އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުން ދެރައީސުންގެ ތާއީދު އަޅާކިރާލެވޭނެ

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މިފަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ ރައީސް އިބޫގެ ފަރާތުން ނެރޭ ކެންޑިޑޭޓަކާއި ރައީސް އަންނިގެ ފަރާތުން ނެރޭ ކެންޑިޑޭޓެކެވެ.

މިއީ އެމްޑީޕީގެ ބައެއްމެންބަރުން ބުނެދޭ ގޮތެވެ. ރައީސް އިބޫގެގެ ފަރާތުން ވާދަކުރަނީ ރާއްޖޭގެ އެކޮނަމިކް މިނިސްޓަރ އަލްއުސްތާޒު ފައްޔާޒު އިސްމާޢީލެވެ. ފައްޔާޒު އިސްމާޢީލަކީ މއ. ބޯގަންވިލާ އިބްރާހިމް އިސްމާޢީލުގެ ކޮށްކޮއެވެ. ބުނެވޭގޮތުގައި ރައީސް އަންނިގެ ފަރާތުން ވާދަ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ އެމްޑީޕީގެ ރައްޔަތުންގެ މަޖިލިސްގެ މެމްބަރު މ.ފިނިވާގޭ އަލްއުސްތާޒު އިމްތިޔާޒު ފަހުމީއެވެ. ދެބޭފުޅުންނަކީ ވެސް އުސްތާޒުންނެވެ. އިމްތިޔާޒުފަހުމީ އަކީ އެމްޑީޕީ ވުޖޫދު ވީއްސުރެ އެމްޑީޕީގެ ލީޑަރ ޝިޕްގައި ވަރަށް އިޚުލާސް ތެރިކަމާ ކެތްތެރިކަމާއިއެކު މަސައްކަތް ކުރައްވަމުން އަންނަބޭފުޅެކެވެ. ފައްޔާޒު އިސްމާޢީލް އަކީ މިސަރުކާރުގެ އިކޮނަމިކް މިނިސްޓަރަށް ވީތީ އެމްޑީޕީ ގެ މެންބަރެއްކަމަށް އަނެއް ކޭމްޕުން ބުނެތެވެ.

އެމްޑީޕީ ގެ ޗެއަރޕާސަން ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެމްޑީޕީ އެއްގަލެއްގެ މަތީގައި ސާބިތުކޮށްދެއްވި އެއް ބޭފުޅަކީ ރީކޯ މޫސާ މަނިކު އެވެ. ރިކޯ މޫސަގެ ދައުރުނިމުނު ހިސާބުން އެމްޑީޕީ ގިނަމެންބަރުން ޕާޓީއާ ދުރަށް ޖެހެމުން ދިޔައެވެ. ނަމަވެސް ރައީސް އަންނިގެ މިންނެތް ބުރަމަސައްކަތުގެ ސަބުން މިވެރިކަން ފެށުމާ ހަމައަށް ޕާޓީ އޮތީ ބަދަހިގުޅުމެއްގެ ތެރޭގައިކަމަށް ދެކެމެވެ.

މިއަދަކީ އެމްޑީޕީގެ މުޅި ޙަޔާތުގައި ވެސް ކުރިމަތި ވެފައި ނުވާފަދަ ހިތާމަވެރި ދުވަހެކެވެ. އެހެނީ އެމްޑީޕީގެ ރައީސާއި ކޯލިޝަން ސަރުކާރުގެ ރައީސް އާދެމެދު ޚަބަރު ފަތުރާގޮތުގައި މިއުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު ޕާޓީގެ ޢާންމު މެންބަރުންނަށް ފޯރައި ފެކްޝަން ތަކަކަށް ބެހިފައި ވާތީއެވެ.

ނަތީޖާއަކީ ޕާޓީގެ މެންބަރުން އެހެނިހެން ސިޔާސީ ޕާޓީތަކާ ގުޅި އެމްޑީޕީ އާ ދުރަށް ދިއުމެވެ. ޕާޓީދެކެ ލޯބިވާ ޕާޓީގެ ފިކުރަށް ތާއީދު ކުރާ ގިނަބަޔަކު އަދިވެސް ތިބީ ރައީސް އަންނި (ނަޝީދު)ގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

ކޮންމެއަކަސް އެމްޑީޕީގެ ގްރާސް ރޫޓުގައި ޙަރަކާތްތެރިވި ޕާޓީދެކެ ލޯބިވާ ގިނަ މެންބަރުން ތިބީ އަދިވެސް ރައީސް ނަޝީދު އާއި އެކުގައިކަމަށް ބެލެވެއެވެ. އެހެންކަމުން ދެ ރައީސުން އެމްޑީޕީގެ ޗެއާޕާސަން ކަނޑައެޅުމުގެ އިންތިޚާބަށް ނެރުއްވި ދެބޭފުޅުންގެ ތެރެއިން ގިނަމެންބަރުން ތާއީދު ކުރަނީ ރައީސް ނަޝީދުގެ ފަރާތް ޕުޅުން ވާދަ ކުރައްވާ އިމްތިޔާޒު ފަހުމީއަށް ކަމަށް ގިނަ މެންބަރުން ވަކާލާތު ކުރެއެވެ.

މި އިންތިޚާބުގެ ނަތީޖާއަކަށްވާނީ ދެރައީސުންގެ މައްޗަށް ޕާޓީގެ ޢާންމު މެންބަރުން ރުހުމާއި ލޯބި އޮތްވަރު ހާމަވެގެން ދިއުމެވެ. އެގޮތުންވެސް ހިތްހަމަނުޖެހޭ މެމްބަރުން ސައިޑު ނަންގަވައި ގުޅިގެން އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ އެނެއް ޕީ.އެން.ސީ އުފެދުމުގެ ޗާންސް ވަރަށް ބޮޑެވެ. ޕީއެންސީ އަކީ ކުރީގެ ރައީސް މައުމޫނާއި ކޮށްކޯފުޅު ކުރީގެ ރައީސް ޔާމީނުގެ ކޯޅުންގަނޑުގެ ތެރެއިން އުފަންވީ ޕާޓީއެވެ.

އަސްލު އެމްޑީޕީ އަކީ ވައްކަމާ ކޮރަޕްޝަނާ އަނިޔާއާ ދެކޮޅަށް އަބަދުވެސް ވާހަކަ ދައްކާ ޕާޓީއެކެވެ. އެހެންކަމަށް ވާ އިރު އެމްޑީޕީގެ ޗެއާރޕާސަން ކަމުގެމަގާމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ވާން ޖެހޭނީ އެމްޑީޕީގެ ލޯގޯއިން ރަމްޒުކޮށްދޭ ފަދަ ޕާޓީއަށް ތެދުވެރި އިޚުލާސް ތެރި ބޭފުޅަކަށެވެ.

ނިމިދިޔަ ވެރިކަމާ މިހާރު ހިނގަމުން މިދާވެރިކަމުގައި ހިނގާދިޔަ އެންމެބޮޑު ދެ ޚިޔާނާތަކީ އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތާ މިސަރުކާރުގެ ވެންޓިލޭޓަރުތަކުގެ ބޮޑު ޚިޔާނާތެވެ. އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާތަށް ބަލާއިރު އެ ޚިޔާނާތުގެ ފައިސާ ނުލިބޭ މެންބަރަކު ހަމަ ނެތޭވެސް މިހާރު ބުނުމަކުން ދޮގުކުރެވޭކަށް ނެތެވެ. އެހެނީ އެބޮޑު ޚިޔާނާތުގެ ފައިސާ ލިބިފައިވާ އެންމެންގެ ލިސްޓް ސަރުކާރަށް އަދި މަޖިލީސް ރައީސް އަށްވެސް އެނގޭކަމެވެ. އޭގެ ތެރޭގައިއެމްޑީޕީއާ އަދި މިހާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާޕާޓީތަކުގެ ގިނަ މެންބަރުންނަށް މިދެންނެވި ޚިޔާނާތްތަކުގެ ފައިސާ ލިބިފައިވާކަން ކަށަވަރެވެ. މަޖިލީސްގެ ނައިބު ރައީސް އީވާ ވިދާޅުވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް އެފައިސާގައި ޖެހި ބޭނުންކޮށްފައިވާކަމަށެވެ. ވީއިރު ބޮޑު ސުވާލަކީ އެއްވެސް ވަރަކަށް އެބިޔަ ވައްކަމުގައި ބައިވެރިވާ މީހުން އެނގިތިބެމެ ގަސްދުގައި ގާނޫނު އެމީހުންގެ މައްޗަށް ނުހިންގަނީ ކީއްވެބާވައެވެ؟

އެމްޑީޕީ އުފެދުނީއްސުރެ އިމްތިޔާޒު ފަހުމީ ޕާޓީގެ ލޯގޯއަށް ކުރަމުންގެންދާ އިޙުތިރާމަކީ އެމްޑީޕީގެ ޢާންމު މެންބަރުން އެ މަނިކުފާނަށްޓަކާ ފަޚުރުވެރިވާ އެއްސަބަބެވެ. ދުވަހަކުވެސް ޕާޓީގެ އަގުވެއްޓޭފަދަ ކަމެއް ނުކުރައްވައެވެ. އެފަދަ އެވެސް ވައްކަމެއްގައި ބައިވެރިވެފައެއް ނުވެއެވެ. އިންތި އަކީ ފަސްބައި ނުހަނުސާފު އެމްޑީޕީގެ މިފަދަ މަގާމަކަށް ހެސްކިޔާފަ ރަނގަޅު ބޭފުޅެއްކަން އެމްޑީޕީގެ ހެޔޮވިސްނޭ ހުރިހާ ބޭފުޅުންގަބޫލު ކުރެއެވެ.

އެމްޑީޕީގެ ލޯގޯ އަކީ ތިލަފަތެވެ. ހަމަހަމަ ކަމާ ތެދުވެރިކަން ހާމަކޮށްދޭ ރަމްޒެކެވެ.

އަނެއްކޮޅުން އެމްޑީޕީގެ އަސްލު ފިކުރަކީ ރައްޔިތުމީހާގެ ގާތަށް ގޮސް އެ ރައްޔިތުމީހާގެ އިޙުސާސް ތަށް ދެނެގަނެ އެމީހާގެ އަޑު އަހާ ރައްޔިތުމީހާގެ އިހުސާސްތަކަށް ގަދަރު ކޮށް ރައްޔިތުންފުދުންތެރި ބަޔަކަށް ހެދުމެވެ.

އެންމެން އެކުވެރިކޮށް އެއްބައިވަންތަ ބަޔަކަށް ހެދުމަކީ އެމްޑީޕީގެ މޮޓޯއެވެ. ޢަދުލުއިންޞާފު ގާއިމްކޮށް ރައްޔިތުންނަށް އިންޞާފު ހޯދައި ދިނުމަކީ އެމްޑީޕީ އަބަދުވެސް ވަމުންގެންދާ ވަޢުދެކެވެ.

އެމްޑީޕީގެ ވަޢުދުތައް ފުއްދޭނީއެމްޑީޕީގެ ފިކުރުގަބޫލު ކުރާ އިޚުލާޞްތެރި ބޭފުޅަކަން ކަށަވަތެވެ. ޕާޓީގެ ގިނަ މެމްބަރުން ބުނަނީ އެބޭފުޅަކީ އިންތިއެވެ.

 

 

 

Loading

3 Responses

  1. ތިލަފަތުގައި ހުރީ ބުމްބާމީހުން ކުރީޒަމާނުގައި މަސްކިރާހެން ކައްޓާއަށް މަކަރުހަދާފައެވެ. އެއްކޮޅަށް ބަރުވެ ޢަދުއިންސާފުގެ ކަންފުޅެއްވެސް ނެތެވެ. ވެރިކަން ބޭނުންވީމާ ބާޢީން ގާޒީނަށް ހަދާ ތިލަފަތް ފުނޑާލައިފިއެވެ. މާލިމީ އަކީ ހަމަ އޭނަ ނޫންތޯއެވެ. ފަހަލައަށް ބޮޑަށް އެނގޭނީދޯ؟

  2. ހޮވުންގާތީ ފައްޔާޒް. އެއީ އަނެއް ފްކްޝަނުން ބުނާގޮތުން އެއީ އެމްޑީޕީގެ ބުރޯ. އެހެންކަމަށް ވަންޏާ ބުރޯ އަތުގައި އޭޓީއެމް ކާޑް އޮންނާނީ. އޭޓީއެމް ކާޑު ގައި މިހާރު ބާރުގަދަވާނީ. ކޮންމެ މީހަކުވެސް ފައިސާ ފޮއްޗެއްގެ ފަހަތުން ދުވާ ޒަމާން. އެމީހެއްގެވަރުން ހަލާލު ޙަރާމެއް ބެލުމެއްނެތި ހަބޭސް! އެ ހެޔޮ ގައުމު ވިއްކާލައިގެންވެސް ތިމާއަށް އުފަލާއި އަރާމު ކޮށް އުޅެ ލެވުނީމާ. ނޫންތޯ؟ ސޯ ފައްޔާޒް ވިން. ބަލަމާ؟؟!

  3. އެމް.ޑީ.ޕީ. އަކީ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާއާއި ދެކޮޅަށް އަބަދުވެސް ވާހަކަ ދައްކާޕާރޓީއެކެވެ. ދެން މި ވިދާޅުވަނީ ބޮޑުޚިޔާނާތުގެ ފައިސާވެސް ބައެއް މެމްބަރުން ބޭނުންކުރެއްވިކަމަށެވެ. މެމްބަރުންނަކީ އެމް.ޑީ.ޕީ. ގެ މައިސޯބުތައް ކަމަށް ވަނީނަމަ ދެންހުރި ސޯބުތައް އެނބުރޭނެ ގޮތެއް ނުލިއުއްވިސް އެނގޭނެތީ ދޫކޮށްލާފައި އޮތީ ހެން ހީވެއެވެ. ޕާރޓީގެ މެމްބަރަކު އައިކަމެއްގައި އެހީތެރިވެ ވަޑައިގެން ދެއްވާނެ ކަމާއި އެހެންމީހަކު އަތުވެއްޖެއްޔާ މަގޭ ހުރި ނުލަފާކަން ދައްކާލާނަމޭ އަދި ފުލުހުންގައިގާ ތަޅާލާނެ ކުދިންކޮޅެއް ނެރުމުގެ ވާހަކަ އަކީވެސް އެމް.ޑީ.ޕީ. ގެ އިސް ސަފުން ފާޅުވެގެން އައި ކަންތަކެވެ. އެހެންކަމުން ލިއުންތެރިޔާ ވިދާޅުވިފަދައިން ވައްކަމާ ކޮރަޕްޝަނާއި އަނިޔާއާއި ދެކޮޅަށް ވާހަކަ ދެއްކިޔަސް މަގްސަދު ތަފާތުހެން ހީވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް