެޝަރ ކުރެއްވުމުން ވެސް ޢިމްރާނު ޚާން ވަނީ އޭނާގެ ދަތުރުފުޅު ކުރިއަށް ގެންދަވައި ރަޝިއާއަށް ވަޑައިގެންފައެވެ.

ރަޝިއާގެ ޚާރިޖީ އޮފީހުން ހާމަކުރިގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު އަދި ދެކުނު އޭޝިއާގެ ކަންތަކާ ގުޅޭ އެންމެ އިސްވެރިޔާ ޑޮނަލްޑް ލިޔޫ ވަނީ ވޮޝަންޓަންގައި ހުންނަވާ ޕާކިސްތާނުގެ ސަފީރާ ބައްދަލުކުރައްވައި ޢިމްރާން ޚާންގެ ދަތުރު ހުއްޓާލެއްވުމަށް އަންގަވާފައެވެ. ނަމަވެސް ޢިމްރާން ޚާން އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދުގެ ފިއްތުންތަކާއި ބިރުދެއްކެވުމަށް ބެއްލެވުމެއްނެތި ރަޝިއާއަށް ވަޑައިގެން ރައީސް ޕުޓިންއާ ބައްދަލު ކުރެއްވިއެވެ.

ޔޫކްރޭން ހަނގުރާމަ ފެށުމުގެ އެއްދުވަސް ކުރިން ވެސް ޢިމްރާން ހުންނެވީ ރަޝިއާގައެވެ.

ރަޝިއާގެ ޚާރިޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިމްރާން ޚާން ރަޝިއާއަށް ވަޑައިގަތުމުން ހުޅަނގުގެ ގައުމުތަކުގެ އިތުރަށް އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އަދި ޢިމްރާން ޚާނަކީ ”ބަސް ގަބޫލު ނުކުރައްވާ ބޭފުޅެއް“ ކަމަށް ކަނޑައަޅައި މަގާމުން ދުރުކުރުމަށް އެމެރިކާއިން ވަނީ ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ނަތީޖާއަކަށްވީ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު ޢިމްރާނު ޚާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ޕާޓީތަކުން ހުށަހެޅުމެވެ. އަދި ބޮޑު އަގުގައި މެންބަރުން ގަނެ ޢިމްރާނާ ދެކޮޅަށް ވޯޓުދޭނޭ ބަޔަކު ހޯދުމެވެ.

ޢިމްރާން ޚާނަކީ ހައްގާއި އިންސާފަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއް

ޢިމްރާން ޚާން ވެސް ވަނީ އޭނާ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ދަނީ ބޮޑު ބާރެއްގެ އެހީތެރިކަމުގައި ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އަދި އޭނާއަށް ބިރުދައްކަވާކަމަށާއި އޭނާގެ ޕާޓީގެ ބައެއް މެންބަރުންނަށް އެތައް މިލިއަން ރުފިޔާ ދީގެން ގަނެފައިވާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޢިމްރާން ޚާންގެ އެދިވަޑައިގަތުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް ގައުމުގެ ރައީސް ވަނީ އުވާލައްވާފައެވެ. އަދި ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކުން ޢިމްރާން ޚާނުގެ އިތުބާރެއް ނެތްކަމަށް ގާނޫނު ހަދާ މަޖިލިހުގައި ނަގަން އުޅުނު ވޯޓަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބް ރައީސް ވަނީ އެމައްސަލަ މަޖިލީހުން ނުބެލޭނެކަމަށް ނިންމަވާފައެވެ. އެކަމާ ގުޅިގެން އެ މައްސަލަ މިހާރު ވަނީ ޕާކިސްތާނުގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ޢިމްރާން ޚާނަކީ ހައްގާއި އިންސާފަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި މުސްލިމުންނާ މެދު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ އަނިޔާވެރިކަން ނިމުމަކަށް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް