ތައިވާން ވަކި ގައުމެއްގެ ގޮތުގައި ބަލާ ނުގަންނާނެ ކަމަށް ޗައިނާއިން ބުނެފި

ޗައިނާގެ ޕީޕްލްސް ލިބެރޭޝަން އާމީގެ ފަރާތުން ވާހަކަދައްކަވަމުން، ތަރުޖަމާނު ވޫ ޗިއާން ވިދާޅުވި ގޮތުގައި ތައިވާންގައި ދިރިއުޅޭ ރައްޔިތުންނާއި ޗައިނާގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ނެތެވެ. އެހެންކަމުން ބޭރު ގައުމުތަކުން ތައިވާން މިނިވަން ގައުމެއްގެ ގޮތުގައި ހަދަން ކުރާ މަސައްކަތް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗިއާން ވިދާޅުވި ގޮތުގައި ޗައިނާގެ އަސްކަރިއްޔާގެ އުންމީދަކީ ސުލްހަވެރި ކަމާ އެކު ތައިވާންއާ އަލުން […]
ކުރިއަށް އޮތްތަނުގައި ޔޫކްރޭނަށް ހަތިޔާރު ދިނުން އުނދަގޫވާނެ: އެމެރިކާ

ޔޫކްރޭނަށް ދޭން ބޭނުންވާ ހަތިޔާރު އެ ގައުމަށް ފޮނުވުމަކީ ކުރިއަށް އޮތްތަނުގައި އުނދަގޫ ކަމަކަށް ވާނޭކަމުގައި އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނާއިބު ވެންޑީ ޝާރމަން ވިދާޅުވި ގޮތުގައި ކުރިން ޔޫކުރޭނަށް ހަތިޔާރު ފޮނުވުމުގައި ކާމިޔާބީތަކެއް ލިބިފައިވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކުރަން ވަރަށް އުނދަގޫ ވާނެއެވެ. ރަޝިޔާއިން ޔޫކްރޭނަށް ހަމަލާ ދިނުމުގެ ކުރީންނާއި އަދި އޭގެ ފަހުން ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔޫކްރޭނަށް ގިނައަދަދަކަށް ހަތިޔާރު ފޮނުވާފައިވެއެވެ. ނަމަވެސް ޔޫކްރޭނަށް އެމެރިކާއާއި […]
މިސަރުކާރަކީ އެމްޑީޕީގެ ފިކުރު ތަންފީޒު ކުރާ ސަރުކާރެއް ނޫން: ޕަބްލިކް

އެމްޑީޕީގެ ސަރުކާރެއްކަމަށް ބުނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމްޑީޕީގެ ހަގީގީ ފިކުރު ބަދަލު ކޮށްފިއެވެ. އެމް.ޑީގެ ޝިޢާރަކީ ރައްޔިތު މީހާ ތަރައްގީ ކުރުމެވެ. އެހެނަސް މި ސަރުކާރުން ތަރައްގީ ކުރަނީ މުޅިން އެހެން ކަންކަމެވެ. ގައުމުގެ ޢަދުލު އިންޞާފާއި ހަމަހަމަކަން ގެއްލި ހިނގައްޖެއެވެ. ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ފަސާދަ ޢާންމުވެއްޖެއެވެ. އެކި ސަރުކާރުތަކުން ވަގަށް ނަގާފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ދައުލަތުން ގެއްލިފައި ވަނީ ރައްޔިތުން […]
އިންޑިއާގެ އިންޓެލިޖެންސްގެ ކުރީގެ އޮފިސަރަކު ޒުވާން އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފި

އިންޑިއާގެ ތަހުގީގީ އެޖެންސީ، އިންޓެލިޖެންސް ބިއުރޯގައި ކުރީން މަސައްކަތް ކުރި އޮފިސަރަކު އުމުރުން އެންމެ 17 އަހަރުވީ އަންހެން ކުއްޖަކަށް ވަޒީފާ ހޯދައިދޭނޭކަމުގެ ކުލަ ހުވަފެން ދައްކައިގެން އެ ކުއްޖާއަށް ޖިންސީ ގޮތުން އަނިޔާތަކެއް ކޮށްފިއެވެ. އިންޑިއާގެ ނިއުސް އެޖެންސީއަކުން ޚަބަރުދިން ގޮތުގައި އުމުރުން 60 އަހަރުގެ އެ ފިރިހެން މީހާ އަންހެންކުއްޖާއަށް ޖިންސީ ގޮތުން އަނިޔާކޮށްފައި ވަނީ އަންހެން ކުއްޖާއަށް އޮޅުވާލައިގެން އޭނާ އެކަހެރި ތަނަކަށް ގެންގޮސްގެންނެވެ. ވެރިރަށް ނިއުދިއްލީގެ ފުލުހުން ހާމަކުރިގޮތުގައި އަންހެން ކުއްޖާއަށް […]
ނަފްސަށް އިޚްލާޞްތެރިވާށެވެ! އޭރުން ޤައުމަށް އިޚްލާޞްތެރިވެވޭނެއެވެ.

ކޮންމެ ކަމެއްގެ ވެސް އިޞްލާޙު ފެށޭހިސާބަކީ ތިމާގެ އަމިއްލަ ނަފްސެވެ. އެނަފްސު އިސްލާޙު ކޮށްފިނަމަ، އެކަމުގެ ސަބަބުން ތިމާއަށްވެސް އަދި ޤައުމަށް ވެސް މަންފާ ކުރާނެއެވެ. ނަފްސަށް ތެދުވެރި ވެއްޖެ މީހަކު ފަރުދުންނަށާއި ޤައުމަށް ތެދުވެރިވާނެއެވެ. ނަފްސަށް އިޚްލާޞްތެރި ވެއްޖެ މީހަކު ފަރުދުންނަށާއި ޤައުމަށްވެސް އިޚްލާޞްތެރިވާނެކަން ޔަޤީނެވެ. އެހެންކަމުން، ތިމާކުރާ ކޮންމެކަމެއްގައި ޚިޔާނާތާއި، މަކަރުވެރިކަމާއި، ރިޝްވަތުން ދުރުހެލިވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ބުނެއުޅެއެވެ. އެންމެން ވެސް ހަދަނީ ދޮގެވެ. އެހެންވީމާ […]
ބޮޑު ތާއީދަކާއެކު ފައްޔާޒު ބޭނުންވެލެއްވިގޮތަށް އިންތިހާބު ފަސްކުރަން ނިންމައިފި

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބޭނުންވެލެއްވިގޮތަށް ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ތާރީހު ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ޗެއާޕާސަންކަމަށް ދެން ވާދަކުރައްވާ މާފަންނު […]
އަޅުންގެ ގޮތުގައި ޕާކިސްތާން ބޭނުންކުރާ ކަމަށް ވިދާޅުވެ ޢިމްރާން ޚާން ނުރުހުން ފާޅުކުރައްވައިފި

ރަޝިއާ އާ ދެކޮޅަށް އެކުލަވާލާފައިވާ އދ. ގެ އެއްބަސްވުމެއްގައި ބައިވެރިވުމަށް ޕާކިސްތާނަށް ސިޓީ ފޮނުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ނުރުހުން ފާޅުކުރައްވައިފިއެވެ. އެކަމާ ގުޅިގެން ޢިމްރާން ޚާން ވަނީ ހުޅަނގުގެ ގައުމުތަކުން ޕާކިސްތާނުގެ ރައްޔިތުން އަޅުންގެ ގޮތުގައި ބޭނުންކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. ރަޝިއާ ކުށްވެރިކުރުމަށް އެދި 22 ގައުމަކުން ޕާކިސްތާނަށް ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވެ، އާދިއްތަ ދުވަހު ޕާކިސްތާނުގައި ބޭއްވި އެއްވުމެއްގައި އެކަމާ ނުރުހުން ފާޅުކުރައްވައި އިމްރާން ޚާން ވަނީ […]
ކޮވިޑް 19 ޖެހުމުން ސިކުޑި ކުޑަ ވޭތަ ؟

އިގިރޭސި ސައިންޓިސްޓުންގެ ގްރޫޕް އަކުންހެދި ސްޓަޑީއަކުން ހާމަވެފައިވާ ގޮތުގައި، ކޮވިޑް 19ބަލި ޖެހުމުން ސިކުޑިއަށް ބަދަލު ތަކެއް އަންނަކަން ބަލި ޖެހުމުގެ ކުރިންނާ ފަހުން ހެދި އެމްއާރުއައި ތަކުން ހާމަވެފައިވެއެވެ. މިގޮތުން މައިލްޑް އިންފެކްޝަން އެއް ނުވަތަ ކުޑަކޮން އަލާމަތްތައް ފެނުނު މީހުންގެވެސް ސިކުޑީގެ ސައިޒް،ކޮންމެވެސް ވަރަކަށް ކުޑަވާ ކަމަށާ އަދި ވަސްދުވުމާ ހަނދާން ކުރުމާބެހޭބަޔަށް ބަދަލުތައް އަންނަކަން ހާމަވެފައިވެއެވެ. މިއީ ދާއިމީ ބަދަލެއްކަން ނުވަތަ ނޫންކަން ނޭގޭކަމަށް ރިސަރޗަރުން ބުނެފައިވެއެވެ. ހަމަ އެއާއެކު ސިކުޑިއަކީ އަމިއްލަ […]
ކުޅިބެލުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 17 މީހުން މަރުވެއްޖެ

މެކްސިކޯގައި ފުޓުބޯޅަ މެޗެއް ކުޅެމުންދަނިކޮށް ކުޅިބެލުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމާއި ތަޅާފޮޅުމުގައި 17 މީހުން މަރުވެ 26 މީހުން ޒަޚަމް ވެއްޖެއެވެ. ހަމަނުޖެހުމާއި ތަޅައިފޮޅުން ދަނޑު ބޭރުގައި ހިންގަން ފެށީ މެކްސިކޯގެ އެޓްލަސް އާއި ކުއެރެޓާރޯސް ބައްދަލު ކުރި މެޗުގެ 63 ވަނަ މިނިޓުގައެވެ. ހަމަނުޖެހުންތައް ފެށުމުން ސްޓޭޑިއަމްގެ ދޮރުތައް ހުޅުވައި ބެލުންތެރިންނަށް ބޭރަށް ނިކުމެވޭނޭ މަގު ސަލާމަތީ ފުލުހުން ތަނަވަސްކޮށްދިނެވެ. ނަމަވެސް ބައެއް ހަރުކަށި ޒުވާނުން ބޭރަށް ނުނިކުމެ ހަމަނުޖެހުންތައް ހިންގަމުންދިޔައެވެ. އެކަމުގެ ސަބަބުން މެޗުގެ […]
ހަނގުރާމަ އާ ދެކޮޅަށް އާދިއްތަ ދުވަހު ރަޝިއާގައި ކުރި މުޒާހަރާ ތަކުން 2500 މީހުން ހައްޔަރުކޮށްފި

ރަޝިއާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އާދިއްތަ ދުވަހު ރަޝިއާގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކުން 2،500 މީހުން ހައްޔަރުކޮށްފިއެވެ. މުޒާހަރާތައް މޮނިޓާ ކުރާ އަމިއްލަ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި މުޒާހަރާތައް ރަޝިއާގެ 49 ރަށެއްގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. އޯ.ވީ.ޑީ-އިން ފޯ ޕްރޮޓެސްޓް މޮނިޓަރިންގް ގްރޫޕުން އާދިއްތަ ދުވަހު ބުނި ގޮތުގައި މި މުޒާހަރާތައް ރަޝިއާގެ ބޮޑެތި ރަށްތައް ކަމަށްވާ ވްލަޑިވާސްޓޮކް އަދި އިރްކުސްކްގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މުޒާހަރާތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުން އަންނަނީ […]