ކުރިއަށް އޮތްތަނުގައި ޔޫކްރޭނަށް ހަތިޔާރު ދިނުން އުނދަގޫވާނެ: އެމެރިކާ

Loading

Facebook
Twitter
WhatsApp

ޔޫކްރޭނަށް ދޭން ބޭނުންވާ ހަތިޔާރު އެ ގައުމަށް ފޮނުވުމަކީ ކުރިއަށް އޮތްތަނުގައި އުނދަގޫ ކަމަކަށް ވާނޭކަމުގައި އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނާއިބު ވެންޑީ ޝާރމަން ވިދާޅުވި ގޮތުގައި ކުރިން ޔޫކުރޭނަށް ހަތިޔާރު ފޮނުވުމުގައި ކާމިޔާބީތަކެއް ލިބިފައިވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކުރަން ވަރަށް އުނދަގޫ ވާނެއެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާ ދިނުމުގެ ކުރީންނާއި އަދި އޭގެ ފަހުން ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔޫކްރޭނަށް ގިނައަދަދަކަށް ހަތިޔާރު ފޮނުވާފައިވެއެވެ. ނަމަވެސް ޔޫކްރޭނަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހަތިޔާރު ފޮނުވި ހުރިހާ ދޮރުތަކެއްހެން ރަޝިޔާއިން މިހާރު ވަނީ ބަންދުކޮށްފައެވެ. އެހެންވެ ޔޫކްރޭނަށް ހަތިޔާރު ފޮނުވަން އައު މަގުތަކެއް ހޯދަން އެމެރިކާއަށާއި ޔޫރަޕްގެ ގައުމުތަކަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ރަޝިޔާއިން 24 ފެބުރުއަރީގައި ޔޫކްރޭނަށް ހަމަލާދޭން ފެށިފަހުން އެމެރިކާއާއި ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުން ޔޫކްރޭނަށް ގިނައަދަދަކަށް ހަތިޔާރާއި ހަނގުރާމައިގައި ބޭނުންކުރާ ސާމާނާއި ފައިސާ ވަނީ ދީފައެވެ. އެމެރިކާއިން އެކަނި ވެސް ޔޫކްރޭނަށް 350 މިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމަށް މިދިޔަ މަހު ވަނީ ނިންމާފައެވެ. އެއީ ގިނަ އަދަދެއްގެ ހަތިޔާރާއި ނުލައި ޔޫކްރޭންގެ ސިފައިންނަށް ރަޝިޔާއާ ކުރިމަތި ނުލެވޭނެތީއެވެ. އަދި ޔޫރަޕިއަން ޔުނިއަނުން ވެސް 500 މިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރަޝިޔާގެ ސިފައިން ޔޫކްރޭނަށް އެރުމަށްފަހު މިހާރު ވަނީ ބޭރުގައުމުތަކުން ޔޫކްރޭނަށް މުދަލާއި ތަކެތި އެތެރެކުރެވޭނެ ހުރިހާ ދޮރުތަކެއް ބަންދުކޮށްފައެވެ.

ރަޝިއާއިން ޔޫކްރޭން ހަނގުރާމަ ފެށިފަހުން ޔޫކްރޭނުގެ ރައީސް ޔޫކްރޭނަށް އެހީތެރިވުމަށް އެމެރިކާއަށާއި ޔޫރަޕްގެ ގައުމުތަކަށް ވަނީ އެތައް ފަހަރަކު އާދޭސް ދަންނަވާފައެވެ. ނަމަވެސް އެކަށީގެންވާ އެހީތެރިކަމެއް ނުލިބެއެވެ.

ކުރިއަށް އޮތްތަނުގައި ޔޫކްރޭނަށް ހަތިޔާރު ދިނުން އުނދަގޫވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނާއިބު ވިދާޅުވުމުން ޔޫކްރޭނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް