ހަނގުރާމަ އާ ދެކޮޅަށް އާދިއްތަ ދުވަހު ރަޝިއާގައި ކުރި މުޒާހަރާ ތަކުން 2500 މީހުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރަޝިއާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އާދިއްތަ ދުވަހު ރަޝިއާގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކުން 2،500 މީހުން ހައްޔަރުކޮށްފިއެވެ. މުޒާހަރާތައް މޮނިޓާ ކުރާ އަމިއްލަ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި މުޒާހަރާތައް ރަޝިއާގެ 49 ރަށެއްގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އޯ.ވީ.ޑީ-އިން ފޯ ޕްރޮޓެސްޓް މޮނިޓަރިންގް ގްރޫޕުން އާދިއްތަ ދުވަހު ބުނި ގޮތުގައި މި މުޒާހަރާތައް ރަޝިއާގެ ބޮޑެތި ރަށްތައް ކަމަށްވާ ވްލަޑިވާސްޓޮކް އަދި އިރްކުސްކްގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މުޒާހަރާތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުން އަންނަނީ މުޒާހަރާތަކުގެ ވިޑިއޯތައް އިންޓަނެޓުގައި ހިއްސާ ކުރަމުންނެވެ. އިންޓަނެޓުގައި ހިއްސާ ކޮށްފައިވާ މިވީޑިއޯތަކުން ދައްކައިދެނީ އާދިއްތަ ދުވަހު ހިނގާފައިވާ މުޒާހަރާތައް ނުވަތަ އެހެން މުޒާހަރާތަކެއް ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ރަޝިއާގެ އިންޓީރިއަރ މިނިސްޓްރީއިން ހޮނިހިރު ދުވަހު ވަނީ ހުއްދައާ ނުލައި މުޒާހަރާ ކުރުން ހުއްޓުވާނެ ކަމަށާއި އެ ފަދަ މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކަށް އަދަބު ދެވޭނެކަމަށް ބުނެފައެވެ. އާދިއްތަ ދުވަހު 2،502 މީހުން ހައްޔަރުކުރުމާއެކު ރަޝިއާގައި ޔޫކްރޭން ހަނގުރާމަ އާ ދެކޮޅަށް ހިންގަމުންދާ މުޒާހަރާތަކުގައި ހައްޔަރުކުރެވުނު މީހުންގެ އަދަދު ވަނީ 10،000އަށް އަރާފައެވެ.

ކަޒަކްސްތާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ އަލަމާޓީގައި 2،000 ރައްޔިތުން އެއްވެ ހަނގުރާމަ އާ ދެކޮޅަށް މުޒާހަރާ ކުރާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގާ އާއްމު ވެފައެވެ. މި މުޒާހަރާތަކުގައި ބައިވެރިވި ފަރާތްތަކުން ވަނީ ޔޫކްރޭނުގެ ދިދަ ވިހުރުވައި ރަޝިއާގެ ލީޑަރ ކަމަށްވާ ވްލެޑިމިރް ލެނިންގެ ބުދުގައި ރީނދޫކުލައާއި ނޫ ކުލައިގެ ފުއްޕާހަން އައްސާފައެވެ.

ޕުޓިން ވަނީ ރަޝިއާގެ ރައްޔިތުން ދޮގު ހަބަރުތަކުން ސަލާމަތްކުރުމާއި ޔޫކްރޭނުގައި އުޅޭ ރަޝިއާ ބަހުން ވާހަކަދައްކާ ފަރާތްތައް ހިމާޔަތް ކުރުމުގެ ނަމުގައި ހާއްޞަ އޮޕަރޭޝަނެއް ފަށަން އަމުރުކޮށްފައެވެ. އަދި މި އޮޕެރޭޝަނުގެ މަގުސަދު ތަކުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ރަޝިއާގެ ޕާލިއަމެންޓުން ”ދޮގު ހަބަރު“ތަކާ ދެކޮޅަށް ފާސްކޮށްފައިވާ އައު ގާނުނުތަކުގެ ސަބަބުން ރަޝިއާގެ ގިނަ ނޫސް މީޑިއާތަކެއް ވަނީ ބަންދުކޮށްފައެވެ. މި ގާނޫނުގެ ދަށުން ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް 15 އަހަރުގެ ޖަލުހުކުމަކުން އަދަބު ދެވޭނެއެވެ. މި ގާނޫނުގެ ސަބަބުން ބަންދުކޮށްފައިވާ ނޫސްތަކުގެ ތެރޭގައި ދުނިޔޭގެ އެވާޑް ތަކެއް ހޯދާފައިވާ މަގުބޫލު ނޮވަޔާ ގެޒެޓާވެސް ހިމެނެއެވެ.

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް