ރޮބަރޓް ޑިކްސަން ކްރޭން ނުވަތަ ފާރޫގް އަބްދުހައްގު އިސްލާމީ ވަރުގަދަ

Loading

Facebook
Twitter
WhatsApp

ރޮބަރޓް ޑިކްސަން ކްރޭން ނުވަތަ ފާރޫގް އަބްދުހައްގު،މިނަން އަޑު އިވުމުން އެއީ ކާކުކަން ބައެއް މީހުންނަށް ނޭނގިދާނެއެވެ. އެބޭފުޅާއަކީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި މަސައްކަތް ކުރައްވާފައިވާ ވަރަށް ވެސް ހަރުދާޝަހުސިއްޔަތެކެވެ، އެންމެ ފުރިހަމަ މާނައިގައި ޑިޕްލޮމެޓް އެކެވެ. އޭނާ ވަކިން ޚާއްސަކޮން ފާހަގަ ކޮށްލެވެނީ އިސްލާން ދީން ކުރިއަރުވާ ފެތުރުމަށް ވަރަށް ބޮޑަށް މަސްއަކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އެމެރިކާގެ ފުރަތަމަ މުސްލިމް އެމްބެސެޑަރގެ ފަޚުރުވެރި ލަގަބް ލިބިވަޑައިގެންފައިވާ ފާރޫގް އަބްދުލް ހައްޤު ވަނީ ރައީސް ރިޗަރޑް ނިކްސަން ގެ އެޑްވައިޒަރ އެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.ސިޔާސީ ކެރިއަރގެ ބޭރުން އެބޭފުޅާއަކީ އެކެޑެމިކް އެއް، ލިއުންތެރިއެއް އަދި އިސްލާމް ދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ވަރުގަދަ އެކްޓިވިސްޓެއްވެސް މެއެވެ. އޭނާގެ ސިޔާސީ މަސައްކަތް ޕުޅުގައިވެސް އެހެން މީހުންނާ އެންމެ ތަފަތުވާ އެއްކަމަކީ އިސްލާމް ދީނަށް އޭނާ ބަހައްޓަވާ ޝައުގުވެރިކަން ކަމަށް ވެއެވެ.އޭނާގެ ހަޔާތްޕުޅަށް ބޮޑު ބަދަލެއްގެނުވީ ވަޒީފާގެ ގޮތުން ބަހްރެއިން ގައި ހުންނަވަން ޖެހިވަޑައިގެންނެވި ދުވަސްވަރު ބައްދަލްވި ”ފުރިހަމަ“ މުސްލިމް އެއްގެ ފުށުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.އެބައްދަލް ވުމުގައި ދީނުގެ އެހެން ވާހަކަ ތައްދެއްކުމުގެ ތެރޭ ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމާބެހޭ ގޮތުން ދެކެވުނު ވާހަކަ ތަކުން އޭނާގެ ހިތްޕުޅު މުޅިން ބަދަވި ކަމަށް އޭނާ ލިއުއްވާފައި ވެއެވެ.އޭރު އޭނާގެ އުމުރުފުޅުން 50 އަހަރެވެ.

”އުމުރުން ފަސް އަހަރުން ފެށިގެންވެސް، އެކިފަހަރު ބަދަލު ވިއެއްކަމަކު، އަޅުގަޑަށް ހުރެވުނީ ﷲގެ މަގުގައިކަން އަޅުގަޑަށް ބުނެދިނީ އޭނާ. އެދުވަހުން ފެށިގެން އަޅުގަޑުހިތުގެ އަޑިން ގަބޫލުކުރިން އަޅުގަޑު އަޅުކަން ކުރާނީ ﷲއަށް ކަމަށް“ ފާރޫގް އަބްދުލް ހައްޤު ލިއުއްވާފައިވެއެވެ.

ވަޒީފާގެ ގޮތުން ނުފޫޒު ހުރި މަގާމެއްގައި ހުންނެވުމާއިއެކު އެހާހަމައިން އޭނާ މަސައްކަތްޕުޅު ދެންއަމާޒު ކުރެއްވީ އެމެރިކާއާއި މުސްލިމް ގައުމުތަކާ ދެމެދު އޮތް ގުޅުން ރަގަޅު ކުރެއްވުމަށެވެ. މިގޮތުން އަފްޢާނިސްތާންގެ އެންމެ ކަންތައްގަޑު ބޮޑު ދުވަސްވަރު އެގައުމަށް ވަޑައިގަތުމަށް ވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެހެން ބައެއްބޭފުޅުން ރުހުން ނުލިބިގެން އެކަން ހަމަޖެހިފައެއް ނުވެއެވެ.

 އިސްލާމް ދީމް ފަތުރުއްވަވާ ދީނުގެ ކަންތައް ގިނަބަޔަކަށް އޮޅުން ފިލުވާދެއްވުމަށް ފާރޫގް އަބްދުލް ހައްޤު ފެއްޓެވި މަސައްކަތުގެ ތެރޭން އެމެރިކާގެ އެތައް މުސްލިމް ކައުންސިލް ތަކަކަށާ އިންސްޓިޓިއުޓް ތަކަކަށް އޭނާ މަސައްކަތް ކޮށްދެއްވާފައި ވެއެވެ. އަދި ދީނާ ބެހޭ އެތައް ލިއުއްވުން ތަކަކާ ފޮތް ތަކެއް ޕަބްލިޝް ކުރައްވާފައި ވެއެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތްޕުޅަކަށްވީ އެމެރިކާއަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްދެވުނު ސެޕްޓެމްބަރ އެގާރަ ހާދިސާއަށް ފަހު އެމެރިކާގައި މުސްލިމުންނާމެދު އުފެދިގެން ދިދަ ނަފްރަތުގެ ހުޅުގަޑު ނިއްވާލުމަށް ކުރެއްވި މަސައްކަތް ޕުޅެވެ.

ހިތާމަވެރި ޚަބަރަކީ ފާރޫގް އަބްދުލް ހައްޤު އުމުރު ފުޅުން 92 އަހަރުގައި މިދިޔަހަފްތާގައި އަވަހާރަވެފައި ވާކަމެވެ.އޭނާ ނެތި ދިއުމަކީ އެމެރިކާގެ އިތުރުން މުޅި މުސްލިމް އުންމަތަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ. މުސްކުޅި އުމުރު ފުޅަށް ދަންދެން އިސްލާން ދީނަށްޓަކައި ފާރޫގް އަބްދުލް ހައްޤު ކުރެއްވި މަސައްކަތު ހެޔޮޖަޒާ އޭނާއަށް މިންވަރުކޮށްދެއްވައި އޭނާއަށް ސުވަރުގެ މިންވަރު ކޮށްދެއްވާށި. އާމީން

Loading

One Response

  1. ދެރައީ އަހަރެމެންގެ ތެރޭގައި ގިނައީ މަމޮޅު ހެދިގެން އުޅޭ ޓްވިޓަރު ޝޭޚުން ކަމެވެ. ޢިލްމީ ޑިބޭޓަކަށް ޖާގައެއްނެތެވެ. އަދި އެވަރުގެ ޢިލްމީ ދީންނީ ޢިލްމުވެރިންވެސް ރާއްޖޭގައި މަދުކަމެވެ. ރޯދަމަހުގެ ހެޔޮދުޢާ އެންމެހާ ކިޔުންތެރީންނަށް އަރިސްކުރަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް