ޔޫކްރޭނުން ރަޝިއާގެ ތެޔޮ ރައްކާ ކުރާ ތަނަކަށް ހަމަލާ ދީފި

Loading

Facebook
Twitter
WhatsApp
In this handout photo released by Russian Emergency Ministry Press Service on Friday, April 1, 2022, a view of the site of fire at an oil depot in Belgorod region, Russia. The governor of the Russian border region of Belgorod accused Ukraine of flying helicopter gunships into Russian territory and striking an oil depot Friday morning. The depot is run by Russian energy giant Roseneft about 21 miles from the border. The governor says it was set ablaze by the attack that left two people injured. If confirmed, it would be the first attack of its kind by Ukrainian forces inside Russia. (Russian Emergency Ministry Press Service via AP)

ރަޝިއާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރެއް ރަޝިއާގެ ސަރަހައްދަށް ވަދެ ތެޔޮ ރައްކާކުރާ ތަނަކަށް ވަނީ ހަމަލާ ދީފައެވެ. މިއީ ރަޝިއާއިން ޔޫކްރޭނަށް އެރިފަހުން ރަޝިއާގެ ސަރަހައްދަށް ޔޫކްރޭނުން ދީފައިވާ ފުރަތަމަ ހަމަލާއެވެ.

ހުކުރު ދުވަހު މީސްމީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައަ ހެލިކޮޕްޓަރަކުން ގިނަ އަދަދެއްގެ މިސައިލްތަކެއް ތެޔޮ ރައްކާ ކުރާ ސަރަހައްދަކަށް އަމާޒުކޮށް ފޮނުވާލާތަން ފެނެއެވެ. އަދި މި މިސައިލްތަކުގެ ސަބަބުން ބޮޑު އަލިފާންގަނޑެއް އެ ސަރަހައްދުގައި ރޯވާތަންވެސް ފެނިގެންދެއެވެ. މި ވީޑިއޯގެ ސައްހަކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ކްރެމްލިންގެ ތަރުޖަމާނު، ޑްމިޓްރިވް ޕެސްކޮވް ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ވިދާޅުވިގޮތުގައި ޔޫކްރޭން ބޯޑަރުން 35 ކިލޯމީޓަރު އެތެރޭގައިވާ ބެލްގޮރޮޑް ސަރަހައްދުގައި ހުރި ތެޔޮ ރައްކާ ކުރާ ތަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ރަޝިއާއިން ވަނީ ފަސްޖެހިފައެވެ. ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑްމިޓްރޯ ކުލެބާ، ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހަމަލާދީފައި ވާކަން ކަށަވަރު ކޮށްދެވޭވަރަށް އޭނާއަކަށް މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށެވެ.

ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރެއް ކުޑަ އެލްޓިޓިއުޑްއެއްގައި ދުއްވާފައި އައިސް ތެޔޮ ރައްކާ ކުރާ ތަނަކަށް ހަމަލާ ދީފައިވާ ކަމަށް ބެލްގޮރޮޑްގެ ގަވަނަރު ވަނީ ޓެލެގްރާމްގައި ލިޔުއްވާފައެވެ. ގަވަނަރު ގްލަޑްކޮވް ޓެލެގްރާމްގައި ލިޔުއްވާފައިވާ ގޮތުގައި މި ހަމަލާގެ ސަބަބުން އެ ތަނުގައި ވަނީ ބޮޑު އަލިފާންގަނޑެއް ރޯވެފައެވެ. އަދި އޭގެ ސަބަބުން 2 މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބި، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކު ވަނީ އެ ސަރަހައްދުން ދުރަށްދާން މަޖުބޫރުވެފައެވެ.

މީގެ ކުރިން ބެލްގޮރޮޑް ސަރަހައްދަށް ޔޫކްރޭނުގެ ބޮންތަކެއް ވެއްޓިފައިވި ނަމަވެސް މިއީ އެ ސަރަހައްދަށް އަމާޒުކޮށް ޔޫކްރޭނުން ދީފައިވާ ފުރަތަމަ ހަމަލާކަމަށް ނޫސްވެރިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާގައި ތެޔޮ ގުދަންތަކަށް ބޮޑު ގެއްލުންތަކެއް ލިބިފައިވި ނަމަވެސް އެ ސަރަހައްދުގެ ތެޔޮ ސަޕްލައިއަށް ބޮޑު ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް ރަޝިއާގެ އެނާޖީ މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. އަދި ގިނަ އަދަދެއް ތެޔޮ އެއްފަހަރާ ނުގަތުމަށްވެސް ގިނަ އޮފިޝަލުން ދަނީ ނަސޭހަތްތެރި ވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް