ކުޅިބެލުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 17 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މެކްސިކޯގައި ފުޓުބޯޅަ މެޗެއް ކުޅެމުންދަނިކޮށް ކުޅިބެލުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމާއި ތަޅާފޮޅުމުގައި 17 މީހުން މަރުވެ 26 މީހުން ޒަޚަމް ވެއްޖެއެވެ.

ހަމަނުޖެހުމާއި ތަޅައިފޮޅުން ދަނޑު ބޭރުގައި ހިންގަން ފެށީ މެކްސިކޯގެ އެޓްލަސް އާއި ކުއެރެޓާރޯސް ބައްދަލު ކުރި މެޗުގެ 63 ވަނަ މިނިޓުގައެވެ.

ހަމަނުޖެހުންތައް ފެށުމުން ސްޓޭޑިއަމްގެ ދޮރުތައް ހުޅުވައި ބެލުންތެރިންނަށް ބޭރަށް ނިކުމެވޭނޭ މަގު ސަލާމަތީ ފުލުހުން ތަނަވަސްކޮށްދިނެވެ. ނަމަވެސް ބައެއް ހަރުކަށި ޒުވާނުން ބޭރަށް ނުނިކުމެ ހަމަނުޖެހުންތައް ހިންގަމުންދިޔައެވެ. އެކަމުގެ ސަބަބުން މެޗުގެ ކުޅުން ހުއްޓާލައި ކުޅުންތެރިން ދަނޑުން ބާލައިގެން ހެދުން ބަދަލުކުރާ ކޮޓަރިތަކަށް ގެންދިޔައެވެ.

އެ ހިތާމަވެރި ހާދިސާއާ ގުޅިގެން މެކްސިކޯގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ހަމަނުޖެހުން ހިންގި މީހުން ވަރަށް ބޮޑަށް ކުށްވެރިކޮށް މަރުވި މީހުންނަށް ތައުޒިޔާކިޔައި ހިތާމަފާޅުކޮށްފައިވެއެވެ. އަދި ފުޓުބޯޅަ މެޗުތައް ކުޅެމުންދާއިރު އެ ފަދަ ހާދިސާތައް ހިންގުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފުޓުބޯޅައިގެ މަގުސަދަކީ ސިއްހަތު ރަނގަޅު ބަޔަކު އުފެއްދުންކަމަށާއި ހަމަނުޖެހުން އުފެއްދުން ނޫންކަމަށް ވެސް ބުނެފައިވެއެވެ.

ދަނޑުބޭރުގައި ހަމަނުޖެހުން: ފުލުހުންނަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުނު

ދަނޑު ބޭރުގައި ހިނގަމުންދިޔަ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުންނަށް އަވަސް އަދި އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުނެވެ. މައްސަލަ ހޫނުވެ ނުރައްކައުތެރި ދަރަޖައަކަށް މާރާމާރީއާއި ތަޅާފޮޅުމުގެ ކަންތައް ދިޔައީ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް ކުޅިބެލުންތެރިން މައިތިރި ނުކުރެވުމުގެ ސަބަބުންނެވެ.

މެކްސިކޯ ލީގާ އެމްއެކްސްގެ ރައީސް ވަނީ ދަނޑުގެ ސަލާމަތީކަންތައް ބެލެހިއްޓި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިހުމާލުވިފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަނާއި ސަރަހައްދީ ފުޓްބޯޅަ ފެޑެރޭޝަނާއި ފީފާއިން އެ ހާދިސާގެ ތަހުގީގެއް ވަނީ ފަށާފައެވެ.

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް